މި ސަރުކާރުގެ އަމިއްލަ އެޖެންޑާތައް ފެތުރުމަށް ދައުލަތުން މީޑިއާތަކަށް މިލިއަނުން ހަރަދު ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އީވާ އެހެން ވިދާޅުވެފައިވަނީ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ ރޭންކިންގައި 15 ދަރަޖަ ފަހަތަށް ރާއްޖެ ވެއްޓިފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އީވާ ވިދާޅުވީ ސަރުކާރުން ނޫސްތަކަށް ސްޕޮންސާ ދީގެން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.

"ސަރުކާރުގެ ތެރެއިން ފެނިގެންދަނީ ވަކި ހާއްސަ އެޖެންޑާތަކެއް ފެތުރުމުގެ ގޮތުން މިނިސްޓްރީތަކާއި، ކުންފުނިތަކާއި އަދި ރައީސް އޮފީހުން މިލިއަނުން ފައިސާ ހަރަދު ކުރަމުންދާ މަންޒަރު. އެކަމަކީ މީޑިއާތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަމެއް." އީވާ ވިދާޅުވި އެވެ.

ސަރުކާރުގެ ޒިންމާއަކަށް ވާންޖެހޭނީ މީޑިއާތައް ގަނެގެން ސަރުކާރުން ބޭނުންވާހާ ކަމެއް ކުރުމުގެ ބަދަލުގައި މިނިވަން މީޑިއާ އަކަށް ފުރުސަތު ދިނުން ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

(މި ޚަބަރުގައި އީވާގެ ޓްވީޓްގެ ލިންކް ހިމެނިފައި ނުވަނީ އީވާ ޓްވިޓާ އިން "ވަގުތު" ބްލޮކް ކޮށްފައި ވާތީއެވެ.)

ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އަށް ވަނީ 15 ދަރަޖަ ފަހަތަށް ވެއްްޓިފައެވެ.

2019 ވަނަ އަހަރާއި ޖެހެންދެން ރާއްޖެ އޮތީ އެ ލިސްޓްގެ 180 ވަނައިގައެވެ. ނަމަވެސް 2020 އަހަރު ރާއްޖެ 98 ވަނަ އަށް އެރިއެވެ. 2021 ވަނަ އަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ. ނަމަވެސް މި އަހަރު ވަނީ 87 އަށް ވެއްްޓިފައެވެ.

ރާއްޖޭގެެ ނޫސްވެރިކަން މިނިިވަން ކޮއްދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ އަބުރުގެ ގާނޫނު އުވާލާފައެވެ. އަދި ނޫސްވެރިކަމަށް ހުރަސް އަޅާ ފަރާތްތަކަށް ދައުވާ ކޮށް ނޫސްވެެރިންނަށް ލިބިފައިވާ ގެެއްލުންތަކަށް އިންސާފު ހޯދައިދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ ނޫސްވެރިން މަސްދަރު ހާމަކުރުން މަޖުބޫރު ކުރެވޭނެ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލީ

    ފެއިލް ވެފައިވާ ބައެއް އެމް.ޑީ.ޕީ އަކީ.

    10
    1
  2. ފައްޔޫމް

    އީވާ....ކިހިނެއްތޯ މިވަނީ...ތިޔަ ފެކްޝަނުންވެސް އަސްލު ޤަބޫލު ކުރޭ ނަޝީދަކަށް މިހާރު ތާއީދެއް ނެތްކަން...އެއީ އިންތިއަށް ސަޕޯޓް ނެތިގެން އުޅޭ ސަބަބަކީ...ދެން އޮތީ ގިނަ ވާހަކަ ނުދައްކާ ނަން އަނބުރާ ގެންދިއުން...ޕާޓީ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް ވާހަކަ ނުދައްކަވާ..ބައްލަވާ ފައްޔާޒުގެ ޝަޚުޞިއްޔަތު...

    10
    1
  3. ރައްްޔިތެއް

    ނޫސްވެރި ކަމާއި ޚިޔާލްފާޅު ކުރުން ރާއްޖޭގައި ދަނީ ބާރު
    ސްޕީޑުގައި ދަށަށެވެ މާނައަ ކީ ޚޮދުމުޚްތާރު ސިފަތައް
    މިތަނުގައި އާލާވެއްޖެއެވެ

    12
  4. ޕޮގުބާ

    ލަދު ނުގަނެގެން ކޮންމެސް އެއްޗެއް ކިޔަންވާނެ ހަގީގަތް ބަދަލެއް ނުކުރެވޭނެ

    20
  5. ވަހީދު

    ޗޮއިސްއަކަށް އީވާ ހެދުމަށް އަޑިއަޑިން ހިންގަމުންދާ ކެމްޕޭންގައި ވަރަށް ގިނަ ހެޑްލައިންތައް އަދިވެސް އީވާ އަޅާނެ. ރާއްޖޭގައި ޕާޓީއެއްް ހައިޖެކްކޮށް ޑިމޮކްރެޓިކް ނިއްކުރީޖަހާ ވިރާސީ ރަސްކަމެއްް ކުރެވޭތޯ އުޅޭ ބައެއް. ނޫސްވެރިކަމޭ ކިޔާ އަނގަ ހުޅުވާލާއިރު ނޫސްތައް މިއޮންނަނީ ބްލޮކް ކޮށްލާފައި. މިނިވަން އިސްލާމްދީނަށް ހަޖޫޖެހި ނޫސްވެރިއެއް އީވާގެ ޕްރޮފައިލްގައި އިނުމުން ނޫސްވެރިކަން އެއޮތީ ހިތުން ނަގާ އާހްގައި

