ޤާނޫނު އަސާސީގައި ހުރީ ހިޔާލީ ޙައްޤުތަކެއް ނޫން ކަމަށާއި ޤާނޫނު އަސާސީގައި ހުރި ޙައްޤުތައް ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބުގެ މަގާމުގައި ހުންނެވި ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި ޤާނޫނު އަސާސީގައި ހުރީ ހިޔާލީ ޙައްޤުތަކެއް ނޫން ކަމަށް ވިދާޅުވީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބާއްވަން ނިންމި މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ އެހިނގާލުމަށް ހުއްދަ ދީފައެވެ.

ޑރ.ޝަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ކޮންމެ ހާލަތެއް ދިމާވިޔަސް ޤާނޫނު އަސާސީއަށް ވެރިން ތަބާވާން ޖެހޭނެ ކަމަށެވެ. "ޤާނޫނު އަސާސީގައި ލިޔެފައި ހުންނަނީ ހިޔާލީ ޙައްޤުތަކެއްގެ ވާހަކައެއް ނޫން. އެޙައްޤުތައް ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް. ކޮންމެ ހާލަތެއް ދިމާވިޔަސް ޤާނޫނު އަސާސީއަށް ވެރިން ތަބާވާން ޖެހޭ." ޑރ.ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝަހީދު ވަނީ އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލުން ޖިނާއީ ކުށަކަށް ނުހެދޭނެ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައެވެ. ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ޖިނާއީ ކުށަކަށް ހެދުން އެއީ އެމްޑީޕީން އަދި ހާއްސަކޮށް ރައީސް ނަޝީދާއި މެންބަރު އީވާ އަދި މެންބަރު އިމްތިޔާޒް ފަހްމީ ނުކުރައްވާނެ ކަމެއް ކަމަށް އޭނާ ހީފުޅު ކުރެއްވި ކަމަށެވެ.

ޑރ.ޝަހީދު ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ފޮރިން ޕޮލިސީ އާއި ނުވަތަ އިންޑިއާ އާއިއެކު ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތާއި ދެކޮޅަށް ވާހަކަދެއްކުން އެއީ ޖިނާއީ ކުށަކަށް ހެދުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ.

ނަމަވެސް ރައީސް ސޯލިހް ރިޔާސީ ޤަރާރެއް ނެރުއްވައިގެން މިހާރު އިންޑިއާ އާއި ދެކޮޅަށް ހިޔާލު ފާޅުކުރުން އެއީ ޤާނޫނުލްއުޤޫބާތުގެ ދަށުން ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޤައުމެއްގެ އެންމެ މަތީ މަސްލަހަތަކީ އެގައުމެއްގެ ރައްޔިތުންގެ މަސްލަހަތު. ރައްޔިތުންގެ މަސްލަހަތުގެ ކުރިޔަށް އެހެން އެއްވެސް މަސްލަހަތެއް ނުނެރެވޭނެ. ނަމަވެސް މިއަދު މިގައުމުން ފެންނަމުން މިދަނީ ވެރިކަމުގަ ތިބި ފަރާތްތަކުން ގާނޫނުއަސާސީގެ މަފްހޫމް އޮޅުވާލާ އެގާނޫނުއަސާސީއަކީ އެބައެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރަން ގެންގުޅޭ ހަތިޔާރެއްގެ ގޮތުގަ ބޭނުންކުރަމުންދާ ތަން. އިންޑިއާ އައުޓް ކެމްޕޭނަކީ މިގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު އަދި ސިޔާދަތު އިންޑިއާގެ އަތްމައްޗަށް ގޮސް ދިވެހިން ދިވެހިންގެ ބިމުގަ އަޅުވެތި ވެދާނެކަމުގެ ބިރަށް ރައްޔިތުން އުފުލަމުންދާ އަޑު. އެއީކީ އެއްވެސް ހާލެއްގަ ސަރުކާރުން ސިފަކުރާގޮތަށް ނުރައްކާތެރި ކަމެއް އޮތްކަމެއްނޫން. އަދި އެކަމުގަ އޮތް ނުރައްކަލަކީ ކޮބައިކަން ސަރުކާރަށް ވެސް ސާފުސީދާ ސަރީހަ އިބާރާތަކުން ބުނެއެއް ނުދެވޭ. އިންޑިއާ އައުޓް ކެމްޕޭނުގަ ނުރައްކަލެއް އޮތްނަމަ އެ ނުރައްކަލަކީ ސަރުކާރުން އިންޑިއާއަށް ދަރާ ވިކި ހުސްވެފައޮތުމުގެ ސަބަބުން ދިވެހި ރައްޔިތުން އިންޑިއާއަށް ދޭންޖެހޭ ބަދަލުގެ ބޮޑުކަން. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގަ ހުރެގެން ޗައިނާާއާއި ދިމާލަށް ފާޅުގަ ހަގީގަތާއި ޚިލާފް ވާހަކަ ދައްކައިގެން ގައުމީ ސަލާމަތަށް ނުވި ނުރައްކަލެއް އިންޑިއާ އައުޓް ގޮވައިގެން ވާންޖެހޭ ސަބަބަކީ ކޮބާ؟

  2. މުންޑޭ

    މިއީ ކާކުތަ! އެބައުޅޭ ދޯ

    1
    1
  3. Anonymous

    ޤައުމު ސަލާމަތްކުރަން ބޭނުންނަމަ 23 ގައިވެސް އަދި ކުރިއަށް އޮތް އެއްވެސް އިންތިޚާބެއްގައިވެސް އެމްޑީޕީއަށް އަދި އިބޫއަށް ނޫނެކޭ ބުނަންޖެހޭ.

  4. Anonymous

    މިއަދު ޤައުމު މިވަނީ އިންޑިޔާގެ އަޅުވެތިކަމުގެ ދަށުގައި ތާށިވެފައި! އިންޑިޔާ އައުޓު ! އިންޑިޔާ އައުޓު ! އިންޑިޔާ އައުޓު !