ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އިންޒާރު ދިން މީހާގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އެއްވެސް ޖަވާބެއް ނުދޭތީ އިދިކޮޅު ޕީޕީއެމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕިއެމްއިން ބުނީ ޔާމީނަށް އިންޒާރު ދިން މައްސަލަ ބަލާކަމެއް ނުބަލާކަމެއް ވެސް ނޭނގޭ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ.

ރައީސް ޔާމީން ސައިޒު ކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ މެމްބަރު ހުސެއިން ސައީދުއެވެ.

ޕީޕީއެމްއިން ބުނީ ސައީދު ފުރުވާލިކަން އެނގިފައި ނުވާ ކަމަށާއި ރައީސް ޔާމިންއަށް އިންޒާރު ދިނީ އިންޑިއާ ހައި ކޮމިޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި މި ސަރުކާރަށް ވާގިވެރިވާ ފަރާތްތަށް ފަހަތުގައި ތިބެގެން ކަމަށްވާތީ އެންމެން ގުޅިގެން އޭނާ ފުރުވާލުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްްގެ ގޮތުގައި އަވަހަށް ބަލައި އަދި މިފަދަ އިންޒާރުގެ މައްސަލަތަކާ ގުޅިގެން ހަމަހަމަ ކަން އިސް ކުރުމަށް ޕީޕީއެމްއިން ގޮވާލިއެވެ.

ރައީސް ޔާމީން ހުއްޓުވަން ކަމަށް ބުނެ ޒުވާނުންތަކެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ހ. ދޫވެހި ކައިރި އަށް ވެސް މިިދިޔަ އަންގާރަ ދުވަހު އެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    ހޯމް މިނިސްޓަރ އަޑީގައި ހުރެގެން ކުރި ކަމެއްވީމާ ކިހިނެއް ޖަވާބުދާރީވާނީ!

    32
    1
  2. މާމި

    ހުރިހާ އެއްމެން ބައިވެރި ވެގެން ކުރާ ކަމެއްވީމަކަ އަޅައެއް ނުލާނެ އިންޒާރު ދިނަސް ނިކަން އުޅެބަލަ އަހަރެމެން ވެސް އެބަ ތިބީމު

    31
  3. އައްދު

    ރައީސް ޔާމީނަށް ދިނީ ކޮން އިންޒާރެއްބާ ؟

  4. ހަސަނާ

    އޭނަ ފުރުވީ އިންޑިއާ އެމްބަސީ އިން.އެމްޑީއެން މީހުން ވެސް ފުރުވީ އެމްސީ ހަމީދު .އެމްސީ އާއި ޤާނޫނު އަރާ ހަމަވާކަށް ދެން މާކަށް ގިނަ ދުވެހެއް ނެތް އިން ޟާ ﷲ

  5. ޢަހު

    މީނާ ސައިޒު ކުރާނީ އަހަރެމެން މަޑުކޮއްލާ

  6. އިސްމާޢީލް

    މީ ވަރަށް ފނޑި ސޮރަކާ ވައްތަރީ އެކަމް ބްރޯމެން އަދި މުޅިސަރުކާރުގެ އެއްބާރުލުމާއެކު ކިތެއްމެ ބޮޑު ފޮނޑ އަކަށްވސް މިވަރުކަމެއް ކޮއްލެވިދާނެ. ނިވޮތާކަށް އންޑިއާ އެމްބަސީގެވެސް އެއްބާރުލުމާއެކު. އިންޑިއާ މިލިޓރީ އައުޓް ކުރާނަން. ވާނެ ދައްކާނަށް - އިންޝާ ﷲ

  7. ހެހެ

    މީހުންގެ އަމަޔަށް ގޮވާ ޖަލަށް ލާން ގޮވާ މީހުންގެ ފެންވަ ރު މީ. މި ސޮ ރު ވަ ރަށް މޮޅުވާނެ ޓުވީޓް ކު ރަން. ދޮގު ހަދާލާ އި ރުގަ ހީވެސް ނުވާނެ

  8. އިންޑިއާ އައުޓް

    ޝެއިހުގެ އިންސާފު، ބެނާއެއް ހަރުކުރާއިރު ޕޮލިސްފޯސް އެއް ފޮނުވައިގެން އެބަނަގުވާ، މިގައުމުގެ ރައީސްކަންކޮށްފަވާ މީހަކަށް އިންޒާރު ދީހަދާއިރު ޕޮލިސްނިދާފަ، ޝެއިހުގަވެސް ހުރީ ސަދޫމުގެ އިންސާފް!

  9. ސެތަސިސް

    ސައިޒުކޮށްލާނަމޭ ބުނުމަކީ އިންޒާރެއް ނޫން އަސްލުވެސް ޔާމީނު އުޅެނީ ސައިޒު އޮޅިގެން