    10
  6. އިދިކޮޅު

    އިދިކޮޅުން އެހެންގޮވާތާ ކޮންދުވަހެއް، މިހާރު އެމްޑީޕީ މީހުންވެސް އެހެންގޮވަންފެށީ. އެތެރޭގެ އިންތިހާބު ނިމޭއިރަށްބުނާނެ އެހެންބުނި އެއްޗެއްނޫނޭ. ފައްޔާޒު ހޮވުނީމަ ތިބޭނީ ސައިޒްވެފަ

    • ކޮޅުކޮޅު

      އިދިކޮޅޭ؟؟ އެމީހުންގެ ވެރިކަމުގެ ހާލަކީ ކޮބާ؟؟ އިނގެރޭސިވިލާތުގެ ބަޔަކަށްވެސް ލާރި ދިން ސަރުކާރުގެ މޫނުމަތި ރީތިކުރަން.. މޮޅު ވާހަކަ ކޮންމެ ބަޔަކުވެސް ދައްކަނީ ކުރަނީ އެއްކަމެއް..

      3
      5
      • އިދިކޮޅު

        ސަރުކާރުގަ ތިބެގެން އަމިއްލައަށް އެހެން ނުގޮވާކުރިއަކުން.

  7. ޒައިކް

    ތީ އިއްޔަ އަކު މިއަދަކު ކުރާކަމެއް ނޫން.. އަދި ރާއްޖޭގަ އެކަނި ކުރާކަމެއްވެސް ނޫން.. މަޢުމޫނު ޒަމާނުގަ ނޫސްތަކަށްއޮންނާނެ ބަޖެޓުން ވަކިބައެއް.. އޭގެ ފަހުން ނަޝީދު ެސް އެހެންނަމެއްގަ ނޫސްތަކަށް ފަންޑުކުރި.. މިހާރު އެކަންކުރަނީ ރައީސް އޮފީހުގެ ބަޖެޓުގަވެސް ހިމަނައިގެން.. އެއީ ސިއްރުންކުރާކަމެއްވެސް ނޫން.. ނޫސްތަކެއް މީޑިއާއެއް ނުޖިނގާނެ ސަރުކާރުގެ އިންސެންޓިވްއެއް ނުލިބިއެއް.. އެހެނެއްކަމަކު ސަރުކާރު ޕުރަމޯޓްކުރާކަށް އެއްބަސްވުމެއް ހަދާ ޝަރުތުކޮށްފައެއް ނޯވޭ ފައިސާ ދޭއިރަކުވެސް. ނޫސްތަކުން ފަތުރަނީ އެބަޔަކަށް ފެންނަ އެއްޗެއް.. މިނިވަން ހިޔާލު ވަގުތު އެއީ އޭހެ މިސާލެއް.. އީވާ ދެން ކަޑަނުވޭ ނަޝީދަކަށް ނެތޭ ތާއީދެއް މިހާރަކު.. ގަދަ ދެއްކީމަ ދާނީ ހުޅުނބު އިތުރަށް ފަލީހަތްވެ ތާއީދު ކުޑަވެފަ އޮތް މިންވަރު ހާމަވާނީ.. ދެންވެސް ހިމޭނުންހުރޭ!!

  8. އަޙްމަދު

    އައްޗީޑީ!

  9. ހަސަނާނަ

    މިއީ ކަލޭނޭގެ ސަރުކާރެކޭ

  10. ކޮރަލް

    މަޖްލީހުގަ 80 ހާހުން ފައިސާ ނަގާތާ 15 އަހަރު ވަނީ އެވެ. ގަލޮޅު ކަންމަތީ މީހުންނަށް ކޮންމެ ފަހަރަކުވެސް ބޮނޑި ބަތް ކާން ދެނީ އެވެ. ދެން ގޭގެ އަށް ފަހަރު ވަންނަނީ އެވެ. ދެން ފުޓްސަލް ދަނޑެއްހަދަން ބިމެއް ދައްކާ ލަނީ އެވެ. މިއީ ވ ފޭކް އަންހެނެކެވެ. މީނަ ނޫން އެހެން މީހަކު މަޖްލީހަށް ނިކުންނަން އެބަ ޖެހެ އެވެ.

    13
  11. ގައްދޫ ރާޣިބް

    އަތަށް ގޮވައިފި. ސަރުކާރުގެ ފީކަޅާ ވާހަކަ އީވާމެން ދެއްކީމަ ހަޱިއޭ. އަލިޔާ ދޮންކަލޯ އަމީރުމެން ކިހިނެއް މިހަދަނީ؟

  12. Anonymous

    ދެން އީވާމެން ސަރުކާރު ވައްޓާލާފަ މީޑިއާއަށް ޚަރަދުނުކުރާ ސަރުކާރެއް ގެންނަންވީނޫންތަ؟ އީވާމެންނަކީ ސަރުކާރު ވައްޓާލަން މޮޅު ބަޔެއްކަން އީވާމެން ވަނީ ސާބިތުކޮށްދީފަ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލީވެސް އީވާމެން. އޭގެ ކުރިން މައުމޫނުގެ ސަރުކާރު ވައްޓާލީވެސް އީވާމެން. އެއަށްފަހު ޔާމީނުގެ ސަރުކާރު ވައްޓާލީވެސް އީވާމެން. ތިތިބީ ސަރުކާރު ވައްޓާލުމުގެ ރޮނގުން އެންމެ މަތީ ވަނަ ހޯދައިގެން.

    10