މިމަހުގެ 14 ވަނަ ދުވަހު ބޭއްވުނަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް ފައްޔާޒް އިސްމާއިލް ކުރައްވަނީ ފާއިތުވި 17 އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީން ނުކުރާހާ ހުތުރު ކެމްޕޭނެއްކަމަށް އެ އިންތިހާބުގައި ދެން ވާދަކުރާ އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރޭ މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، އެމްޑީޕީއަަށް 17 އަހަރު ފުރެން ދާއިރު މިހާ ހުތުރުކޮށް އެތެރޭގެ ކެމްޕެއިނެއްކޮށްފައި ނުވާކަމަށާއި، އިދިކޮޅު ކެނޑިޑޭޓުގެ ޓްވީޓުތައް ރައީސް އޮފީހުން ކުރާ ހިސާބަށް ހާލަތު ގޮސްފައިވާކަމަށެވެ.

އިންތި ވިދާޅުވީ ވަޒީފާގެ ބިރުވެސް ދައްކަމުން އަންނަ ކަމަށާއި، މިއީ މީގެ ކުރިން އެމްޑީޕީން އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށެވެ. އަދި ވަކި މީހަކަށް ވޯޓު ދީފި ނަމަ ރަށް ފަޅުކުރާނެ ކަމުގެ އިންޒާރުވެސް ދެމުން އަންނަ ކަމަށް އިންތި ވިދާޅުވިއެވެ.

"އެކިއެކި ލޯނުތަކަށް ހުށަހެޅުމަށްފަހު އަނގަ މަޑުންލައިގެން ތިބުމަށް އިންޒާރުދީ އެބަހަދާ. ވަރަށް ހުތުރު ކަންތައްތައް، އަޅުގަނޑުމެންގެ ޕާޓީއާ އެއްގޮތަކަށް ވެސް ގުޅުމެއް ނުވާ ކަންކަން. ވަރަށް ހުތުރު ކެމްޕޭނެއް ކުރަމުން ދަނީ." އިންތި ވިދާޅުވި އެވެ.

އިންތި ވިދާޅުވީ އޭނާގެ ކެމްޕޭން ޓީމުން އެފަދަ ގޮތަކަށް އަމަލު ނުކުރާނެ ކަމަށެވެ.

އިންތި ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޗެއާޕާސަންގެ އިންތިހާބު ﷲގެ ރަހުމަތާއެކު ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމަށެވެ.

އަދި އެމްޑީޕީގެ އަސާސްތަކާ އުސޫލުތަކާ ހަމަތަކުގެ މަތީގައި އެމްޑީޕީ ކާމިޔާބުކަންމަތީ ބާރަށް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ކުރިޔަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންތިގެ ކެމްޕޭން ޓީމުން ވަނީ ކެމްޕޭން ފެށި ހިސާބުން ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރަން ފަށާފައެވެ. ނަމަވެސް އެހުރިހާ ތުހުމަތެއް ފައްޔާޒް ވަނީ ތަކުރާރުކޮށް ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕޮގުބާ

    ދެންކަލޭ ތިކުރަނީ ކޮންކަހަލަ ކެންޕޭނެއް ނުބައި ޖާހިލު ކެމްޕޭނެއް

    8
    1
  2. އިބޫ ފޭން

    މަރަށް ތެޅޭ އިރު ވާނެ ހައެތި ތިޔަ ވަނީ.......އިންތި އަށް ވެސް ކެރަފާ ބާޣީ ނަޝީދު އަށް ވެސް އެނގޭ މިތިބީ ބަލިވެފައިކަން. ރާއްޖެތެރެއިން ކަލޭ ބޮލުގަ ތެއްގޯނި އަޅުވާލާނަން. ލާދީނީ ނަޝީދު ރަގަޅަށް ސައިޒުކުރާނަން. ހަމަބިމަށް ކަނޑާ ވައްޓާލާނަން. ކަލޭގެ ސައިޒަކީ ކުނަމެއްސެއްގެ ސައިޒު.

  3. އިބޫ ފޭން

    ފައްޔަ ބޮޑުތަނުން ނަގާނެ. ކޮންހާ އަނގައެއް އިންތީ.............ކެރަފާ ނަޝީދަކަށް މިހާރު ކުޅެވޭނެ ކާޑެއް ނެތް. ރައީސް ސޯލިހް ލޮނދި ހިކައެއްހެން އިންތިހާބު ދަމާލާނެ.

