ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި މިހާރު ހުންނެވި އާއިޝަތު ޝާން ޝާކިރު ޖަރުމަނު ވިލާތުގެ ސަފީރަކަށް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޝާން އެ މަގާމަށް ހަމަޖައްސަން ހުށަހަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

އެ ސިޓީގައި ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި ޖަރުމަނަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ލަތީފް (ސީވިޑް ލަތީފް) އަނބުރާ ރާއްޖެ ގެންނަވަން ވަނީ ނިންމަވައިފައެވެ. އަދި ލަތީފްގެ ބަދަލުގައި ޝާން ހަމަޖައްސަން ވަނީ ނިންމަވައިފައެވެ.

ލަތީފް އަލުން ހަމަޖައްސާނެ މަގާމެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ،

އެހެންކަމުން އެ ބަދަލާމެދު މަޖިލީހުން ގޮތެއް ނިންމަވައި ދެއްވަމުން ރައީސް ސޯލިހުވަނީ އެދިވަޑައިގެންފައެވެ.

އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.

ޝާންއަކީ މީގެ ކުރިން ވަނީ ބަންގްލަދޭޝްގައި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުކަމާއި މެލޭޝިއާގައި ހުންނަ ދިވެހި ސަފީރުގެ ނައިބުގެ މަގާމު އަދާކުރައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝަރު

    ހަސަން ލަތީފުގެ ބޭބެ ބޭރުކޮއްލީ ހަސަން ލަތީފު ސައިޒުކޮއްލަންވެގެންތާ؟؟ ސޯލިހުއާއި ޚިޔާތު ތަފާތު އެމްޑިޕީގެ މެމްބަރުންނާއި ގުޅުން ހުރި މީތުންތައް މަޤާމުތަކުން ބޭރުކުރުމުގެ މަސައްކަތް ފެއްޓުނީ. މަތިފަޑިން ފަށާނީ ފުރަތަމަ. 2023 ޔަޤީން ކުރަންވާނެ.

    10
    1
  2. Anonymous

    މިއީ ކީއްކުރާ، ކޮން ފައިދާއެެއްވާ، ކޮން މަޤްސަދެއްގައި، ކޮން ކަމަކަށް ބަލާފައި، ޢައްޔަނުކުރާ ވަޒީފާއެއްބާވައޭ އަހުރެން ހިތަށްއަރައެވެ.

    20
    • ހަސަނާ

      މިނިވަން މުސްލިމު އަންހެނާގެ އައުރައަކީ މޫނާއި ދެއަތްތިލަފިޔަވާވާ ހުރިހާ ތަނެއް ބަލާނެ ކަމެއްނެތް މިސަރުކާރު ގެ ބޮޑެތި ވަޒީފާތައް ލިބޭކަބަލުންނަކީ މިކަމާ ދެކޮޅު ކަބަލުން ހުދު ވެރިމީހާގެ އަބިކަމަނާވެސް ހާލަކީ މީ..

  3. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

    ޝާން އަކީ ހިތްހެޔޮ، ރަނގަޅު ބޭފުޅެއް. ކުޑަދުހުގެ ކްލާސްމޭޓަށް ހެޔޮ އެދެން! ތަޙްނިޔާ!

    5
    10
  4. ބޮޑުބެ

    ސީ ވީޑު ލަތީ ބޭރު ކުރީ އެއްނުން ސަފީރު ކަމުގެ މުއްދަތު ހަމަވީމަ ބަދަލުވީ