ދިވެހީން އެކަނި ރިސޯޓްތަކުގެ މަތީ މަގާމުތަކަށް ލައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުނޑުފުނޑު ވެދާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ޝަރީފް އެގޮތަށް ވިދާޅުވީ ދިވެހީންނަށް އެކަނި ރިސޯޓްތަކުގެ މެނޭޖަރު ކަމާއި އެޗްއާރު މެނޭޖަރުކަން އަދި ޗީފް އެކައުންޓެންޓްގެ މަގާމު އަދާކުރެވޭ ގޮތަށް ހަދަން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި ފެންވަރު ރަނގަޅު އެކައުންޓެންޓުންނާއި ހަތް ތަރީގެ ރިސޯޓް ހިންގޭ ފެންވަރުގެ މެނޭޖަރުން ތިބިނަމަ އެ ބޭފުޅުންވެސް އެ މަގާމަށް ލާންވީ ކަމަށެވެ.

އެހެން ނަމަވެސް ދުނިޔޭގެ އެއްވެސް ތަނެއްގައި ޖާބިރު ހުށަހެޅުއްވި ފަދައިން އަމިއްލަ ވިޔަފާރިތަކަށް ވަދެ ވިޔަފާރިތައް ސުންނާފަތި ކުރަން ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ޖާބިރުގެ ގަރާރާމެދު ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވި އެވެެ. އަދި އެ ގަރާރު ސިފަ ކުރެއްވީ ވަރަށް ބިރުވެރި ގަރާރެއްގެ ގޮތުގަ އެވެ.

"އެއީ ރާއްޖޭގައި މިސާލަކަށް ބަލާ ގެސްޓު ރިލޭޝަން އޮފިސަރެއް ރިސޯޓެއްގެ. ދިހަ ބާރަ 13 ބަހުން ވާހަކަ ދައްކާ މީހުން އަންނަ އިރު އެ މީހުންނާ ޑީލް ކުރަން އެނގެން ޖެހޭނެ. ހުރިހާ އެންމެންނަކީ އިނގިރޭސި ދަންނަ މީހުންނެއް ނޫން ރާއްޖެ އަންނަ. ޖަރުމަނު މީހާއާ ޖަރުމަނު ބަހުން ވާހަކަ ދެއްކޭ މެނޭޖަރު ހުންނަން ޖެހޭނެ. މިކަން ގާނޫނަކުން މަނާ ކުރުމުން ކިހިނެއްތޯ ރިސޯޓް ހިންގާނީ" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ކުރިއަރައިގެން ގޮސް ބޮލަކަށް ޖެހޭ މިންވަރު މިހާރު ހުރި ހިސާބަށް ދިޔައީ ފަތުރުވެރިކަމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ގަރާރަކީ ފަހަތަށް ފިޔަވަޅު އެޅުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުނޑުފުނޑުކޮށްލާނެ ކަމެކޭ މިއީ" ޝަރީފް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އޭކަލޮޔާ

    ހަމަ މިހާރު އިސްތިއުފާދީފަ ގެޔަށްދޭ މަވޯޓާ! ދިވެހިންނަކީ ނާގާބިލުބައެއް ކަމަށް ވަންޔާ ކަލޭތީ އޭގެ އެކަކު. ކަލެއްޔަކަށް މެންބަރުކަމެއްވެސް ރަގަޅަކަށް ނުކުރެވޭނެ. ހޮޅިނިހޮއްލައި ފެއްސޭ!

    32
  2. މާޟި

    މީ ހަމަހުރިހާ ކަމަކާ ބެހޭ މީހާގަނޑެއް

    27
  3. ަގިނާ

    ޢޭގެ ރީތި މިސާލެއް ތިތަންތީ، މަޖްލީސް ތީ، ހުސްދިވެހިން ގައުމާ ރައްޔިތުންނަށްވުރެ ބޮޑަށް ނުހަލާލު ގޮތުގަ އުޅެނީ ތިމާމެންގެ ޖީބައްބަރުކުރަން މިސާލަކަށް.ގިނައީ އޯލެވަލް ފެންވަރު ނެއްމީހުން..ލޮލް

    28
    1
  4. ޙެހެ

    އާނ ކަލޭ ދަރިޔަށް ހުރިހާ މަގާމެއް ދީ. އައްޑޫ ބޮނޑި

    26
  5. ޚުލަ

    ބަލަ މިހިރަ ނުރަބޯގަނޑާ ތީ ދިވެއްސެއްތަ؟ ރިސޯޓްގެ މެނޭޖަރާ ޗީފް އެކައުންޓެންޓްތަ ގެސްޓުންނާ މުއަަމަލާތްކުރަން ޖެހެނީ؟ އިޚްލާޞްތެރިކަމެއް ހުރިއްޔާ ބަލާބަލަ ރިސޯޓްތަކުގެ ވަޒީފާތަކުގައި ބޭރުމީހުން ތިބެނީ ޤާނޫނުގަ ބުނާ ޢަދަދަށްތޯ؟

    27
  6. ޚެލިރި

    ރިސޯޓެއްގެ ވެރިއަކައް ދިވެއްސަކު ހުރުމުން ޓޫރިޒަމް ފުނޑުފުނޑު ވާކަމައް ބެލެވެންޏާ ގަމުމުގެ ރައީސަކައްވެސް އަބަދު ދިވެއްސެއް ހިރުން ބުއްދިވެރިއެއް ނޫން.

