މި ސަރުކާރުން ރައްޔިތުންނަށް އަނިޔާކޮށް ނިކަމެތިކަން ލިބޭ ގޮތަށް ކަންތައްތައް ކުރާއިރު އެމްޑީޕީ ހަނު ނޯންނާނެ ކަމަށް ވިދާޅުވެ ސަރުކާރާ ދެކޮޅަށް ތެދުވުމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) މިއަދު ގޮވާލައްވައިފިއެވެ.

ސަރުކާރުން އެމްޑީޕީ އާއި އެ ޕާޓީގެ މެންބަރުންނާ މެދު އަމަލުކުރަނީ ބޭއިންސާފުން ކަމަށް ތުހުމަތު ކުރައްވާ ބޮންޑެ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދެއްކެވީ، ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހުގައި ހުރި މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

ސަރުކާރުން އެމްޑީޕީ "ގޭންގަކަށް" ހަދަން އުޅޭ ކަމަށް ތުހުމަތު ކުރައްވާ ބޮންޑެ ވިދާޅުވީ ސަރުކާރުން ހިންގާހާ ކަމެއް ސިއްރުކުރަން އެމްޑީޕީ އަށް ނުޖެހޭނެ ކަމަށާއި ވެރިކަން ކުރާ ކޯލިޝަނުން އެމްޑީޕީއަށް 40 އިންސައްތަ ދޭން ވައުދުވެފައި އޮތް ނަމަވެސް މިއަދާ ހަމައަށްވެސް އެމްޑީޕީއަށް އެ އަދަދު ނުލިބޭ ކަމަށެވެ.

"އެ 40 ޕަސަންޓަށް ހައްގުވާ މިންވަރެއް ވެސް ނުދޭ. އަޅުގަނޑުމެންގެ މަދު ވަޒީރެއް ތިއްބެވީ. ދެން މިރާއްޖެ ހިންގަމުން ދަނީ ޝައިހް އިމްރާން. މިރާއްޖެ ހިންގަމުންދަނީ ގާސިމް އިބްރާހީމް. މިރާއްޖެ ހިންގަމުންދަނީ މައުމޫން އަބްދުލްގައްޔޫމް،" ބޮންޑެ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ބާރުގަދަ ފަރާތަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުކަން ފާހަގަ ކުރައްވާ ބޮންޑެ ވިދާޅުވީ މި ސަރުކާރުން ނަޝީދު އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި މަނިކުފާނު އަވަހާރަކޮށްލުމަށް ގޮއްވާލި ބޮމުގެ މައްސަލަ އަދިވެސް ތަހުގީގު ނުކުރާ ކަމަށާއި އެމްޑީޕީގެ މެންބަރުންނާ މެދު އެވަރުގެ ބޭއިންސާފެއް އޮތް އިރު އެމްޑީޕީން މަޑުން ނުތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިފަހަރު އިމްތިޔާޒު ފަހްމީ އަށް ވޯޓު ދީގެން ސަރުކާރަށް ވަރަށް ވަރުގަދަ މެސެޖެއް ފޯރުކޮށްދޭންޖެހޭ އެބަ. [ސަރުކާރަށް އެނގެންޖެހޭ] އެމްޑީޕީ ހަނު ނޯންނާނެ ކަމަށް ރައްޔިތުންނަށް އަނިޔާކުރާއިރު. ރައްޔިތުންނަށް ނިކަމެތިކަން ލިބޭއިރު. ސަރުކާރޭ ކިޔައިގެން އަގަ މަޑުންލައިގެން ނޯންނާނެ ކަން. މިފަހަރު ދައްކަންޖެހޭނެ އެމްޑީޕީ މެންބަރުން." ބޮންޑެ ވިދާޅުވިއެވެ.

