ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޯގްރެފިކް ސާވޭއަށް އިންޑިއާ ސިފައިން 5 އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން އެހެން ބުނީ އިންޑިއާގެ ބައެއް އުޅަނދުތައް ކަނޑުގެ ސަރަހައްދުން ފެންނަމުންދާތީ އެކަމާއި ގުޅިގެން ގިނަ ބައެއްގެ ސުވާލުތައް އަމާޒު ވެފައިވާ ދަޑިވަޅެއްގަ އެވެ.

އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ނިޔަމި ކަމުގައި ބޭނުންކުރާ ޗާޓްތައް އިސްލާހު ކުރުމަށްޓަކައި ޑިފެންސް މިނިސްޓްރީ އާއި އިންޑިއާގެ ނޭވީ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގައި އިންޑިއާގެ ފަސް އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެއީ މަނަވަރަކާއި ހަތަރު ބޯޓް ކަމަށާއި ބޯޓްތަކަކީ ސައިޒުން ކުޑަ ބޯޓްތަކެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އަދިނއެ ބޯޓްތައް ހަރަކާތްތެރިވަނީ މާލެ އަތޮޅާއި ހދ އަދި ށ އަތޮޅުގައި ކަމަށާއި އެ މަސައްކަތް ކުރިއަށް ދަނީ އެމްއެންޑީއެފްގެ ސިފައިންނާއި އެކުގަ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ ނޭވީ ޝިޕެއް ރާއްޖެ އައިސްފައިވާ ކަމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.

އޭޕްރީލް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސާވޭގައި ހދ އަތޮޅުން ފެށިގެން ނ އަތޮޅަށް ސާވޭ ކުރާނެ އެވެ.

ހައިޑްރޮގްރެފިކް ސާވޭއަކީ 2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ސާވޭ އެކެވެ.

އެ ސާވޭގެ ދަށުން ރާއްޖޭގައި ނިޔަމިކަމަށް ބޭނުންކުރަމުން އަންނަ ކަރުދާސް ޗާޓާއި، ޖީޕީއެސް އަދި އެކްޑިސްގައި ބޭނުންކުރެވޭ އިލެކްޓްރޯނިކް ޗާޓުތައް އަޕްޑޭޓްކުރުމާއި، އެންކަރޭޖް އަދި އެޕްރޯޗް ޗާޓް ހަދާނެ އެވެ.

އެ މަސައްކަތުގެ ސަބަބުން އިންޝުއަރެންސް ކްލެއިމްތައް ލީގަލައިޒްކުރުމަށާއި، އިގްތިސޯދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބިގެންދާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކުރުމަށް ބޭނުންވާނެ މައުލޫމާތާއި ކޯސްޓަލް
ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާނެ މައުލޫމާތު ލިބިގެންދާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ސާވޭގެ ތެރެއިން، 2021 ވަނަ އަހަރު ވެސް ހދ. އަތޮޅުން ފެށިގެން ނ. އަތޮޅާއި ހަމައަށް ވަނީ ސާވޭ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އިންޑިއާއިން މިއޮތީ ރާއްޖެއަށް ވަރުގަދަ ލޮޓިއެއްދީފަ، ދެން ދުވަހަކުވެސް މިކަމުން ސަލާމަތް ނުވެވޭނެ.

    41
    1
  2. ާހައްގުބަސް

    ގައުމުގެ މިނިވަންކަން ގެއްލުވާލި ހާއިނުންނަށް ފިޔަވަޅު އަޅަން ރައްޔިތުން ނިކުންނަނުވޭތޯ އަދިވެސް، މިގައުމުގެ ޗާޓް ނަގައިގެން އޭގެއިން ބޮޑުފައިދާއެއް ނަގަމުން އެހަރަދަނީ ބުޅާ،

    4
    1
  3. އަލިބެ

    ކަނޑައެޅިގެން ދޮގު ދިވެހި ސިފައިންގެ މީހަކު އޭގެން އެއްޗަކު ނެތް

  4. ރާއްޖެތެރެ

    2007 ކޭ ނުބުނޭ އެމްޑީޕީ ވެރިކަމައް އަރާފަ އިންޑިޔާއަ މަގުފަހި ކޮއްދިނީ.

