މިއަދު ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ހަބަރު ގެނެސްދިނުމަށް މީޑިއާތަކަށް ފައިސާ ދިން ކަމަށް ދެކެވޭ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ޚަބަރު ގެނެސް ދިނުމަށް ބައެއް މީޑިއާތަކަށް ފައިސާ ދިން ކަމަށް ބުނާ ޚަބަރު ދޮގުކޮށް ޓުވީޓެއް ކުރައްވާފަ އެވެ.

އެ ހަބަރުގެ ފޮޓޯއެއް ހިމެނުމަށް ފަހު މަބްރޫކް ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ހަބަރު ގެނެސްދިނުމަށް މީޑިއާތަކަށް ފައިސާ ދިން ކަމަށް ބުނެ ގެނެސްދީފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ރައީސް އޮފީހުން ފައިސާ ދީފައިވާ މީޑިއާތަކަށް ކުރިއާލައި މިއަދު ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ ތަފުސީލުވަނީ ހިއްސާކޮށްފައެވެ. އަދި ކުރިއާލައި އެ މީޑިއާތަކުންވަނީ ޓީޗަރުންގެ މުސާރައަށް އައި ބަދަލު ޕްރޮމޯޓުކުރުމަށް ބޭނުންވާ ގުރެފިކްސްއާއި ވީޑިއޯ ފަދަ ކޮންޓެންޓުތައް އުފައްދާފައެވެ.

ދިވެހި ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާގޮތުން ސަރުކާރުގެ އިދާރާ އަކުން އެއްވެސް މުދަލެއް ނޫނީ ހިދުމަތަށް ހޯދާއިރު، އެ މުދާ ނުވަތަ ހިދުމަތުގެ އަގު 35،000 ރުފިޔާއަށް ވުރެ މަތި ނަމަ، ހާއްސަ ހާލަތްތަކެއްގައި މެނުވީ އެ މަސައްކަތް ބަޔަކާއި ހަވާލު ކުރަން ޖެހޭނީ އާންމުކޮށް ހުޅުވާލައިގެން ބިޑް އުސޫލުންނެވެ.

މާލިއްޔަތު ޤަވާއިދާ ހިލާފަށް މީޑިއާތަކަށް ފައިސާ ދޫކުރާ ކަމަށް ބުނެ އަމިއްލަ ފަރާތުން ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާައަހުމަދު

    އެކަމެއްވާ ނޭގުނު ދިގު 30 އަހަރުގެ ނޫސްތަކެކޭ އެއްވަރު، ހުރިހާ ނޫހެއްގަ އެކަކުގެ ފޮޓޯ ޖަހާފަހުރީ.

  2. ލާދީނީ

    މަބްރޫކު ހާދަދުވަހެއްކޮއްލާފަ ފެނިވަޑައިގަތީ. އެންމެ ފަހުން ފެނުނީ މިއަރު ޖެނުއަރީގަ ތިލަމާލެ ބްރިޖުގެ ތަނބުތައް ކަނޑުންމައްޗަށް ފެންނާނެ ބުނިދުވަހު. އެކަންނުވީމަ ފިލިގޮތަށް އަދިކިރިޔާ ތިދައްކާލީ. ދޮގުހަދައިން މާގިނައިރަކު ހިފަހައްޓާނުލެވޭނެ.

    10
  3. އަސްމާ

    މީނަ ނުދެމޭ ބުނެފިތަ! ޔަޤީން ކުރައްވާ ދުވާލު އިރު ފަދައިން އެނގޭ މިސަރުކާރުން އެކަން އޮންނާނީ ކޮށްފަ.

    10
  4. Anonymous

    ދެންޏާ އެންމެނަށް ވެސް ދީގެން ކާންވާނީ. މަޖިލީހުގެ މެންބަރުންގެ އެކަންޏެއް ނޫން ބަނޑެއް އޮންނަނީ. އެންމެން ވެސް ބަނޑުހައިވޭ. ބޯހިޔާވަހިކަން ބޭނުންވޭ. ބޭސްފަރުވާކުރަން ބޭނުންވޭ. އެންމެނަށް ދީގެން ކަންޏާ އޯކޭ. މަޖިލީހުގެ މެންބަރުން އެކަނި ކަންޏާ އޯކޭއެއް ނޫން. ޕްރިންސިޕަލަކަށް ވެސް ހަތްތަރިހާސް ރުފިޔާ ލިބެންޖެހޭނެ. ކޮލެޖާއި ޔުނިވަރސިޓީގެ ޑީނަކަށް ވެސް ހަތްތަރިހާސް ރުފިޔާ ލިބެންޖެހޭނެ. މަޖިލީހުގެ މެންބަރުންނަށް އެކަންޏެއް ނޫން ބޮޑު މުސާރަ ލިބެންވީ.

  5. ފަރޭ

    މިއީ، ސަރުކާރުން ރަނގަޅު ކަމެއް ކޮށްދިނީމަ އެކަން ހަޖަމު ނުވެގެން އޮންލައިން ނޫހެއްގާ ޖެހި ޚަބަރެއް މުޅި އެތި ބަދަލޮކޮށްލަން. ޒިންމާދާރު ނޫސްވެރިކަމަކީ ކޮބައިތޯ! މިފަދަ ކަންކަން ބަލައި ހަރުކަށި ފިޔަވަޅު އަޅަންެ އެބަޖެހޭ.

    1
    5