ކުރީގެ ރައީސް އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު މި ޒަމާނަށް ނުފެތޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް މިއަދު ރައްދު ދެއްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ވަނީ ނިންމަވައިފައެވެ. އަދި ޕާޓީގެ ލީޑަޝިޕް އިސް ނަގައިގެން ކެމްޕެއިން ހަރަކާތްތައް ރޭވުމުގެ މަސައްކަތް ޕާޓީގެ ތެރޭގައި ދަނީ ހިނގަމުންނެވެ.

ގާސިމްގެ ވެރިކަމެއްގައި މައުމޫން އާއި ނާސިރުގެ ހާރިޖީ ސިޔާސަތުތައް ގެންގުޅުއްވާނެކަމަށް ވިދާޅުވުމުން ޝަރީފް ވިދާޅުވީ އެ ސިޔާސަތުތައް މި ޒަމާނަށް ނުފެތޭ ކަމަށެވެ.

އަދި މިހާރުގެ ހާރިޖީ ސިޔާސަތު ވާން ޖެހޭނީ އިގްތިސާދީ ގޮތުންނާއި އަދި އިސްތިގުލާލާއި އަދި ސަރަހައްދީ މަސްލަހަތަށް ވެސް ބަލައިގެން އެކުލަވާލެވޭ ސިޔާސަތުތައް ކަމަށް އޭނާ ވިދާޅުވި އެވެ،

ހަމަ އެހެންމެ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރަން ދުނިޔޭގެ ބޮޑެތި ބާރުތަކާއި އަދި ސަރަހައްދީ ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހާރިޖީ ސިޔާސަތުތައް ވަރަށް ރަނގަޅެވެ. އެގޮތުން ބައިނަލްއަގުވާމީ ގައުމަތަކާ ގުޅުން ރަނގަޅުކޮށް ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރެއަށް ރާާއްޖެ ވައްޓާ ނުލާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއަށް މިނިވަންކަން ލިބި ހާރިޖީ ގުޅުންތައް ފުރަތަމަ ބަދަހި ކުރަން ފެށީ ރައީސް ނާސިރުގެ ވެރިކަމުގައެވެ. ރައީސް ނާސިރުގެ ވެރިކަމުގައި ހާރިޖީ ދާއިރާ އިން ގެންގުޅުނު ސިޔާސަތުތައް ގެންގުޅޭނެ ކަމަށް ގާސިމް ވިދާޅުވި ނަމަވެސް ރައީސް ނާސިރުގެ ވެރިކަމުގައި ނިންމި ބައެއް ހާރިޖީ ނިންމުންތަކަށް އޭރު ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. ހާއްސަކޮށް އިސްރާއީލާއި ހާރިޖީ ގުޅުން ގާއިމު ކުރަން ނިންމި ނިންމުމުގެ ސަބަބުން ރައީސް ނާސިރަށް ވަރަށް ބޮޑަށް ސިޔާސީ ޕްރެޝަރާއި ކުރިމަތިވިއެވެ.

ނަމަވެސް ރައީސް މައުމޫން ވެރިކަމަށް ވަޑައިގެން ގެންގުޅުއްވި ހާރިޖީ ސިޔާސަތަކީ އެއްވެސް ގައުމަކާއި ވަކި ހާއްސަ ގުޅުމެއް ނުބާއްވާ، ހުރިހާ ގައުމަކާއިއެކު ވެސް ހަމަހަމަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެކެވެ. ރައީސް މައުމޫން ރާއްޖެ ޕްރޮމޯޓް ކުރެއްވީ ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައެވެ.

ހާރިޖީ ގުޅުންތަކާއި ގުޅޭ ގޮތުން ދިވެހިންގެ މެދުގައި ބަހުސްތައް ކުރެވެން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި އަދި ރައީސް ޑރ.މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގެންގުޅެން ފެށި ހާރިޖީ ސިޔާސަތުގެ ސަބަބުންނެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އަދި މެދުއިރުމަތީގެ ގައުމުތަކާއިއެކު ހާއްސަ ގާތް ގުޅުމެއް ބޭއްވެވިއެވެ. އޭގެ ބަދަލުގައި އިންޑިއާ އާއި ހުޅަނގުގެ ގައުމުތަކާއި އޮތް ގުޅުން ކުޑަވެގެން ދިޔައެވެ.

އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެންނަނީ އިންޑިއާ އާއިއެކު ރާއްޖެ އިން ދުވަހަކު ވެސް ނުބާއްވާފަދަ ގާތް ގުޅުމެއް ބާއްވާ މަންޒަރެވެ. ރައީސް ސޯލިހް އިންޑިއާ އާއިއެކު ބާއްވާ ގުޅުމުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ ސަރުކާރަށް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މާޟީ

    މީނައައް ކަމުދާ މީހަކު ވެސް ނުއުޅޭ އެހއން ނޫންވާނީ އެކަނި މާއެކަނި ގޭގަ އުޅެނީ އަލާލާނެ ވާލެއް އިޔާރެއް ނެތް

    12
  2. އހ

    ބަލަ މަރުމޯލާ އޭނާބުނީ ހާރުޖީ ސޮޔާސަތޭ

    6
    2
  3. ޙައްވަ

    މުސްކުޅި މަރަދޫ ކަލޭގެވެސް މިޒަމާނަކަށް ނުފެތޭ

    18
  4. ހަސަނު

    ކޮންމެ މީހަކަށް ރައްދު ދޭން މީކޮން ބެއްޔާއެއް؟

    15
  5. ހިކި ކިރު

    މިހާރު ޝަރީފަށްވެސް ޤަބޫލު ކުރެވިއްޖެ ދޮތަ ! 2023 ގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރާނީ އޮނަރަބަލް ޤާސިމު އިބްރާހިމް ކަމަށް!

    13
    3
  6. ބިގް ބޮސް

    ލާރިކޮޅެއް ދެއްޏާ ފެތޭނެ.ސާބަހޭ ސާބަހޭ ތިޔަކުރާ ހިތްވަރައް.

    12
  7. މަންމާފުޅު އަދުރޭ

    މަވޯޓާ އަނގައަރުވާ ގަދަޔަށް އަނގައަރުވާ ބާކީއޮތީ 5މަސްދުވަސް، އޭގެފަހުން ބޯވައެއްހެން ކުލަބަދަލު ނުކުރައްޗޭ، މަވޯޓާއަކީ އަބަދުވެސް ވައިޖެހޭކޮޅަކަށް ދުއްވާ ސިޔާސީ ރަންޑިއެއް

    19
  8. ނަދުރު

    އިބޫ މިޒަމާނަ ފެތޭތޯ މަވޯޓާވެސް ނުފެތޭ ދޮގުވައުދާ ސަޅިކެޑުނޫން ކަމެއް ތިދެމީހުންގެ ކިބައިންނެ ނުފެނޭ

    14
    1
  9. ހޮއްކޮބެ

    މަވޯޓާބުންޏަސްތީ ހަމަ ތެދެއް

    4
    14
  10. ޑައެލޯގް

    އަސްލުގައި އިބޫއަށްވުރެ ތިޔަބުނާ ހާރިޖީގުޅުންގޯސްވި ވެރިކަމެއްނުދެއެވެ. އިބޫއާ އިންޑިޔާގެ ގުޅުން ރަގަޅުވެގެން އުޅެނީ އިންޑިޔާއަށް ވިއްކާލާފައިވާތީ އިންޑިޔާއިން އެގޮތްމޮޅުވީމައެވެ. އަސްލު އިބޫއަކީ އެއްވެސް އިލްމެއްނެތް އަދި ސަރުކާރު ހިންގުމުގެ ދާއިރާގައި އުޅެފަނެތް ތަޖުރިބާނޭގޭމީހެކެވެ. އެގޮތަށްވުމުން އިންޑިޔާއިންނާއި މަވޯޓާމެން އޭގެފައިދާނަގަނީއެވެ.

    15
  11. މަކަލޭލީ

    މީ ވާނުވާ ނޭނގޭ މަރުމޯލެއް.

    14
  12. Anonymous

    މަވޯޓާ ތިބުނީ ތެދެކެވެ. ނާސިރާއި މައުމޫނުގެ ޒަމާން ފާއިތުވެއްޖެއެވެ. މިހާރު ދުނިޔެ މިވަނީ މުޅިން ބަދަލުވެފައެވެ. މިހާރު ގެންގުޅެންވާނީ މިހާރާ ގުޅޭ ޚާރިޖީ ސިޔާސަތެކެވެ.

