އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް ހައްގު ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ދޮޅުމަހެއްހާ ދުވަސް ވެފައި ވަނިކޮށް އީސީގެ ރައީސް ފުއާދުގެ އިތުބާރު ނެތް ކަމަށް އެ ކޮމިޝަންގެ މެމްބަރުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފައެވެ. ކޮމިޝަނުގެ މެމްބަރުކަމުން ކަމުން ފުއާދު ދުރުކުރުމުގެ ބާރެއް ކޮމިޝަނުގެ މެމްބަރުންނަށް ލިބިގެން ނުވެއެވެ.

https://twitter.com/ahmedshaheed/status/1683480197230743553?s=20

ޝަހީދުގެ ވާހަކަތަކާ ގުޅިގެން ފުއާދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާއާ މެދުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޝަހީދަށް ޝުކުރު ދަންނަވައިފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ވާ ގޮތުން ވަކި މަގާމަކަށް އައްޔަން ކުރައްވާފައިވާ މެމްބަރެއްގެ މަގާމު ގެއްލޭނީ އޭނާ މެމްބަރުކަމުން ވަކިވުމުން ނުވަތަ ރައްޔިތުންގެ މަޖިލިހުން ވަކިކުރުމުންނެވެ. އެހެންކަމުން އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ފާސް ކުރިޔަސް ފުއާދު މަގާމުގައި ދެމިހުންނަވާނެއެވެ.

ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮތުގައި ފުއާދުގެ ނަޒާހަތްތެރިކަމާއި އިހްލާސްތެރިކަމަށް ބަލާފައި ވިޔަސް، ފުއާދަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް ހައްގުވާ ކަމަށެވެ.

ފުއާދުގެ އިތުބާރު ނެތްކަމަށް މިއަދު ފާސްކުރިއިރު، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާފައިވަނީ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ. އަދި ފުއާދްގެ އިތުބާރު ނެތްކަމަށް ވޯޓު ދީފައިވަނީ، ޑރ. މުހައްމަދު ޒާހިރު، މުހައްމަދު އާސިފް އަދި އަލީ ނަޝާތެވެ. އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.

"ދަ ޑިމޮކްރެޓްސް" ރަޖިސްޓަރީ ކުރުމުގެ ތެރޭގައި ފުއާދު ދެއްކެވި ވާހަކަތަކާ ގުޅިގެން ފުއާދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގިއިރު، މެމްބަރުންގެ މެދުގައި ފުއާދު އާ ދޭތެރޭގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

ގާނޫނުއަސާސީގެ 177 ވަނަ މާއްދާ ބުނާ ގޮތުން އީސީގެ މެންބަރަކު މަގާމާ އެކަށީގެން ނުވާ ފަދަ ކަމެއް ކުރި ކަމަށް ނުވަތަ މަގާމް އަދާކުރުމަށް އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ނުވަތަ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތް ކަމަށް ފެނިއްޖެ ހިނދެއްގައި ވަކި ކުރެވިދާނެއެވެ.

އެކަމަކު، އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތު ވޯޓު ލިބިގެން ކަމަށް ވެސް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާ

    މީނަމީ ކާކުތަ ހައްޤުތަކުގެ ވާހަކަ ދައްކަން. މިޤައުމަށް ގައްދާރުވެފަ ފިލާހުރެގެން.

  2. އައްމަޓީ

    ޝަހީދަކީ ދެން ކާކު، މިތަނުގައި ހިނގާ ކަންކަމަށް އަތްބާނަން.

  3. ލޮލް

    ފުއާދަށް އިއްޒަތްއެރުވުމުގެ ކުރިން އީސީ ފޮޅާ ސާފުކުރަން ޖެހޭ. މިފަހަރު ރައްޔިތުން އިންތިޚާބު ކުރަންވާނީ އީސީގެ ނަޒާހާތްތެރިކަން ކަށަވަރުވާ ސަރުކާރެއް. ސިޔާސީ ޕާޓީއަކުން އިންތިޚާބުވާ ސަރުކާރަކަށް އެކަމެއް ނުކުރެވޭނެ.

  4. ދުސަހީ

    ހައް ހައް ހައް! ލޮލް! ސަހީދޫ! ކަލޭވެސް ފުވާދު ވެބޫ ހައްދަން ނިކުތީތަ؟