ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަށް ގޮންޖެއްސެވި ކަމަށް ބުނެ ސަސްޕެންޑު ކުރި އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރު އައްޝައިހް ޒަމްޒަމް ފާރިޝް އަށް ލުޔެއް ދީފި އެވެ.

މިއަދު ޒަމްޒަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަރަބިއްޔާ ސްކޫލަށް ނުނިކުމެވޭ ހެން މުސާރަ ނުލިބޭނެ ހެން ވަޒީފާއިން ސަސްޕެންޑުކުރަން ނިންމި ނިންމަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ގެނެސްފައިވާ ކަމަށެވެ.

އަދި މިހާރު އޮތީ މުސާރަ ހިނގާ ގޮތަށް 30 ދުވަހަށް ސަސްޕެންޑުކޮށްފައިވާ ގޮތަށް ކަމަށާއި މިނިސްޓްރީގެ އީމެއިލްގައި ބުނެފައިވަނީ މުސާރަ ނުލިބޭނެހެން ސަސްޕެންޓް ކުރި ކަމަށް ޖެހިފައިވަނީ އޮޅުމަކުން ކަމުގައި ކަމަށެވެ.

"ވީމާ، އަޅުގަނޑު މި މިނިންމީ އެ 30 ދުވަހުގެ މުސާރައިގެ 3 ބައިކުޅަ 2 ބައި އަޅުގަނޑު ނިސްބަތްވާ ދެ ރަށަށް (ތ. ކިނބިދޫ އާއި ބ. އޭދަފުށި) ޞަދަޤާތް ކުރަން މާތް ﷲ އެކަން ޤަބޫލު ކުރައްވާށި. އަދި މިކަމުން މިންޖު ކުރައްވާށި." ޒަމްޒަމް ވިދާޅުވި އެވެ.

ޝައިހް ޒަމްޒަމް ފާރިޝް ސަސްޕެންޑް ކުރީ ދިވެހިރާއްޖޭގެ އަސާސް ކަމުގައިވާ އިސްލާމް ދީނާ ދެކޮޅަށް ރިޕޯޓު ނެރެ، މުޅި ދުނިޔޭގައި އެ ދަމަމުން ދުވުމުން ވެސް ރާއްޖޭގެ ޤައުމީ ސަލާމަތަށް ކުރިމަތި ނުވި ނުރައްކަލެއް، ޤާނޫނާ ޚިލާފަށް ރާއްޖެ އަރައިތިބި އިންޑިއާ ސިފައިން މިޤައުމުން ބާލަން ދަމާލި ފޮތިކޮޅަކާ ހެދި ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެއްވެސް ގޮތެއް ނުވިސްނޭ ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވުމުންނެވެ.

އޭނާ ސްކޫލަށް ނުކުތުން މަނާކުރިކަން އަންގައި އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ލިޔުމުގައި ބުނެފައި އޮތީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް ހިތްވަރު ލިބޭ ގޮތަށް ޒަމްޒަމް ފާރިޝްގެ އަމިއްލަ އެކައުންޓުން އިއްޔެގެ ހަވީރު ޓުވީޓް ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި، ރައީސްގެ ގަރާރަށް ޒަމްޒަމް ފާރިޝް ގޮންޖަހައި ފާޑުކިޔުމަކީ އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ކިޔަވައިދޭ ކުދިން އަދި މުޖުތަމައުގެ އެކި މީސްމީހުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތާއި ހަމަނުޖެހުމަށް ހިތްވަރުދޭ، އެ އަށް މަގުފަހިވާ އަމަލެކެވެ.

ޒަމްޒަމް ފާރިޝް ސަސްޕެންޑްކުރި 30 ދުވަހުގެ މުއްދަތަށް މުސާރަ ވެސް ނުލިބޭނެ ކަމަށް އޭނާ "އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން" ގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މޕ

    ސަދަގާތް ކުރި ކަމަކަށް ނުވާނެ ފޭރުނު ކަމަށްވާނީ ނުހައްގުން ދިން އަދަބަކަށް

    3
    7
  2. ފުގު

    އަދި މި ސަރުކާރަށް އޮޅިގެން ބޮޑު ދިދަ އަށް އިންޑިޔާ ދިދައެއް އަރުވާނެތޯއްޗެ

    22
    2
  3. ޭގގގ

    الحمدلله

    13
    1
  4. މިތާފް

    ޝޭހުވިދާޅު ގޮތަށް، އަވަހަށް މިކަމުން މިންޖުކުރަށްވާށި. ޢާމީން.

