މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ލ.ގަން، ތުނޑި ދުންފިނިއުފާ، އަޙްމަދު ފާތިހު، މެއި 6 ވަނަ ދުވަހުގެ ހަމަލާ ދިން އިރުވެސް ހުރީ ފުލުހުންގެ ވަޒީފާގައިކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން ފުލުހުން އެކަމަށް ރައްދުދީފިއެވެ.

ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި ލ. ގަން، ތުނޑި ދުންފިނިއު، އަޙްމަދު ފާތިހު، އަކީ އެ ހަމަލާ ދެވުނު އިރު އަދި ހައްޔަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއްކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.

އަޙްމަދު ފާތިހު ފުލުހުންގެ ވަޒީފާ އާއި 2018 ނޮވެމްބަރ 25 ވަނަ ދުވަހު ގުޅުމަށްފަހު، 2021 ފެބްރުއަރީ 03 ވަނަ ދުވަހު ވަނީ އަމިއްލައަށް އެދިގެން ފުލުހުންގެ ވަޒީފާއިން ވަކިވެފައި ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މިމައްސަލައިގެ ތަޙުޤީޤުކުރެވެމުން ދިޔައިރު، ތަޙުޤީޤު ހިނގާ ނުހިނގާގޮތް ބެލުމަށް އެކުލަވާލެވުނު ހުރިހާ ފަރާތަކާ ދިވެހި ފުލުހުންގެ ޚިދުމަތުންވާނީ އަހުމަދު ފާތިހު އަކީ ހަމަލާދެވުނު އިރު އަދި ހައްޔަރުކުރެވުނު އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ނޫންކަން ބަޔާންކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި މަޢުލޫމާތު މިޑިއާތަކަށްވެސް ކުރިން ވާނީ ފޯރުކޮށްދީފައި ކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާގެ ތުހުމަތަށް އަޙްމަދު ފާތިހު ހައްޔަރުކުރުމަށްފަހު ތަޙުޤީޤު ނިންމައި، ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައި ކަމަށާއި ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވާފައިވަނީ އަޙްމަދު ފާތިހުގެ މައްޗަށް ދައުވާކުރެވޭނެ އެކަށީގެންވާ ހެކި ނެތުމުން ދައުވާ ނުކުރީ ކަމަށް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން، އެންމެހައި ރައްޔިތުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވައި، މިފަދަ ޚަބަރުތައް ގެނެސްދިނުމުގައި އިތުބާރު ހިފޭ މަސްދަރުތަކުން މައުލޫމާތު ހޯދައި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުން އިލްތިމާސްކުރާކަމަށް ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހިމް

    ދަޢުވާ ކުރެވޭނެވަރުގެ ހެއްކެއް ނެތި، އަދި މައުލޫމާތު ލިބޭގޮތުން ނަަމަ މިމައްސަލައާއި ގުޅުވާނެ އެއްވެސް ހެއްކެއް ނެތް އިރު މިގޮތަށް މީހެއްގެ އަބުރު ކަތިލާ ފަޟީހަތްކޮށް ހެދުމަކީ ވަރަށް ބޮޑު ބޭއިންސާފެއް.

    56
    3
    • ލޮލް

      ކޮން ރައީސް ނަސީދެއްތަ؟ އޭނާއަށް ކިޔަންވީ ކައްޒާބު ނަސީދު.

      13
      2
  2. ލަތީފް

    ފުލުހުންގެ ވެރިއަކައްވެސް ހުރީ ދޮގުހެފުމައް ހައްދުފަހަނަ އަޅާފަހުރި މީހެއް އަދި މަޖިލީހުގެ ރައީސަކައްވެސް ހުރީ ދޮގުހެދުމައް ފޯވެފަހުރި މީހެއް ލޮލް

    57
    1
  3. އަޑަމް

    އަންނިގެ މާނައަކީވެސް ދޮގު ކަންނޭންގެ

    38
    3
  4. ނަސީރު..

    ކަނޑައެޅިގެން ބުހުތާނު ދޮގު ވާހަކައެއް ދެއްކިޔަސް އެވާނީ "ވާހަކަފުޅު" ކަމައްތަ.

    44
    2
  5. އަހަންމަދު

    ދިވެހިފުލުހުންގެ އަގުވައްޓާލުމަށް ނަޝީދު ދޮގުވާހަކަތައް މުޖުތަމައުގަ ފެތުރިއަސް ފިޔަވަޅެއް އެޅޭވަރު އުރައްޕެއްހުރި މުއައްސަސާއެއް ނެތުމަކީ ދައުލަތް މިވަގުތުއޮތް ވަޅޯހާލަތު ހާމަކޮށްދޭކަމެއް!

