ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޓުވިޓާ ބޭނުން ކުރައްވަން ފެއްޓެވިތާ 24 ގަޑިއިރު ނުވަނީސް، އެމަނިކުފާނުގެ ފޮލޯވަރުންގެ އަދަދު 4،500 އަށް އަރައިފިއެވެ.

ޔާމީން ޓުވިޓާ ބޭނުން ކުރައްވަން ފެއްޓެވި ފަހުން މިހާތަނަށް 4،577 ފޮލޯވަރުން އެބަތިބިއެވެ. އެކަމަކު، އެމަނިކުފާނު ފޮލޯކުރައްވަނީ އެންމެ ޓުވިޓާ އެކައުންޓަކަށެވެ. އެއީ ޕީޕީއެމްގެ ރަސްމީ އެކައުންޓަށެވެ.

ރޭގައި އެމަނިކުފާނު ކުރެއްވި ފުރަތަމަ ޓުވީޓުގައި ލިޔުއްވާފައި ވަނީ بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ އެވެ. އަދި އޭގެ ފަހުން 19:19 ގައި ގައުމީ ދިދަ ހިއްސާ ކުރެއްވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ، ދިވެއްސަކަށް ވީތީ ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.

މީގެކުރިން ވެސް ޔާމީންގެ ނަމުގައި ޓުވިޓާގައި އެކައުންޓް ހަދާފައިވެއެވެ. އެކަމަކު، ޕީޕީއެމުން ބުނެފައި ވަނީ ޔާމީން އެއްވެސް އިރެއްގައި މީސް މީޑީއާ ބޭނުން ނުކުރައްވާ ކަމަށެވެ.

މިފަހަރު ޓުވިޓާ އެކައުންޓް ޔާމީން ބޭނުން ކުރައްވަން ފެއްޓެވި ހާއްސަ ސަބަބެއް އަދި ނެތެވެ. ޔާމީން ކުރެއްވި ދެ ޓުވީޓާއެކުގައި ގިނަ ބަޔަކު އަންނަނީ ޔާމީނަށް މަރުހަބާ ދަންނަވަމުންނެވެ. އޭގެތެރޭގައި ޕީޕީއެމް/ޕީއެންސީގެ އަރިސް ބޭފުޅުންނާއި އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޔާމީން، ފިޔަވައި މިވަގުތު ރާއްޖޭގައި މަސައްކަތް ކުރައްވަމުން އަންނަ ހުރިހާ ސިޔާސީ ލީޑަރުންހެން ޓުވިޓާގައި އުޅުއްވައެވެ. ޔާމީނަކީ އެންމެ ފަހުން ޓްވީޓާ ބޭނުންކުރައްވަން ފެއްޓެވި ސިޔާސީ ލީޑަރެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޮކި

    ވަގެއްކަމަށް ފަހުރުވެރިވެ ވަޑައިގަންނަވަން ތޯ ؟

    4
    25
  2. Anonymous

    އަބޫޖަހުލު ނޫނީ ފިރުޢައުނު ޓުވިޓަރ އެކައުންޓެއް ހުޅުވައިފިއްޔާ މިލިއަނުން ފޮލޯވާޒް ތިބޭނެ

    4
    22
  3. ނަން

    މީހުން ހޯދަން އިޝްތިހާރު ކުރަނީތަ. ކިތަށް ކަޅު ކޮތަޅު ވައްޓާލީ..

    4
    22
  4. fuppi kukulhu

    ހަމަ ޕޕމ އިންގްލިސް ދޯ...ކެކެކެ

    3
    12
  5. އައްޒާމު ހައްގު

    ހުދުމުހުތާރު އަނިޔާވެރި ވެރިން ޓްވިޓަ ބޭނުންކުރަނީ ވެރިކަންނިމި ހުރިހާއެއްޗެއް ގެއްލޭފަހުން.

    3
    17
  6. ފަހަލަބައިން

    ކިތަށް މިލިއަނަށް އަރުވާލާނެބާ ބަލަން މިތިބީ

    3
    13
  7. ނިހާން

    ތީކީ ގިނަ އަދަދެއް ނޫން.

    1
    14
  8. ދަލޭކަ

    4500 ވެއްޖެނަމަ ޖެހޭނެ ހިނައިގަންނަން

    1
    12
  9. ނުނން

    ގޭގެ ކުަޑަދޮރުން ބޯ ދިއްކޮށްގެން 4500 ފްލޯވަރުން ހަމަވީ.،...

  10. ގަމާރު

    ސީނު ޝީނު ވަކިކުރަން ނޭނގުނަސް އެހެން މީހުނަށް ހަޖޫ ޖެހޭތޯ ބަލާތި..!

  11. މަޒް

    ފޮލޯ ކުރާނެ މީހުން ނުވެގެން އިސްތިހާރު ކުރަނޯ ދޯ..