ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރާއްޖޭގެ ރަށްރަށަށް ވަޑއިގެން ހުރިހާ ކަމެއް ހިލޭ ކޮށްދޭން ވައުދުވާއިރު އެ ފައިސާ ހޯދާނެ ގޮތެއް ވިދާޅުނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރ އިބްރާހިމް ޝަރީފް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްއަށް ފާޑު ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ހިލޭކޮށްދޭން ގާސިމް އިބްރާހިމް ވައުދުވާއިރު އެ ޚިދުމަތް ފޯރުކޮށްދޭ ފައިސާ ހޯދާނެ ގޮތެއް ވިދާޅެއް ނުވާ ކަމަށެވެ.

ގާސިމް ހަމައެކަނި ވިދާޅުވަނީ އިންޑީޔާއެކު އޮތް ގާތް ގުޅުން ކަނޑާލާނެ ވާހަކަ އާއި އިންޑިޔާއިން ލޯނުތައް ނެގުން ހުއްޓާލާނެ ވާހަކަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިސަރުކާރުގައި އިންޑިޔާއިން ގިނަ ލޯނުތައް ނަދާ ރާއްޖެ ދަރަނިވެރިކޮށްފި ކަމަށް ގާސިމް ވަނީ ކެމްޕެއިން ޖަލްސާތަކުގައި ވިދާޅުވެފައެވެ. އަދި އޭނަގެ ސަރުކާރެއްގައި ލޯނުތައް ނުނަގާނެ ކަމަށާއި ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ފޮނުވާލާނެ ކަމަށް އޭނާ ދަނީ ވިދާޅުވަމުންނެވެ.

މިވާހަކަތަކާއި ގުޅިގެން ޝަރީފް ވިދާޅުވަނީ ގާސިމް ދައްކާ ވާހަކަތަކުން ހީހީ ހަލާކުވާ ކަމަށެވެ. ގާސިމް ވަމުންދާ ވައުދުތައް ފުއްދުމަށް އެތައް ބިލިޔަން ރުފިޔާ އަރާ ކަމަށާއި ލޯނެއް ނުނަގާ ފައިސާ ޗާޕުނުކޮށް، ޓެކްސް ކުޑަކޮށްގެން އެކަންތައް ކުރެވޭނެތޯ ވަނީ ސުވާލު އުފައްދާފައެވެ.

ޝަރީފް ވިދާޅުވާ ގޮތުގައި ޤައުމުގެ އިޤްތިސާދު ކުރިއަރުވާ ދައުލަތުގެ އާމްދަނީ އިތުރުކުރާނެ ފްރޭމްވޯކެއް އަދި އެފަދަ ސިޔާސަތެއްވެސް ގާސިމްގެ ނެތް ކަމަށެވެ.

ލޯނުތައް ނަގައިގެން އިމާރާތްކުރާ ހައުސިން ސްކީމްތަކުން އަޅާ ތަންތަން ހިލޭ ދޫކުރަން ފަށާއިފިނަމަ ކުރިޔަށް އިތުރު މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ބަންދުވާނެ ކަމަށް ޝަރީފް ދަނީ ބުނަމުންނެވެ. އަދި އިގްތިސާދު ކުރިޔަށް އޮތް ފަސް އަަހަރުތެރޭ ދެގުނަ ކުރުމުގެ ތަސައްވުރަކާ ސްޓްރެޓެޖިކް ޕްލޭނެއް އޮތީ ހަމައެކަނި ރައީސް ޞާލިޙްގެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ބާކީ ތިބި ކެންޑިޑޭޓުން ވައުދުތައް ވަނީ އެއްވެސް ވިސްނުމެއް ނެތި ކަމަށާއި އެ ވައުދުތައް ފުއްދަން ކުރަން ޖެހޭ ކަމެއް އެބޭފުޅުންގެ ސިކުނޑީގައި ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި އެއްވެސް ވިސްނުމެއް ނެތި ގިނަ ކެނޑިޑޭޓުން ވައުދުވަމުންދާ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި އެންމެ ކަންބޮޑުވާ ކަމަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު, ޑރ. މުޙައްމަދު މުޢިއްޒު ގައުމު ބަންގުރޫޓުވާ ޒާތުގެ ވަހަކަތައް ތަކުރާރުކޮށް ދައްކަވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ފާއިޒު

    ބަލަ ޝަރީފޫ. އެ ފައިސާ ހޯދާ ގޮތާި މިހާރު އިބު ފައިސާ ހޯދާގޮތްވެސް ރައްޔިތުންނަށް އެނގޭ. އިންޑިޔާއިންނާއި އެނޫން ޤައުމުތަކުންވެސް ލޯނު ނަގައި މުޅި ޤައުމު ދަރުވާލީމާ ނިމުނީ. ކަން ކުރެވިފަ އޮންނާނެތާ. ދެން ޤައުމުތައް އަރާނެހެން ހީވީމާ %25 އަށް ޓެކްސް އުފުލާލާނީ.