    7
    1
  4. ޒަބީބު

    އިންތި ތިޔަވިދާޅުވާ "އެމްޑީޕީގެ އަސާސްތަކާ އުސޫލުތަކާ ހަމަތަކުގެ މަތީގައި އެމްޑީޕީ ކާމިޔާބުކަންމަތީ ބާރަށް ކުރިއަށް ގެންދިޔުމުގެ" މާނައަކީ ކެނެރިގޭ ނަޝީދު ވަށައި މާބުރުތަކެއް ހެން އެމބުރުމާއި ނަޝީދު ހިތް އެދޭގޮތަށް އެމްޑީޕީ ނަޝީދުގެ ތަރިކަ މުދަލެއްގެ ގޮތަށް ހަދައިގެން ނަޝީދުގެ އަނގައި ބުނެވޭ ކޮންމެ ބަހަކީ އެމްޑީޕީގެ އަސާސީ ޤަވައިދުކަމަށް ހަދައިގެން އެމްޑީޕީތެރޭގައި އެއްވެސް ލީޑަރަކު އުފެދުނަނުދީ ތާއަބަދަށް ނަޝީދު ނޫންގޮތެއް ނެތްކަމަށް ދެކިގެން އެމްޑީޕީ އޮތުންތޯ؟ އެމްޑީޕީ ތެރޭގައި ދެންތިބި އެތައް ހާސް މެމބަރުންގެ ފުރުސަތު ކޮބައިތޯ؟ ނަޝީދު ހުރިހާ ދުވަހަކު އެހެން އެއްވެސް މެމބަރަކަށް ފުރުސަތު ހަމަ ނެތީތޯ؟ ދެން އިންތިމެން ތިޔަ ދައްކަނީ ކޮން ޑިމޮކްރެސީއެއްގެ ވާހަކަތޯ؟

    ރައީސް ސޯލިހު އެވަނީ އެމްޑީޕީގައި އެތައް ގުނައެއް ކުޅަދާނަ، ހިކްމަތްތެރި އެހެން ލީޑަރުން ތިބިކަމުގެ މިސާލު ދައްކަވައިފައި. އަދި ރައީސް ސޯލިހު އެވަނީ ވެރިކަމަކީ ހަމައެކަނި މާލެއަށް ނިސްބަތްވާ މީހުންނަށް ކުރެވޭ އެއްޗެއް ނޫންކަން ވެސް މިސާލުން ސާބިތު ކޮށްދެއްވާފައި. އަދި ފެހި ޤާނޫން އަސާސީގެ ދަށުން ވެރިކަން ކުރުމަކީ ކޮންމެހެން ޗާޓުން ބޭރުގައި ކުރަން ޖެހޭ ކަމެއް ނޫން ކަމާއި ފެހި ޤާނޫން އަސާސީ އަކީ ވަރަށް ފުރިހަމައެއްޗެއް ކަންވެސް ސާބިތު ކޮށްދެއްވާފއި. އަދި ވެރިމީހާގެ ލީޑާރޝިޕް ހުރެއްޖެއްޔާ ރިޔާސީ ނިޒާމެއްގައިވެސް ކޯލިޝަން ސަރުކާރެއް ހިންގިދާނެ ކަންވެސް އެވަނީ ސާބިތު ކޮށްދެއްވާފައި.

    ވީމާ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވައި ދެވަނަ ދައުރެއް ފުރިހަމަކުރުމަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫން އަސާސީ ފުރިހަމަވެގެން ދިއުން އަދި ރިއްސެޔޮލައި ފައްކާކުރެވިގެން މިދިޔަ ރާއްޖޭގެ ޑިމޮކްރެސީ ދޮންވެ ފައްކާކުރުމަށް މިވަގުތު ރައްޔިތުންނަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅު.

    10
    4
  5. ނާދިރާ

    ތިޔައި 2 ސޮރުވެސް ތީ ހަމަ އެކައްޗެއް. އެމްޑީޕީ ގަ ނުތިބޭނެ ސަހަލު އެކަކުވެސް.

  6. ހައުލަތު

    ގދ. ތިނަދޫގައި އޮތީ އިންތިގެ ތާއީދު ވަޒީފާގެ ބިރުވެސް ދެއްކިއްޖެ ވަޒީފާ ދޭނެކަމަށް ވެސް ވައުދު ވެވިއްޖެ ތިނަދޫއިން ގޯތިދޭނެކަމަށް ވެސް ވައުދު ވެވިއްޖެ މީގެން އެކަށްޗެއްވެސް މަސައްކަޔެއްނުކުރި ޑޯޓުޑޯގައި ނުވަންނަ ގެއެއް ނެތް. %80 މީހުން ބުނަނީ ރައަިސް ނަޥީދުއަށޭ ވޯޓުދޭނީ

  7. ޑައެލޯގް

    ރައްޔިތުންދެކެ ލޯބިނުވާވެރިއަކަށް ކޯލިސަންހިންގަންފަސޭހަވާނެއެވެ. ސަބަބަކީ ކޯލިސަނުގެމެންބަރުންނަކީ ފައިސާއަށް އުޅޭބަޔެކެވެ. ގާސިމާއި ބާގީނާޒިމާއި އަދާލަތުންބޭނުންވާވަރަށް ފައިސާދީގެން އިބޫއެގެންގުޅެނީއެވެ. އެގޮތަށް ކޯލިސަންދެމެހެއްޓޭނެއެވެ. ދެންގައުމުހިންގަން އިންޑިޔާއަށް ހަވާލުކޮށްގެން އެހުރީއެވެ. އެގޮތަށް ވެރިކަންހިންގޭނެ ކޮންމެމީހަކަށްވެސް