ހދ. އަތޮޅުގައި އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް (އާރްޓީއެލް) ގެ ހިދުމަތް އިއްޔެ އެކަނިވެސް 234 މީހަކު ހޯދާފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

އެ ފެރީގެ ހިދުމަތް މި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ހިލޭ ދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ފެރީގެ ހިދުމަތް ފެށީ މީގެ ދެ ދުވަސް ކުރިންނެވެ.

އެގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލްތައް މެދުވެރިކޮށް ސީޓް ރިޒަވޭޝަން ހެއްދުމަށް ފަހުއެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހދ.ގައި ކުރިއަށްގެންދާ ދަތުރުތައް ޝެޑިއުލްއާ އެއްގޮތަށް ދަނީ ކުރިއަށެވެ. އަދި އިއްޔެ ފަސް ރޫޓަކުން 234 މީހުން ދަތުރުކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީތަކުގައި ދަތުރުކުރެވޭނީ ފައިސާ ދައްކައިގެން ޓިކެޓް ނެގުމަށްފަހުއެވެ. އާރްޓީއެލް ޓްރެވެލް އެޕް އަދި އާރްޓީއެލް ވެބް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޓިކެޓް ނެގޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައްޕި

    މި ވަރަށް ރަނގަޅު ހިދުމަތެއް، ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ ކަމުގައި ދެކެން

    1
    2
  2. ސަންފަ

    ތިޔަ ފެރީގެ ސްޕީޑް ބުބެދީފަކާ ނެތެއްނު
    އާދައިގެ މިތައްގަޑި އިރުން ދެވޭ ތާކަށްް ތިޔަ ފެރީގަ ދެވެނީ މިހާ އިރުން ކަން ބުގެދިން ނަމަތާ

    13
    2
    • Anonymous

      ޓެސްޓަށް ދުއްވާއިރު ދުއްވެން އޮންނަ އެންމެބާރަކަށް ނުދުއްވާނެކަން ތިބާއަށްވެސް އެގެންވާނެ. އަނެއްކާ މިވަގުތު ހިލޭވިއްޔާ! މަޑުންކީއްކުރަން ހުއްޓަހުއްޓާފަ ދުއްވިޔަސް ކީއްދޯ!

      2
      1