އެމްޑީޕީގެ ބޮޑު ހިއްސާއެއްވާ އެޕާޓީގެ ރައީސެއް ވެސް ހުރި ސަރުކާރާ ދެކޮޅަށް ތެދުވަން އެމްޑީޕީގެ މެންބަރަކު ގޮވާލައްވާފައިވާއިރު ފެތެމުންދާ ސަރުކާރަކާއެކު ފެތުމަކީ އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް ނުކުންނަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮވިޑް

    ބޮންޑޭ.......... މި އޯގާތެރި ސަރުކާރުން ރައްޔަތުންނަށް އަނިވާކުރަނީއޭ!!!!!!!!!!!!!!!!! އެމްޑީޕީ މެމްބަރުންތޯ ތި ވިދާޅުވާނީ ތިހެން.؟!!!!!!!!!!!!!

    33
  2. ދޮންބެ

    އައުގުރާނަ ތޯ ތި ވިދާޅުވަނީ؟

    28
  3. ވާނުވާ

    ހީފުޅުނުކުރަށްވާ ތިއުޅޭ 6 ރޮނގާލިންނަށް ތިހެން ވާހަކަދައްކަައިގެން އަހަރެމެން ބޯކާލެވޭނެކަމަށް

    25
  4. އ ޢައުޓު

    މީީ އަނެއްބޯބުރާންތި، ކެނަރީގެ ނަޝިީދަކީ ސިޔާސީގޮތުން ކަލޭގެ އނމ، ހުދުމުހުތާރުކަމުގެ ލާމަސީލުމީހެއް، އޭނަ ބޭނުންވާގޮތަކަށް ހުރިހާކަމެއް ވާންޖެހެނީ، މައުމޫނޭ ކިޔާފަ މީނަކީ އެއްޗެހިކޮބާ މިހާރު،،

    33
  5. ޖާނޭ

    ހެއްވާ ވާހަކަ ދައްކާ ކޮމީޑިއަނެކޭދޯ މިއީ! ބޭނުމިއްޔާ އިބޫ ސޯލިޙްގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށްދާންވީނުން؟ އުޅޭފާޑު ނިކަން ދެކިބަލަ.

    28
  6. ޢަހުމަދު

    ހެހެ 2023 ށް ސްޓަންޓް ޖައްސަން ނޫޅެ، ސަރުކާރަކީ އެމޑީޕީ ސަރުކާރެއް، އޮޅުވާލަންނޫޅެ، ތިއީ ޚިޔާނަތާ، ވައްކަމާ،ކޮރަޕްސަން ވޭތުވެދިޔަ އެއްވެސްްް ސަރުކާރެއްގަ ނުކުރާވަރަށް ކޮށްފަތިބިބައެއް!

    23
  7. ރަން ރީނދޫ

    ވައްކަން ކޮއް ބައިތުލްމާލް ހުސްވީމަ،ވެރިކަން ކުރީ މަމެންނެއް ނޫނޭ ކިޔައިފަ،ރެކެން މިއުޅެނީ.

    21
    1
  8. ހުސޭނުބޭ

    އެމްޑީޕީ ސަރުކާރު. އެމްޑީޕީން ރައްޔިތުންނަށް އަނިޔާކުރަނީވެސް. ތި ވެގެން އުޅޭ ގޮތަކީ ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ ބައިތުލްމާލުން ވައްކަންކޮށްގެން އުޅޭތީ ސަޕޯޓް ގެއްލޭތީ ތަޅާ ހުސްއަނގަ ތިއީ

    24
    1
  9. Anonymous

    މޑޕ އެއް ނޫންތަ ވެރިކަމުގައޮތީ....؟؟؟😱🤯😵‍💫😷🤑🥸🤡👻😈

    27
  10. ބޮކަރު

    މިސޮރާ ނަސީދު ހުރީ ބޯގޮވާފަ ދެން ޕާޓީ އެންމެން ވީ މި މީހުން ބުނާހާ ގޮތެއް ހަދަން؟؟