    26
  7. ދިވެހި މީހާ

    ރިސޯޓް މެނަޖަރެއްގެ މިސާރައަށްވުރެ ބޮޑުއެއްޗެއް އޭނަޔާ އޭނަގެ ދަރީގެ މުސާރަޔަށް ސަރުކާރުންދެއެވެ. އެހެންވީމާ އޭނަޔަށް ކޮންކަމެއް ހެއްޔެވެ

    21
  8. ސީނުކަރަ

    މިކަހަލަ ކޮހުން މަޖިލީހުގެ ތިބެގެން ކާހުސްކުރަނެެ ރަތްޔިތަކައް ވާކަމެއް ހަރާން އުމުރުދުވަސް ހޭދަ އެކުރީ ރަތްޔިތުންގެ ހަޒާއިން ކައިގެން ބޮއިގެން

    16
  9. މީދޫ މީހާ

    މީއަޅެ އަނގަކާޅެއްތަ! ބޯމަތިން ބޯއްޓެއްދާތަން ފެނުނީމައި އެބޯއްޓު ވެއްޓެނީއޭ ނުބުނަނީ ކީއްވެތަ! މީ މަޖިލިހަށްހުރި ހުތުރެއް!އައްޑުއަށްވެސްހުރި ހުތުރެއް!

    18
  10. ޝާން

    ބަލަގަ ގަމާރު ކަމުން ނޭގެނީތަ ރިސޯޓް މެނޭޖަރުން ނަކީ 3-4 ބަހުނަ ވާހަކަ ދައްކަން އިގޭ މީހުން ނޫންކަން. ޢެކި ބަހުން ވަަހަކަ ދައްކާ މީހުން އަންނާތީ އެބަހުން ވާހަކަ ދައްކާ މީހުން ނަށް ވަޒީފާ ދީފަ ތިބެނީ. ޖެނެރަލް މެނޭޖަރ ވެސް އެމީހުން މެދުވެރިކޮށް އިގިރޭސި ބަސް ނޭގޭ ގެސްޓުން ނާއި ވާހަކަ ދައްކަނީ. އަދިވެސް ތަންދޮރު ނޭގުނަސް އަގަ ގަޅާތި.

    22
  11. ޑައެލޯގް

    ޓުރިޒަމް ރަގަޅުކުރަން އެމްޑީޕީ ވާހަކަދައްކާނެކަމެއްނެތެވެ. ސަބަބަކީ އެމްޑީޕީނޫންބަޔަކު ވެރިކަމުގައިހުރިއްޔާ ރާއްޖެއަށް ޓުވަރިސްޓުނައުމަށްގޮވާ ޓޫރިޒަމް ބޯއިކަޓްކުރަންގޮވީ އެމްޑިޕީއެވެ. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދިގެން ޓޫރިޒަމް ކުރިއަރުވާނަމަ ކޮންމެ މީހަކުހުއްޓަސް ޓުވަރިސްޓުން ނައުމަކަށް ނުގޮވާނެއެވެ. ވިމާ މިހާރު ތިއުޅެނީ އިބޫގެ ވެރިކަން ދަމަހައްޓަން ފައިސާބޭނުންވާތީ އިބޫއާއި މަވޯޓާގެފައިދާއަށެވެ.

    12
  12. އިންޑީއާ

    މަޖީލީސް ވެސް ފުނޑު ފުނޑުވީ ދިވެހި ބީތާއިން ތިބީމާ ދީ

    14
  13. ކިިލާ

    މީ ދިވެހިންނަށް ހެޔޮއެދޭމީހެއްނޫން... މިހާރު އމޑޕ އައްވަދެ އެތަން ފަނިކުރަނީ ޑީޢާރުޕީގަ ހުރެފައައިސް

    13
  14. ހެ

    މަޖިލީހުގަ ތިތިބީ ހުސް ދިވެހިން. ފުނޑުފުނޑު ވާންވީއެއްނު. ކުރިޔަށްދަނީ ފަހަތަކަށް ނުދޭ. މޮޔަ ޝަރީފު.

  15. ހެ

    އެހެންވީމަ މަޖިލީހުގަވެސް ބޭރުމީހުން ތިބެއްޖެހޭނެ. އެހެންނޫންނަމަ މަޖިލިސް ފުނޑުފުނޑު ވެދާނެ.

  16. Anonymous

    އާ ދިވެހިން ވެއްޖެޔާ ގޯސްވާނެ، އިންޑިޔާ ވެއްޖެޔާ ރަނގަޅުވާނެ

  17. މާރކް

    ކަލެ އަށް ތިއޮތީ ގަޔަށް ލެވިފަ ރައްޔިތުން މިހިދުން މިހިދަށް ކަލޭތާއީދު ކުރާ ސަރުކާރަށް ކުރުދޮށިން ނޫނެކޭ ބުނަން މިނިންމީ ހުރި ނުބައި ނުލަފާ ގޮތްކުޑަ މީހާ ގަނޑާ އިސްތިއުފާ މިކަލޭގެ

  18. މުނާފިޤު

    ބުރާންޗާ، ތިޔަ މަޖިލީހަށް ވެސް ބޭރު މީހުން ލާންވީނު. ރިޒޯޓް ތަކުގަ މަތީ މަޤާމުތަކުގައި ދިވެހިން ތިބިއްޔާ ގުޅިގެން ހިންގާ ވައްކަންތައް ވަރަށް ފަސޭހައިން ފަޅާ އަރާނެ

  19. Anonymous

    މިކަހަލަ އަމިއްލަ ޤައުމުގެ ރައްޔިތުންގެ މައްޗަށް ލޯތްބެއްނެތް މީހުނ ބޭރުކުރަން ޖެހޭ. ކުރިއަށް އޮތްތަނުގައި މިކަހަލަ ޤައުމަށް ލޯތްބެއް ނެތް މީހުން ނުހޮވުމަށް ރައްޔިތުންނަށް ގޮވާލަން.