ށ. ފޯކައިދޫ އިން މާލެއަށް 130 މީހުންނާއެކު ދަތުރު ކުރި ބޯޓެއް ފަރަށް އަރައިފިއެވެ.

ފުލުހުން ވިދާޅުވީ، އެ ބޯޓުގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭހެން 130 މީހުން ތިބި ކަމަށެވެ.

އެމްއެންޑީއެފް ވިދާޅުވިގޮތުގައި، އެ ބޯޓު އަރާފައި ވަނީ ޅ. ގާއެރިފަޅު ފަރަށެވެ. އެ ބޯޓު ފަރަށް އަރާފައިވާކަމުގެ މައުލޫމާތު ލިބުނީ މިރޭ 8:30 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިހާރު ފުލުހުންނާއި ސިފައިންވެސް ދަނީ އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ފަރަށް އަރާފައި ވަނީ "ފުރާގު 2" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

ގިނަ އަދަދެއްގެ މީހުން ތިބި ބޯޓެއް ފަރަށް އެރިއިރު މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑު ވަރަށް ގަދައެވެ. ކަނޑު ގަދަވުމުގެ ސަބަބުން ބައެއް ލޯންޗް ފެރީތައް ވެސް އަންނަނީ ކެންސަލް ކުރަމުންނެވެ. ކަނޑު ގަދަވެ، ކަނޑު ދަތުރުތަކަށް ބުރޫ އަރާފައި މިވަނީ މިއަހަރުގެ ފިތުރު ޢީދަށް ގިނަ ބަޔަކު މާލެ އިން އަތޮޅުތަކަށް ގޮސްފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މީ މުންކޮ

    ބޯޓުގައި ތިބި އެންމެނަށް ސަލާމަތާ ރައްކާތެރިކަން ދެއްވާށި އާމީން.....

    90
  2. ޕޮގުބާ

    ހޯދި ގޮތަލަށް ނެތިދާނެ

    • ފާއިޒު

      ފުރާގު2 ބޯޓުގެވެރިޔާ އެ ބޯޓު ހޯދީ ފަރަކުންތަ؟

      2
      2
  3. މިިޒު

    މި ހާރު ބޯޓުގަ ތިބި ހުރިހާ މީހުން ނައިފަރު ރައްޔިތުން އަައިސް ގޭގެ އައް ގެން ގޮސް އެހީތެރި ކަން ދެމުން ގެންދަނީ އިންޝާ ﷲ..ނައިފަރަކީ ހިތްހެޔޮ ރައްޔިތުން އުޅޭ ރަށެއް

    20
  4. ޕޮގުބާ

    ނުޖެހޭނެ އަބަދު ހަމާގަ ހުންނާކަށް

    4
    1
  5. ދަނަނުދަނަ

    ތިޔަވާހަކަ ތެދައްކިޔާދީ ބަލަ ކަމެއްވާއިރަށް ފުލުހުން އެމްއެންޑީއެފް އޭމިވިދާޅުވަނީ ކޮބާތޯއެކަމުގަހަރަކާޔްތެރިވި އާމުފަރުދުން ކޮބާތޯއެކަމުގަ ބޯޓުކަފުޖަހާދިން މަސްވެރިން ހަމަކަމެއްވާއިރައް ފުލުހުންނޭ އެމްއެންޑީއެފް އޭ މިކިޔަނީ