    22
    2
  5. މުހައްމަދު ދާވޫދު

    ޢެޑިއުކޭޝަން މިނިސްޓަރަށް 12.5% އަޅަންވާނެ.

    6
    1
  6. ޒަމްޒަމް

    ދީނީ ތިފަދަ ބޮޑު އިލްމުވެރިއެއް ކުރަން ގަސްދުކުޅަ ޞަދަގާތް އާންމުކުރުން ބަލައި ނުގަނެވޭ..
    ދީނުގަ އޮންނަނީ ކަނާތުން ދޭ ޞަދަގާތް ވާތަށް ވެސް ނޭނގޭހެން ދިނުމަށް..
    ޒަމްޒަމްގެ ނިޔަތް ރަނގަޅު ކަމާއި މެދު ޝައްކު

    15
    11
    • ލޮލް

      އެއީކީ އަހަރެމެންނާ ބެހޭ މައްސަލައެއްނޫން. އެމީހަކު ޞަދަގާތްދޭނެ ގޮތެއް އެނގޭނީ އެމީހަކަށް. ﷲބައްލަވާ ވޮޑިގެންވާނީ މީހާގެ ހިތަށް. ނިޔަތާ ދޭތެރޭ އަހަރެމެން ޝައްކު އުފައްދާކަށް ނުޖެހޭ.

  7. ކީކޭ ބުނާނީ

    އަަޑުއަހަން އެންމެ ރަނގަޅު ޞަދަޤާތަކީ އޭނާގެ ކަނާއަތުން ކުރާ ޞަދަޤާތް ވާއަތަށްވެސް ނޭންގޭހެން ކުރުމޭ ބުނާތީ. ތަންދޮރު އޮޅުން ފިލާފަ ތިއްބެވި ޢިލްމް ވެރިން ޞަދަޤާތް ކުރަންވީމަ މި ކުރަނީ އިޢްލާން. ވަﷲ އަޢްލަމް

    12
    6
    • ހަޖަމު އިބޫ

      ތިޔަށްވުރެ މަށަށް މާހަޑި ތަންދޮރު ފިލާފަ ތިބި އެންމެ ދިމާކުރާތީ އަދި ތަހުޒީބު ޕާޓީ ތަކުގެ ވެރިކަމުގައި އަބަދު އޮޅިފޭ އޮންނާތީ.އޮޅިގެން ނުޖުރެވޭ ކަމެއް ނެތް މިސަރުކާރަކަށް.އޮޅިގެން އިބޫ މީޑިއާ ކުރިމަތީ އޮރިޔާން ނުވާކަން އެކަނި

  8. ހަސަނު

    މުޅި މުސާރައެއް ނޫން. މުސާރައިން ބަައެއް. ސުރުޚީ ކަމަކުނުދޭ

    12
  9. ޙަދިސައިބު

    ޢަދި އެޑިޔުކޭސަން މިނިސްޓަރާއި މިނިސްޓްރީގެ ސިޔާސީ ބައިގަންޑާއި ޕީއެސްވެސް ސަސްޕެންޑު ކުރާދުވަސް ވަރަށް ކައިރިވެއްޖެ އިންޝާﷲ

    12
    2
  10. Anonymous

    ބައެއްގެ ދުނިޔެވީ މަންފާއެއް ޙާޞިލް ކުރުމަށްޓަކައި ކުރާ ކަންކަމުގައި އެޅިހާ ބަތަކަށް ރިހަވެގެން ތިބޭކަށް ނުޖެހޭ. އެނބުރި ދިއުން އޮތީ އެކަލާނގެ ޙަޟްރަތަށް.
    ﷲ ތިބާއަށް ކާމިޔާބު ނަޞްރު ދެއްވާށި އާމީން

    18
    2
  11. ފަލަމަޑިން

    މިތާތިބި އިންޑިއާ ސިފައިންނަކީ ދިވެހިސަރުކާރުން އެދިގެން ގެނައި 2 ހެލިކޮޕްޓަރާއި އެކުއައިސްތިބި އޭގެ ޑިއުޓީ އަދާކުރާ މީހުން އެމީހުން ތިބެނީ ހަތިޔާރެއްނުލާ އެ ހެލިކޮޕްޓަރު ބޭނުންކުރަނީ ބަލިމީހުން ރައްރަށުން މާލެ އުފުލުމަށާ ކަނޑުމަތީ ހިނގާ ހާދިސާ ތަކުގައި ހަމަ ދިވެހިންނަށް އެހީވުމަށް އެކަމަށް ތިބެނީ 75 ސިފައިން މީގައުމުގެ މިނިވަންކަންގެއްލިދާނެކަމެއްކޭ ކިޔައިގެން ޔާމީނު ހިންގާ ބޮޑު އޮޅުވާލުމެއް ޖަރީމާއެއް

