އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު އިތުބާރު ނެތް ކަމަށް އެކޮމިޝަނުން ފާސް ކުރި ނަމަވެސް، މަގާމުން ވަކި ނުވާ ކަމަށް ކޮމިޝަންގެ ނައިބު ރައީސް، އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގައި މިމަހު 18 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ތިން މެންބަރުން ފުއާދުއާ ދެކޮޅަށް ވޯޓުދީފައިވާތީ އޭނަގެ އިތުބާރު ނެތްކަމަށް ވަނީ ފާސް ވެފައެވެ.

އެކަމާއި ގުޅިގެން ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ކަންތައްތައް ކުރައްވާގޮތުން، ރައީސް އާ މެދު ތިން މެންބަރެއްގެ އިތުބާރު ނެތްކަމަށް، ޖުލައި 18 ވަނަ ދުވަހު ބޭއްވި، ކޮމިޝަންގެ އާންމު ޖަލްސާގެ އަގުލަބިއްޔަތުން ފާސްވި ނަމަވެސް، މި ވޯޓަކީ ކޮމިޝަންގެ ރައީސް ފުއާދު ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން ދުރު ކުރުމަށް ނެގުނު ވޯޓެއް ނޫން ކަމަށެވެ.

"ސަބަބަކީ ގާނޫނީ ގޮތުން ކޮމިޝަންގެ ރައީސް މަގާމުން ވަކިކުރުމުގެ ބާރު މެންބަރުންނަށް ލިބިދީފައި ނުވުން. އެބާރު ލިބިދެނީ ރައްޔިތުންގެ މަޖިލީހަށް.". އޭނާ ވިދާޅުވިއެވެ.

ޤާނޫނުގައި ބުނާގޮތުން އީސީގެ އެއްވެސް މެންބަރަކު ވަކިކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށެވެ. އެހެންކަމުން ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރިޔަސް އޭނާ ވަކި ނުކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފައިވާ އެ ޖަލްސާގެ ނިންމުންތަކުގައިވާގޮތުން ކޮމިޝަންގެ ރައީސް ފުއާދު މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކަންތައްތައް ކުރައްވާ ގޮތުން އޭނާއަށް އިތުބާރު ނުކުރައްވާ ކަމާއި ރައީސް ކަމުގެ މަގާމުގައި ހުންނަވަނީ ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތި ކަމަށް ކޮމިޝަންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.

ފުއާދުގެ އިތުބާރު ނެތް މައްސަލަ ނެގި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ހަތަރު މެންބަރެކެވެ. ރިޔާސަތު ބެލެހެއްޓެވީ ހަބީބެވެ.

ފުއާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބްދޫ

    މިހާރރަކު ނޯވޭ ކޮމިސަންތަކުން އިތުބާރު ނެތް ކަމުގެ ވޯޓް ނަގާގޮތަކަށް .އެއީ ކުރީގަ ގާނޫނުގަ އޮތްގޮތް މިހާރުގަ ގާނޫނަށް ފެތޭބަޔަކު ކޮމިސަނުގަ ތިބެންވާނީ ބޭކާރު ވޯޓާއި ބޭކާރު ލިއުން ތައޔާރުކުރާކަށް ކޮމިސަނަށް ވަގުތު އެބައޮތްބާ؟

    16
  2. Anonymous

    މިކަލޭގެ މިތަނުން ބޭރުކުރެވުނީމަ ލުޔެއް ލިބޭނީ މިތަނަށްވެސް

    8
    16
  3. ޖޯކު

    ޠިޔަ ކޮމިޝަން ވެސް ތި އޮތީ މުށު ތެރޭގައި.އިލެކްޝަން ވަގަށް ނަގަން އުޅޭ ވައްތަރު ޗީޑީ ކަމާ އެވެ.

    24
  4. ތަކުރު

    ދެން ކީއްކުރން ކުރިކަމެއް،

  5. ވިސްނާތި

    ވަރައްބޮޑައް ރޭވިގެން ވޯޓާކުޅެންއުޅޭހެން ހީވަނީ މިފަހަރު އެފުރުސަތު ދެވިގެން ނުވާނެ ރަނގަޅައް ހުޅުވައިގެން ތިބެންވާނީއެހެން ނޫނީ ފެންނާނީ ކުއްލިއަކައް ކޮއްޖަހާތަން

  6. އަލީ

    ހަބީބަކީ އެއްވެސް ތާކުން ކިޔަވައިގެންހުރި މީހެއްނޫން. މިކަހަލަ ބޭކާރު ކަންތައް ކުރަނީ އެހެންވެ.

  7. ަާއަލިފު

    ހަބީބު މިފަހަރު ތިޔަ ކުޅުއްވި ގޭމް ތިޔަގޮވީ އަތަށް. ކުރީގެ މެމްބަރު އަކުރަމް ވެސް ތިޔަތަނުން ބޭރު ކުރީ ހަބީބު ގެ ރޭވުމަކުން ދޮގު ތުޙުމަތު ތަކެއް އެބޭފުޅާގެ ބޮލުގަ އަޅުވާފ.ަ އަކުރަމް ވަރުގެ ހިންގުން ތެރި ޒުވާން ވެރި އެއް ހަބީބު ގެ މަށްޗަށް ހުރީމަ ހަބީބު އަށް ޙަޖަމް ނުވީ.