    4
    11
  13. މާމީ

    މީނަ މަޖިލިހައް ވެއްދި ބަޔަކުގެ ވާހަކަ ނުދައްކަނީ ކީއްވެތަ

    13
  14. މޮހޮރު

    އިލްމުނެތަސް ހުނަރު ހުޜީޔާ ވާނެ، ނޫނަސް މިހާރު 5 އަހަރުގެ ތަ ޖުރިބާ އެބަހުރި، އިލްމު ތިބި މީހުން ވަށައިގެން އެންބުރެނީ، އެބައިމީހުން ސިޓީ ލިޔާ ކަންތައްބަލަ ހައްޓާނެ، ،ކިޔަޥައިގެން، ނުކިޔަވާ ވެސް ވަށްކަން ކުރެވޭނެ،،،

    9
    1
  15. އުގުރި

    ޝަރީފައް ހީވަނީ އިބޫގެ ނައިބު ކަން ލިބެން އުޅޭހެން.

    7
    1
  16. އަނދޭ

    ދާހިލީ ސިޔާސަތު ބިނާ ކުރައްވާނީ މުހައްމަދު އަމީނުގެ ސިޔާސަތަށޯ އަދި ތަަަަަަައުލީމީ ސިޔާސަތު ބިނާ ކުރާނީ ހަސަން ފަރީދުގެ ސިޔާސަތަށޯ...ގަމާރު

  17. މީ މަށޭ

    މީ ސަރުކާރާ އިނދިކޮޅު މީހުނައް ރައްދުދޭން ބަަހައްޓާފަ ހުރި ޕަޕެޓެއް!

  18. މަރޭ

    ގަސިމު އެބުނަނީ ރީތި ބަހުން ގައުމެއްގެ ދަށުނުވާނެ ކަމަ ހަމަ ހަމަ ކަން ގެންގެންގުޅޭނެ ވާހަކަ.އެއީ ގައުމެއް ހިންގަ އެގުމަކީ.

  19. Anonymous

    އެމްޑީޕީ ގެ ބޮޓެއްމީ

  20. ޒިންދަގީ

    އެހެރަ ފެންނަނީނޫން އެމް އެމްޕީއާރު ސީ ލާރިކާލާފައި ޅިއްޖެހިފަ ހުރިވަރު އެހެރަ ބޮޑެތި ދޮގުތަށް އެނގިހުރެގެން މަތިމައްޗަށް އެހެރަ ހަދަނީ އަޅޭ އެހެން ތަނަކަށް އެބުރި ދާނެކަން އަޅެ ވޯޓާރ ޕަންޕަން ނޭގެނީތަ ސުބުހާނަﷲ މީ ބޮޑުވެގެންވާ ބޮޑު ދޮގުވެރިއެއް ލިބިފަހުރި ރުފިޔާ ފައިސާ ގިނަކަމުން ދޮގުހަދަން މަޖުބޫރުވިޔަސް މަރުވާނެ ކަމާއިމެދު ވިސްނާލަބަލާ ހެޔޮނުވާނެ

    ޝަރީފް ކިޔާމީހުން ޖެހޭބައްޔެއްކަން ނޭގޭ ދޮގުހެދުމަކީ އީސީ ބޮޑުވަގު ޝަރި މަޖްލިގެ ބޮޑުވަގު ޝަރީފް މީ ދެބެއިން ވަރަށް ކުރީގައުޅޭ ދެބެއިން

  21. އަބްދޫ

    ސިޔާސަތަކީ ކޯންޗެއްކަން އެގޭބާ ؟ސިޔާސަތު އެކިޔަނީ ވަކިގައުމަކަށް ބަރޯސާނުވެ ކުޑަޔަސް ބޮޑަސް މުއްސަންޖަސް ފަގިރަސް ހުރިހާ ގައުމަކާއެކު އެއްހަމައެއްގަ ހާރިޖީ ސިޔާސަތު ގެންގުޅުން ، ރައީސް މައުމޫނާއި ރައީސް ނާސިރު ގެންގުޅުއްވި އެސިޔާސަތު

  22. ފާއިޒް

    ކީއްވެ ނުފެތެންވީ އިންޑިޔާގެ އަޅުވެތި ކަމަށް މިޤައުމު ވެއްޓިގެން ނުދާތީތަ ހޭބައްޔާ..