  2. ޝަރީފު ލަދެއް ނުގަނޭތަ ގާސިމާ ދިމާލަށް ތިހެން ބުނަން…ޝަރީފު ހުއްޓަ ގާސިމް އެހުރީ އާސްމާނުގަ ފައިސާގެ ގޮތުން…ޔަގީނުންވެސް ޝަރީފަށްވުރެ ފައިސާ ހޯދަން މޮޅުވީމަތާ ދޯ…ފައިސާ ހޯދާނެ ގޮތްވެސް އެނގޭތީތާ ދޯ…ކޮންމެވެސް އެހެން އެއްޗެކޭ ގާސިމާ ދިމާލަށް ކިޔާބަލަ…ފައިސާގެ ވާހަކަ ގާސިމާ ދައްކަން ރާއްޖޭގެ ސިޔާސީ މީހުން ލަދުގަންނަން ޖެހޭނެ…ގާސިމާ ކައިރިން ދެވޭނެ ވަރުގެ މީހަކުވެސް ނެތް…މިފަހަރު ގާސިމް ހޮވަންވީ…ޓްރައިކޮށްލަމާ އަޅެ ވާގިތެއް އެނގިދާނެތާ…

  3. 123

    އެމަނިކުފާނުގެ ވިޔަފާރިތަކާއިބހުރިހާ އބނ .. ވިއްކާލިއަސް 1 ޕުރޮޖެކްޓް ހިންގިދާނެ

  4. ވަށްޑެ

    ސަރީފުހާދަމޮޔައޭ މޯދީ އެހުރީނުފައިސާދޭން ސޯލިހުވެސް ގައުމުވިއްކީ ފައިސާއަށް އެކަންކޮށްފި އެކަމަކު ކަލެއަށް އެކަން ނޭނގުނީތީ ހައިރާންވަން.

  5. މީރާ

    ބަލަ ފަިއިސާ ހޯދަން އެނގޭމީހަކަށް ވާތީ ތިކަހަލަ އެތައް ވިޔަފާރި ވެރިންނަކަށް އެތަން އެހީ އެއް ވެފަ ހުރީ. ތިވެސް އޭގެ މިހަކަ ވެދާނެ. އަދި މުއްސަދި މީހެކޭ 40އަހަރު ވަންދެން އަހަރުމެ ގާސިމާ ދިމަާލަށް މިކިޔަނީ ކަމެއް ވެގެން.

  6. ޢަހާ

    ކަލޭމެން ސަރުކާރު ތެރެއިން ކުރާ ވައްކަންތައް ހުއްޓުވާލެވުނަސް ގާސިމް ބުނާކަންކަން ކުރެވޭނެ

  7. ހިނި

    އެފައިސާ ހޯދާނެ ގޮތަކީ ޝަރީފުގެ ދަރިންނަށް ދައުލަތުން ފައިސާ ދޭންޖެހޭނެކަމަށް ޝަރީފު ބުނާ ގޮތް. ޝަރިފުގެ ދަރިން އޯލެވެލް ފެންވަރަށް ތިބީ ކިޔަވައިގެންކަމަށާއި އެހެންވެ ޝަރީފުގެ ދަރިންގެ ހުރިހާ ހަރަދުތަކެއް ބަލަހައްޓަން ދައުލަތަށް ޖެހޭނެކަމަށް ބުނެފައިވާ ފަދައިން ހުރިހާ ދިވެހިންވެސް މިހާރު ޑިގުރީ ފެންވަރަށް ކިޔަވައިފި އެހެންވީމަ އެމީހުންނަށް ވެސް ޝަރީފުގެ ދަރިންނެކޭ އެއްފަދައިން ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނޭ އެންމެހާ ހަރަދުތަކެއް ފައިސާ ޗާޕުކޮށްގެން ނަމަވެސް ކަނޑު ވިއްކައިގެން ނަމަވެސް ދައުލަތުން ހޯދާފަ ދޭންޖެހޭނެ.

  8. Anonymous

    އީބޫ ހުންނާނެ މިލިއަނުން ފައިސާ ދީފަ އެފައިސާއިން އެކަންތައް ކުރާނީ. ޝަރީފް އަށް ދިން އެތިކޮޅު ހުސްވެއްޖެކަމަށް އެބަކިޔާ

  9. މަދަދު

    ފައިސާ އެބަހުރި ހޮވަޢިދީ

  10. އަބްދޫ

    ދަވްލަތުގެ ފައިސާ ބޯބޯމަތިން ބަހަން ބުނާމީހާގެ ސިކުނޑި ހަމަތޯ ޓެސްޓް ކުރަންޖެހޭ.ގެންގުޅޭ އިލްހާމާއި ރަނިންމޭޓާއި ގާސިމާއި 3 މީހުން ގާނޫނު ތަކާއި ފުށުއަރާގޮތަށް ދަވްލަތުގެ ފައިސާ ބަހަން ވައުދުވާ މައްސަލަ އިލެކްސަނުން ބަލަންނުޖެހޭބާ؟

  11. ޅާމް

    ޝަރީފް ހާލުގަ ޖެހިގެން އުޅުނު ދުވަހު ގާސިމް ގެ ދީލަތި އެހީ ނުލިބޭތޯ ؟

  12. އަބްދޫ

    ބަލަ ސަރީފް 1500 ރުފިޔާ އިން މަހުޖަންވީ ދަވްލަތުގެ މުދަލުން ނޫންދޯ. ދަވްލަތުގެ އެސްޓުންނޫންދޯ . އެ ހުރިހާ ވައުދުހަމަޖެއްސުމަށް އެސްބީއައި އިން އަނެއް 1500 ރުފިޔާގެ ލޯނުނަގާދަ ދަވްލްތުގެ ހަޒާނައަށްލީމަ ވިހާ ނޫޓުން ހުރިހާ ވައުދު ފުއްދިދާނެ.

  13. ސ3އސ3ރ4444

    ތިބޭޅާމެން ޕުރޮޖެކްޓުތަކުން ކަޓު ހޯދާ ގޮތަށް އެކަން ވެސް ވާނެ ހަމަ..ނޫންތަ؟؟