  5. ބޯދިގުޒައީމް

    ދެންއައުޓް ފެއްނާނީ ކަނޑުގަދުއްވާ އުޅަނދުތަކާ ނެރު ފަރު ގިރި ފިނޮޅުތަކުން ތިވާގޮތުން ތިކުރާ އެއްޗެއްނިމެން ދެން ތިބިނަ ދޯސާ ގެރިރިހަ ލައްޑޫ ކާލަ ކާލާ ސާވޭނިމެންދެން

  6. ވައިކިންގ

    ތިޔައީ ކުރަން ހެޔޮވާވަރުކަމެއް ނޫން. މި ދިވެހިރާއްޖޭގެ ގިރި ފަރު ހުރި ނެތްގޮތް އެމީހުންނަކަށް އެނގޭކަށް ނުޖެހޭނެ. ރާއްޖޭގެ ސަލާމަތަށް ނުރައްކާވެއްޖެ. މިހެން މިވަނީ ނޫނެކޭ ބުނަން ނުކެރޭ ވެރިން ޤައުމުތަކަށް އައްޔަނުކުރީމް.

    11
  7. ތިލަފަތުގެ ރޮދި

    އެބުނާ ޗާޓެއް ހަދައިގެން އެވިއްކާ އެއިން މަންފާ ހޯދާ ހުރިހާ ކަމެއް ކޮށް ނިމިގެން އަދިވެސް ކުރަންޖެހޭ ސާރވޭއެއް އޮވޭތަ؟ ދެން ކުރިން ވިއްކީ ފުރިހަމަ ނުވާ ޗާޓެކޭތަ ތި ބުނަނީ؟

  8. ޭރމ

    ރާއްޖެ މިއީ އިންޑިޔާގެ ސަރަހެއްދެކޭ ހީވާކަަހަލަ

  9. ޑައެލޯގް

    މިސަރުކާރުން ކޮންމެ އެއްޗެކޭ ކިޔަސް މިގައުމު މިހާރުހިންގަނީ އިންޑިޔާ އެންބަސީންނެވެ. އިބޫއަކީ ގައުމެއް ހިންގުމުގެ ގާބިލް މީހެއްނޫނެވެ. އެހެންވެ ވެރިކަންލިބުނީމަ ރާއްޖޭގެ ތަޅުދަނޑިއެވަނީ އިންޑިޔާއަށް ވިއްކާލާފައެވެ. ވީމާ ތަރައްގީއެއްކުރިއަސް އަދި ދަރަންޏެއްނެގިއަސް އެކަމެއްކުރާނީ އިންޑިޔާއެވެ. އިބޫއަށްޖެހޭނީ ސޮއިކުރާށެވެ. މިގޮތަށް ކުޑަކުއްޖަކަށްވެސް ވެރިކަންކުރެވޭނެއެވެ.

  10. ރާއްޖެ

    އިންޑިއާ ސިފައިންގެ މަނަވަރެއް ރާއްޖޭގައި އަބަދުވެސް ދެން އޮންނާނެ. ސިފައިން ވެސް ތިބޭނެ. އެމްޑީޕީގަ ތިބީ ގައްދާރުން.

  11. ޙަފޯ

    ލަދުގަނޭތަ ނިޔަމިކަމުގެ ޗާޓޭ ކިޔައިގެން ދިވެހިންނަށް އޮޅުވާލައިގެން ގައުމަށް ހިޔާނަތްތެރި ވާހަކަ ދައްކާއިރު. މާ ތާހިރުވިސް އިންޑިޔާގެ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އަސްކަރީ ބޭނުމަށް ދިވެހިރާއްޖޭގެ ކަނޑުތަކުގެ އެތެރެވަރީ ޗާޓެއް ކުރަހަނިއްޔޭ ބުނިއްޔާ. ﷲގަންދީ ހުވާކޮށް ތިބެ މި ފަސްގަނޑަށް ތިވާ ހިޔާނާތުގެ ހިތިރަހަ ފެންނާނީ ކިހެނެއް ކަމެއްވެސް ނޭނގޭ. ހިތާމަ ހުރި

  12. ގ

    ބަލަ ތިކަން ނުނިމޭތަ.... މިހާރު ތިޔަ ކަން ނިމި ޗާޓްތައް ވެސް ވިއްކައިފި ކަނޑުދެން ހުރި ތަކެތިވެސް ވިއްކާ ލަނީތަާ އަޅެ މީހަކަު އަޖައިބެއް ނުވާނެތަ

  13. އަހުމަދުު

    ސާވޭ ކުރަނީ މިލިޓަރީ އުޅަދަކުންތޯ؟