"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމުގެ ނަމުގައި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިނުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

މަޑުއްވަރީ ދާއިރާގެ މެެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ފަސް މެމްބަރުން ނެވެ. ނުފެންނަ ކަަމަށް 27 މެމްބަރުން ވޯޓު ދެއްވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ އިސްލާމީ ޝަރީއަތާ ހިލާފުނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނޫ އަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށެވެ، އަދި މީހަކު ކުރާ ކަމެއް ގާނޫނަކުން ނޫނީ ނުހުއްޓުވޭނެ ކަމަށެވެ.

ނަމަވެސް "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ގާނޫނު އަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަަމަށާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ނުކުރެވޭނެކަން އެނގޭ ކަމަށެވެ.

އެހެންކަމުން ރައީސް ގަރާރެއް ނެރުއެްވިޔަސް އެއީ ގާނޫނީ ގޮތުން ބާތިލު އެއްޗެއްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެހެންކަމުން ހިޔާލު ފާޅުކުރުން ހަނިކުރުން ހުއްޓާލުމަށް އާދަމް ޝަރީފް ގޮވާލެއްވި އެވެ.

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން އިތުރަށް ހިންގުމުގެ ފުުރުސަތު ދެން އެއްގޮތަަކަށް ވެސް ނުދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ކެމްޕޭންއާ ގުޅިގެން ހަރުކުރަމުންދާ ބެނާތައް ވެސް މިހާރު ފުލުހުން ދަނީ ނަގަމުން ނެވެ،

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަ

    އަބުރުގެ ޤާނޫނާ ދެކޮޅަށް އެމްޑީޕީ އެރުވި އަޑަކީ ޚިޔާލު ފާލުކުރުން ހަނިކުރާ ޤާނޫނުގެ ވާހަކަ. އެހަނދާން މިއަދު އެމްޑީޕީ ނެތީބާ؟ 2018ގަ ވެރިކަމަށް އައީ ޚިޔާލު ފާޅުކުރުން ތަންމިނަށް ހުޅުވަދޭން ވައުދު ވެގެން. އަދި ސައުދީ ރަސްގެފާނުގެ ދފަތުުރުފުޅަށް ހުރަސް އަޅަން ހެދި ބެނާ ތަކާ ފޮޓޯތަކާ ލިއުންތަކާ ހަޅޭކުގެ އަޑު މިއަދަކު އެމީހުންނަކަށް ނުފެނޭ>

    9
    1
  2. އަލީ

    އެމް.އެމް.ޕީ.އާރް.ސީ ގެ ފައިސާ ކައިގެން ތިބި މީހުން މަޖިލީހުގައި ގިނައީ.

  3. އ އައުޓު

    ސަދޫމް ސިޓީއަށް މި ދިވެހިރާއްޖެ ވެނިމިއްޖެ،

  4. އިންޑިޔާ އައުޓު

    ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެކިމީހުން ޖަލުގެތޭރިތަކުގެތެރެއަށް ނުލެވޭނަމަ އެބަޔަކަށް ވޯޓެއްނައަޅާނަން

  5. Anonymous

    އިނގޭ މި ލާދީނީ ރީނދޫ ބައިގަނޑަށް ހަޖަމު ނުވާނެކަން، އަބަދުވެސް ޖުއްލާބު ކާންޖެހިފައިތިބޭ ބައެއް ވިއްޔާ