މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ބޭރުގެ އެއްވެސް ގައުމެއްގެ ނުފޫޒެއް ނޯންނާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގް ރޭ ވިދާޅުވެއްޖެއެވެ.

"ވަގުތު" ޓީވީން ގެނެސްދޭ "ތަފްސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓަށް އީސީއިން އެއްވެސް ބަދަލެއް ނުގެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ.

ވޯޓު ފޮށިތަކުގެ ކައިރީގައި ޕާޓީތަކާއި އެކި މީޑިއާތަކުގެ މޮނިޓަރުންނާއި އޮބްޒާވަރުން ތިއްބަވާނެ ކަމަށާއި އެހެންކަމުން ވޯޓުލަމުންދާ އިރު އެއްވެސް ގޯހެއް ނަހަދާނެކަމުގެ ޔަގީންކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ވޯޓުލަމުންދާއިރު އެކަންކަން ކުރިއަށްދަނީ ރަނގަޅަށްތޯ ބެއްލެވޭނެ. ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާނީ އޮފިޝަލުންގެ ކުރިމަތީގައި. އަދި ނަތީޖާ ހުންނާނެ އިއުލާނުކޮށްފައި އެތަނުގައި ހިއްޕާފައި. އެ އިއުލާނާއި އީސީއިން ނެރޭ ނަތީޖާއާއި ތަފާތުވާ ނަމަ އޭގެ މާނައަކީ ގޯސްހަދާފައިވާ ކަމަށް. ނަތީޖާ އެއްގޮތް ވާންޖެހޭނެ. ފަހަރެއްގެ އެއްކުރުމުގައި ކުށެއް ދިމާވެދާނެ 10 ވަރަކަށް މިސްޓޭކެއް. އިއުލާނުގައި އެއްވަނައަށް އޮންނަ ކެންޑީޑޭޓެއްގެ ވާހަކަ ނޫން އެހެން ކެންޑިޑޭޓަކު މޮޅުވިކަމަށް އިއުލާނުކޮށްފިއްޔާ އެ އޮތީ ގޯސް ހަދާފައި." ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް އީސީއިން އެކި ގައުމުތަކުގެ ސަފީރުންނާއި އެކު މުއައްސަސާތަކާއި ބައްދަލުކުރަމުންދާތީ ބައެއް ފަރާތްތަކުން އިންތިހާބުގައި ބޭރުގެ ނުފޫޒު އޮންނާނެ ކަމަށް ދަނީ ތުހުމަތުކުރަމުންނެވެ.

އެ ތުހުމަތުތަކަށް ފުއާދު ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގައި ނުފޫޒެއް އީސީއަށް އަދި ރިޔާސީ އިންތިހާބަށް ނޯންނާނެ ކަމަށެވެ.

އީސީއިން މިހާރު ގެންދަނީ ހުރިހާ ޖަމިއްޔާތަކާއި އެކި ބޭފުޅުންނާއި ބައްދަލުކުރައްވަމުންނެވެ. އެއީ އިންތިހާބުގެ ހާމަކަން ދުނިޔޭގެ ގައުމުތަކަށް އަންގައިދިނުމަށް ކަމަށް ފުއާދު ވިދާޅުވިއެވެ.

މި އިންތިހާބަކީ މުޅި ދުނިޔެއަށް ހުޅުވާލެވޭ އިންތިހާބެއް ކަމަށާއި ސިއްރު ސިއްރުން ހުރިހާ ކަމެއް ނިންމައި އީސީއިން ބޭނުންވި ކެންޑިޑޭޓެއް ހޮވީކަމަށް ބުނުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ދޭކަށް ބޭނުންނުވާ ކަމަށް ފުއާދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ލޮލް

    އެހެންވިއްޔާ އިބުރާހިމު އިންތިޚާބުން ބަލިވާނެ. ރައްޔިތުން އުފާކުރޭ.