  11. ޑިކްޓޭޓަރޕާޓީ

    ބޮންޑެއައް ބޯކެވޭމީހުންގެ ބޯކެވޭނީ ތިޔަހީވަނީ އެންމެންނަކީ ކޮހުންކަމައްތަ ތިޔަޖައްސާ ހުރިހާ ސްޓަންޓަކީވެސް ރައްޔިތުންގެ ތާއީދު މިސަރުކާރައް ނެތްކަން އެނގޭތީ އެހެންގޮތަކުން ތާއީދުހޯދަންވެގެން ޖައްސާ ސްޓަންޓް

  12. ޕޮގުބާ

    ވެރިކަން ކުރަންވީ އަންނި އެއީ ވާންވީ ވާގޮތަކީ

  13. އާދަމް

    ބަލަގަ ތިމާމެންނީ މާ ހެޔޮއެދޭ ބަޔަކަށް ވެގެން ބޭރުފުށުން މުލަންމާކޮށްގެން ވާހަކަދައްކާއިރު، ކޮބާ ވާހަކަދެއްކުމުގެ ދީނީ، އަދަބީ އަދަބުތައް. ރައްޔިތުންގެ މަޖިލީސް މެންބަރުންނޯ އެކަމަކު ވާހަކަދައްކަންވަނީ ބާޒާރީ ބަހުރުވައިން. މިހެންވެޔޭ ބުއްދިވެރީން ބުނަނީ ތިމާގެ ދުލުން ދަައްކާ ވާހައިން ތިމާގެ ހިތް އޮތްގޮތް ސާފުވެ އޮޅުންފިލާނެޔޭ.
    ތިމާއީ ޤައުމަށް އެހާ އިޚްލާސްތެރި މީހެއް ނަމަ އިނގިރޭސިބަހުން މިކިޔާ "ހޭސްޓީ ޖެނެރައިލޭޝަން" ނުވަތަ ބައެއް ޙާލަތްތަކުގައި ކަންތައް ހުންނަ ގޮތަކީ ހުރިހާ ޙާލެއްގައި ވެސް ކަންތައް ހުންން ގޮތް ކަމަށް ދޭހަވާ ގޮތަށް ވާހަކައެއް ނުދައްކާނެ.
    ޤައުމަށާއި ރައްޔިތުންނަށް އިޚްލާސްތެރި ބަޔަކު ކިޔާނީ ބިނާކުރަނިވި ފާޑުކިޔުން. ކުރިއަށްދާ އަތަށް ބާރުލިބޭ ފާޑުކިޔުން. މުގުރައި ސުންނާފަތިކޮށް، ހުސް ނުފުށް ދައްކާ ފާޑުކިޔުމެއް ނޫން. ކުރިބައްދާ ފާޑުކިޔުމެއް ވެސް ނުމެނޫންމެ.
    މިހިރަ މިހިރަ ކަންތަކުން އެނގެނީ ތިމާމެންގެ ކިބައިގައި ހުރި ގޮތްކުޑަކަމާއި ނުދަތުމާއި ޖާހިލުކަމުގެ ބޮޑުކަން. އެހެންވީމާ ބޮންޑެކަސް ބޮނޑަކަސް ދިވެހިބަހުގެ މާތް ރީތި އަދަބުތަކުން ވާހަކަފުޅު ދައްކަވާ ތަންކޮޅެއް، ތިމާގެ މަޤާމާއި އަބުރު އެހެން ބޭކަލުންގެ ކުރިމަތީގައި ހިފެހެއްޓޭތޯ ބެލުމީ، 5000 ރައްޔިތުންގެ ޚާދިމުގެ ޔުނިފޯމު ލައްވައިގެން ތިއްބަވާ މެންބަރުން ހަނދުމަފުޅު ބަހައްޓަންވީ ކަމެއް ކަމަށް ދެކެން.

  14. ކޮންޑޭބބ

    ބަލަ ކޮންޕާޓިއެއްގެ ވެރިކަމެއްތަ މިހިނގަނީ ބުރާންޗަ...ތިތެލެނީ 2023 ގެއްލިދާނެތީ ބޮލޭކިޔާބަލަ..