ލޯބިވާ މީހެއް ކައިރިން އިންނަން އެހުމަކީވެސް ބިރުވެރި ކަމެކެވެ. ނޫނެކޭ ބުނެފާނެ ކަމުގެ ބިރުވެސް އޮތުމުންނެވެ. މިއީވެސް އެފަދަ ހާދިސާއެކެވެ.

މިއީ ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި ހުންނަ މެކްޑޮނަލްޑްސް ސޭންޑްޓަން ބްރާންޗުގައި ދިގު ކިޔޫއެއްގައި މަޑުކޮށްލައިގެން ހުރި އަންހެނަކަށް ޕްރޮޕޯސްކުރި ފިރިހެނަކަށް ދިމާވި ހިތްދަތި ހާދިސާއެވެ.

މިހާރު މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަނީ އަންހެން މީހާ އޯޑަރު ދޭން މަޑުކޮށްގެން ހުރިއިރު، ފިރިހެނަކު އަގޮޓި އޮތް ކުޑަ ފޮއްޓެއް ހިފަހައްޓައިގެން ހުރެ އެއް ކަކޫ މައްޗަށް ތިރިވާ ތަނެވެ. އެ އަންހެން މީހާ މެކްޑޮނަލްޑްގެ މުވައްޒަފަށް ބެލުމަށްފަހު، އޭނާ ކައިރިން އިންނަން އެހި މީހާއާ ދިމާލަށް ބަލާފައި ބޮލުން ނޫނެކޭ ބުނެއެވެ.

https://twitter.com/Madame_Fossette/status/1519403493894852610?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1519403493894852610%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatimes.com%2Ftrending%2Fwtf%2Fman-proposes-to-girl-at-mcdonalds-gets-rejected-568594.html

އެމީހުންނާއި ވަށައިގެން ތިބި މީހުން އަންހެން މީހާއަށް ހިތްވަރު ދީ ހަޅޭއްލަވައި ގަތީ "ޔެސް" އޭ ބުނުމަށެވެ. ނަމަވެސް އެ އަންހެން މީހާ މި ހުށަހެޅުން ގަބޫލުކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އޭނާ އެ އެންމެން ކުރިމަތީގައި ލަދުގަންނަވާލިއެވެ.

އަދި ފަހުން އެ އަންހެން މީހާ އެތަނުން ނުކުމެގެން ދާ ތަން ފެނިގެން ދެއެވެ.

ގިނަބަޔަކު ބުނަނީ އާއްމު ތަނެއްގައި ލޯބިވާ މީހެއް ކައިރިން އިންނަން އެހުމަކީ ބޮޑު ބިރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޮލާ

    މީހުންގެ ޕްރެޝަރަށް އާއެކޭ ބުނާކަށް ނުޖެހޭ. ބުރާންތި ވެފަ ހުރީމަ އެންމެން ތެރޭ އަހާނީވެސް

    1
    1
  2. ބޯހަލާުކު

    މީ ހާދަ މުހިއްމު ޚަބަރެކޭ... ޟިވާހަކ ކިތައް ޤައުމުގެ ނޫސްތަކުގެ ފަލަސުރުޚީއަަށް އެރިބާ..

  3. Anonymous

    ތިޔައީ ޖެއްސި ސްޓަންޓެއް.

  4. ޖަމާލު

    އެއީ އަންހެނަކާ ފިރިހެނެއްތަ؟ އެއީ ދެ ފިރިހެނުން ތަ؟