    42
    2
  6. އަދުހަމް

    ނަޝީދުގެ ބޭނުމަކީ މިއަންނަ އިންތިޚާބު ކާމިޔާބުނުވާނެ ޔަގީންވާތީ ގަޑުބަޑުކުރުން. މީނާ ސައިޒުކުރަން އެބަޖެހޭ. ދޮގުބަދުނާމު މީހުންގެ ބޮލުގައި އަޅުވައިގެން ސިޔާސީ ފައިދާ ނަގަން އުޅޭ ފާސިގުންގެ މައްސަލަތައް ބަލާ ފިޔަވަޅުއެޅެން ޖެހޭ.

    40
    1
  7. Anonymous

    އެ ހަމަލާއެއް ރާވައި ހިންގީ ރައްޔިތުންގެ ލޯބި ހޯދުމަށްޓަކައި އަމިއްލައަށް ކަމަށް ވެސް ރަށުތެރޭގައި ވާހަކަދެކެވޭއަޑު އިވެއެވެ. އެއީ ތެދެއްތޯއެވެ؟

    36
    2
  8. އުފާވެރި ކުރިމަގު

    ކުރިއަށް އޮތް ރިޔާސީ އިންތިޚާބައް ޕީޕީއެމްއަށް ލިބުނު ރަނުގެ ފުރުސަތެއް އެމްޑީޕީ ބައިބައިވުމަކީ
    ތިއެމްޑީޕީ އެކަތިގަނޑަކަށްވެ އޮންނަނަމަ ވަރަށް ގިނަ ރަށްރަށުގައި މެޖޯރެޓީނަގާނެ އަދި އެންމެ މީހުންގިނަ ޕާޓީ ތިއީ. އަންނިގެ މީހުންނާއި ސޯލިހުގެ މީހުންފައިޓުކޮށް ބައިބައިވުމަކީ ރަހުމަތެއް

    34
    4
  9. ބަބަު

    ނަޝީދަކީ ތަންދޮރުބަލާނުލާ ބޮޑެތި ދޮގުތަށް ހަދަމުންއަންނަ ބޮދު ދޮގުވެރިޔެއް. މިފަހަރު އެއްޑީޕީއިންވެސް މީނަ ބޭރުކުރާނެ

    40
    2
    • ހަހަ

      ދައްޖާލު ފާޅުވާނީ މި ގައުމުން ކަންނޭންގެ. މުޅި މި ދިވެހިރާއްޖޭގެ ހަލާކަކީ އައްނި. ފިތުނަފަސާދައާ ދޮގުއުފައްދައިގެން ، މުޅި މިގައުމު ބައިބައިކުރި ކައްޒާބަކީ އައްނި. ޢަދިވެސް އެއުޅެނީ ހިތްނުފުރިގެން. އައްނިއަށް ތާއީދުކުރާމީހުންވެސްވާނީ އޭނާގެ އެ އަމަލުތަކުގަ ބައިވެރިވާމީހުނަށް. ދައްޖާލަށް ތަބާވާމީހުނަށް.

      7
      1
  10. ޕޮގުބާ

    13 އަހަރަށް ޖަލަށް ހުކުމްކޮއްފަހުރި މީހެއް ދޫކޮއްލުމުގެ ހިތިނަތީޖާ ފެންނާނީ

  11. ޅަރާ

    ބުއްޅަބޭ މިސަރުކށރުގެ އަގު ވައްޓާލަން ހިތުހުރި ވާހަކަދައްކަނީ ފައްޔާޒަށް ކާމިޔާބު ލިބިދާނެތީ.
    މިކަހަލަ ފިތުނަވެރި ވާހަކަ ދައްކާ މީހުންނަށް ފިޔަވަޅު ނާޅައި އިންޑިއާ އައުޓް ގިވާ މީހުންނަށް ފިޔަވަޅު އަޅަނީ ފުލުންގެ އެއްބާރުލުބް ލިބިގެންތޯ ؟

    5
    1
  12. ހުސާމް

    ނަސީދު މިހާތަނަށް އެއްވެސް އިތުރުފުޅެއް ހައްދަވާފައި ނުވާނެކަން ނަސީދު ފެކްސަންގެ އެންމެބޭފުޅުންވެސް ގަބޫލް ކުރަންވާނެ، ދެން ކިހިނެތް ތިވާހަކަ އެބޭފުޅުން ގަބޫލު ކުރާނީ!

  13. ހަވާސާ އިބޫ

    ފުލުހުންގެ ވެރިއަކައްވެސް ހުރީ ހޯމު މިނިސްޓަރާއި ސީޕީއަކީވެސް ދޮގުހެދުމާއި އޮޅުވާލުމުގެ ދާއިރާއިން މާސްޓަރސް ހަދައިފައިވާ މީހުން ނަސީދުއަކީ މިރޮގުން ޕީއެޗުޑީ ހާސިލްކޮށް ޔުނިވަސީޓީ އޮފް ދޮގުގައި ޕްރޮފެސަރުކަންކުރާ މީހެއް !