    24
    1
  2. މޮހޮރު

    ހަބަރުގަ ޖަހާފަ ތިއިން ފޮޓޯއިން ވެސް ތިކަން ވަރައްސާފު މިޤައުމުގައި ހުންނަނީ ތިޔަ އެމްބަސީ އެކަނި ތޯއްޗެ ފުވާދޫ ކަލޭ އިސްތިއުފާދީ ކަލޭތިދައްކާ ވާކަހަ ގަބޫލެއް ނުކުރަން ތިޔަ އިންތިހާބު ބޮއިކޮޓްކުރަން ފެންނަނީ

    28
    1
  3. ދޮންތު

    ފޮޓޯއިން އެފެންނަނީ ރަނގަޅައް ބަޔެއްގެ ވިސްނުން ދިވެހިންގެ ލުން

  4. އާދަނު

    އެހެންވެތަ ސްޓެލްކޯތެރޭގައި ސިސްޓަމް ބަހައްޓައިގެން އެ ރެޑީވަނީ؟

    12
  5. ސަނާ

    މަކަރާއި ޙިލަތް ނުހަދާ ޞައްޙަ ތެދުވެރިވޯޓެއް ނަގައިފިނަމަ އިބްރާހިބް ޞާލިޙަށް 20 ޕަސެންޓް ހަމައެއްނުވާނެ!

    12
  6. އިކުރާމު

    ނުޕޫޒު ކުރިމަތީގަ ފެންނަން ހުއްޓާ އެބަބުނޭ ކައިރީގަ ނުފޫޒެެއްނެތޭ

    11
  7. ލަގން

    އެއްވެސް އިތުބާރެއް އިލެކުސަން ކޮމިސަން ނަކައް ކޯޓުތަކަކައް ނެތް

    12
  8. ނަން

    އިންޑިޔާގެ ފިޔަވާ ޖެހިނަމަ ފުރިހަމަ ވީސް..

    11
  9. ހުސޭނުބޭ

    އިންޑިޔާއިން ބުނާ ގޮތަކަށް ބޭއްވީމާ އެއޮތީ ފުއާދު އެބުނާ ނުފޫޒުން އެއްކިބާވެގެން އިންތިޚާބު ބޭއްވިފައި.

    13
  10. ޖޮނީ ޑެޕްތު

    ނުފޫޒެއް ނެތްކަމެއް ނޭގެ! އިންތިޚާބު ބާއްވާ ވާހަކަ އިވުނީމާ އިންޑިޔާގެ ސަފީރު ތަންމަތިބޮނޑި ހިފައިގެން އައިސް މިހާރު އޮތީ އީސީ ތެރޭގަޔޯ! އެއީ ތެދެއްތަ؟

    15
  11. ވެކާ

    ކުރިމައްޗައް ބެލިޔަކަސް ނުފޫޒެއް ނުފންނާނެ ވާއަތް ފަޅިއައް އެނބުރި ބަލާލަބަލަ ނުފޫޒުފެންނާނެ

  12. އިކުރާމު

    ކާކުގެ ވިސްނުމެއް ކާކުގެ ވޯޓޭއް

  13. އަހްމަދު

    ފޮޓޯއިން ފެންނަފެނުމަށް ހީވަނީ އެމީހުންގެ ނުފޫޒު ނެތި ނުދާނެ ހެން!

  14. ހިޔަޅު

    ބޭރު ގައުމެއްގެ ނުފޫޒެއް ނޯންނާނެ. އުނދުޅި ބާނާނީ. މިހާރުވެސް އިންޑިއާ އޮތީ އުނދުޅި ބާނާފާ. ރާޢްޖޭގައި އެބަތިބި އިންޑިއާ ނޫން އެހެން ގައުމުތަކުގެ ސަފީރުންވެސް. އެމީހުން އިލެކްޝަން ކޮމިޝަނަކަށް ފުއާދާ ބައްދަލު ކުރާކަށްނުދޭ. ފުއާދުބޭމެން ދައްކާ ވާހަކަ މިހާރު ދިވެހިން ގަބޫލެއް ނުކުރާނެ. މިޚަބަރު ތަކުގައި ހުންނަ ކޮމެންޓް ތައް ފުއާދުބޭ ކިޔާލުން ވަރަށް މުހިންމު.

    6
    1
  15. އަހްމަދު

    ތަސްވީރު ބަލާލާނީ ތަސްވީރު ބުނާހެންނޭ.

  16. ކޮއްޔާ

    އިންޑިޔާ އިން އަތްބާނައިން އައި ވެރިކަމެއްމީ // ވޯޓް އޮތީ ނަމެއްގަ //

  17. ހަސަން ކުރުސީ

    ތިފޮޓޯއަށްބަލާލީމަވެސް އެނގޭ އެއްވެސް ގައުމެއްގެ ނުފޫޒު ނޯންނާނެކަން. އޮންނާނީހަމައެކަނި އިންޑިޔާގެ ނުފޫޒު