    4
    19
  12. ވާނުވާ

    ސަދަގާތް ކުރަން އޮތީ އެކަން ނޫހުގަޖަހާފަ މުޅި ދުނިޔެއައް އެކަން އަންގާފަތަ! ޢޭތަ ދީނުގަ އޮތް ގޮތަކީ؟

    13
    4
  13. ކެނެޑީ

    ތިޔަކަހަލަ ދެއްކުންތެރި ޝޭހުންގެ ވާހަކަވެސް އޮވޭ އައިސްފަ

    12
    8
  14. ޅަރާ

    ތިސަސްޕެންޑެއް ކުރުމުން އިންޑިއާ އައުޓް އިތުރަށް ވައިގަ ހިިފީ.
    އަދި ޒަމްޒަމް މުސާރަ ސަދަގާތް ކުރަން ނިންމުމުން އެއަށްވުރެ ބޮޑަށް އިންޑިއާ އައުޓް އިއުލާން ކުރެވިއްޖެ.
    ސަރުކާރުން ހަދަނީ މުޅިނން ގޯސް... އިންޑިއާ އައުޓް

    13
    1
  15. ދެ

    ކީކޭ ދެން ބުނާނީ ސޮދަގާތެއް ކުރަންވީމަވެސް އިއުލާނު ކޮއްލަނީ. ދެއްކުން ތެރިކަން ނޫން ކޮންކަމެއް

    9
    10
  16. ބީތާ

    ސަދަގާތަކީ އިޝްތިހާރުކޮށްގެން ދޭ އެއްޗެއްކަމެއް މަ ނުދަންނަން ކަލޭ ދޭ ފިލުމު ކުޅެން.

    1
    3
  17. ނނނ

    މިތާ ގަ. ދެއްކުންތެރިކަމޭ ކިޔާ ކޮމެންޓްކުރާފަރާތްތަކަށް
    ކަލޭމެންނަށްވުރެ ބޮޑަށް ސެއިޚްއަށް އިނގޭނެދޯ އެކަން އޮންނަގޮތް
    ތަބޫކު ހަގުރާމައިގައި މުސްލިމުން ކަންތައްކުރީ ކިހިނެއް

    3
    2
  18. ތުހުފާ

    އަދި މާތް ﷲ މިކަމުން މިއުއްމަތް މިންޖު ކުރައްވާށި."

  19. Anonymous

    ޞަދަޤާތުގެ ވާހަކަ ހާމަކުރަން ޖެހުނީ ވެސް ކަންހިނގާފައިވާ ގޮތުން.
    ނިޔަތާއި ޢަމަލު ﷲ ސުބްޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެންވޭ
    ޙަޤީޤަތް ނޭނގި ތިބެ ވާހަކަ ނުދައްކަމާ

    4
    1
  20. Anonymous

    ކޮމެންޓުތަކުން ވަރަށް ފާހަގަކުރެވެ ބައެއް މީހުން ފާޅުގައި ސަދަގާތްކުރުމުން ފުރައްސާރަކުރާތަން. މިފަދަ ކޮމެންޓުތައް ގިނައިން ފެންނަނީ ދީނީ ކަންކަމާ ގުޅުނީމަކަމަށް ފާހަގަ ކުރެވެ. ޢެއީ ޝައިތާނީ ވަސްވާހެއްކަމަށް ބެލެވެ.

    ސަބަބަކީ ޤުރުއާމުގެ ހަތަރު އާޔަތެއްގަ ސިއްރާއި ފާޅުގައި ސަދަގާތްކުރުމަށް ބާރުއަޅާފައިވާތީވެ.

    ބައެއް މީހުން މި އާޔަތްތަކާ ހިލާފަށް ދަލީލަކަށް ނަގާ "ވާއަތް" ހަދީސްއަކީ ފާޅުގައި ސަދަގާތްކުރުމުގައި އިތުރު މަސްލަހަތެއް ނެތް ނަމަ އެންމެ މޮޅުއިތުރުގޮތް ބަޔާންކޮށްދެވިފައިވާ ހަދީސް އެއް.