ސްރީލަންކާއިން އުމުރުން ދުވަސްވީ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 62 އަހަރުގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ ނިމިދިޔަ އީދު ދުވަހުގެ ހެނދުނު ދެހިވަލާ މިސްކިތް ކައިރިއަށް ދިއުމަށްފަހު ހަބަރެއް ވެފައި ނުވާތީއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، އުމުރުން ދުވަސްވީ މީހަކު ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި އެކީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އާއިލާއަށް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އަދި މި މައްސަލަ އާއިލާގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންތިރި

    ލަންކާ ރައީސް އާ ހާދަވައްތަރޭ.

  2. ގަލަން ތުނޑު

    އަދި ތަންކޮޅެއް އަވަސްކަންނޭނގެ ދޯ ހޯދަން