  14. ރަބަރޭ

    އޭނާ އެގޮތަށް މީހުންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވާ ރައީސުލްޖުމްހޫރިއްޔާ އަށް ހިތަށް އެރި އެއްޗެއް ގޮވާ ފުލުހުންނަށް ހިތަށްއެރި އެއްޗެއް ގޮވާ ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރާ ތަންތަނަށް ހިތަށް އެރި އެއްޗެއް ގޮވާ ހަދާނަމަ އެކަންބެލެންވާނެ

    2
    1
  15. ނަމްރޫދު ރަސްގެފާނު

    ނަޝީދަކީ ދޮގު ފެތުރުމުގެ ރެކޯޑު ހަދާފަ ހުރި މީހެއް! ޓުރަމްޕު ވެސް މީނާއާ ވާދަނުކުރެވުނު! ކކކކކ

    3
    1
  16. އެރަށު މީހާ

    ހެކި ހޯދުމަކީ ރައްޔިތުން ކުރަންޖެހޭ ކަމެއްތަ، ފުލުހުންގެ މުއައްސަސާ ފެއިލް ވީމަ ވާނީ ތިހެން.

    2
    2
  17. އަހު

    އަންނީ އިނދޭ ޤުރްއާނުގަވެސް މާނަ ވަކިން ނޭގުނަސް ﷲދެނެވޮޑިގެންވާނެ އަންނީގެ މާނަ އަންނި ގެ މާނަވެސް

  18. 06 މެއި

    ނަޝީދުއަަކީ އަހަރެން ސަޕޯޓް ކުރާ ފަރާތެއް ނޫން.. ނަމަވެސް، އިންޓެލް އިން މަޖްލިސް ތެރޭގައި ބަގް ހަރުކޮށްގެންނާއި ނަޝީދުގެ ފަހަތުން ފާރަ ލައިގެން ނަޝީދު އުޅޭ ނޫޅޭ ގޮތް ބެލިތާ ދުވަސްކޮޅެއް ފަހުން ބޮން ގޮއްވާލުމަކީ އިއްތިފާޤެއްބާ؟؟؟ ނަޝީދަށް އެވަރަށް އިންޓެލިން ފާރަލިކަން ތަޙުޤީޤް ނުކުރީ ކީއްވެބާ؟؟؟ ދައުލަތުން ނަޝީދު ދުއްވާލަން ބޭނުންވަނީބާ؟؟

  19. ދޮން ކަމަނަ

    ޤައުމުގައި ތިއްބަވާ ޢިއްޒަތެރި މެމްބަރުންވީމާ، އެބޭފުޅުންގެ ދޫފުޅުން ވިދާޅުވެވޭ ބަަސްފުޅުތައް މާނަކުރެއްވުމަށްފަހު އެ ބެލޭނެ އެއްވެސް ކޮމިޝަނެއްވެސް އަދި މުއައްސަސާއެއްވެސް ނެތް މި ޤައުމުގައެއް. އެ ހެޔޮ މީހުން މަރަންގޮވާ މީހުންގެ އަބުރުކަތިލަމުން އެބޭފުޅުން ތިއްބަވާ ތަނުގައި ތިބެގެން ގޮވިޔަސް ސޯސަލް މީޑިޔާގެ އެކިއެކި ކޮލަމްތަކުގައި ގޮވިޔަސް. އެއީ ހަމަ ހުދުފޮތިކޮޅެއްގެ ސިފައިގައި ތިއްބަވާ ބައެއް، ހިއްޕަވާނީވެސް ހުދު ކިރުތައްޓެއް! ދެން އޮތީ މުއައްސަސާތައް ތެދުހަދަނީ ކޮން މުއައްސަސާއަކުން ކަމެއް ނޭނގޭ. އިތުބާރަކީ އޮންނައެއްޗެއް ނޫން އެއްވެސް ޔަޤީންކަމެއްވެސް ނޯވޭ.

  20. އަލި

    އަންނިއަކީ ދިވެހި ގައުމަށް ހުރި ބޮޑު މުސީބާތެއް... ލާދީނީ މިކަލޭގެ މިގައުމަން ރައްކާވެގެން ދާނެ ދުވަހަކަށް އިންތިޒާރު ކުރަން...

  21. ހުސޭނުބޭ

    މުޖުތަމަޢުގައި ފިތުނަފަސާދަ އުފައްދާނަމަ އެކަމާ ދަޢުވާކޮށް ޖަލަށްލެވޭކަމަށް ޤާނޫނެއް އޮވެޔޯ! އެބުނާ ޤާނޫނުގެ ދަށުން މުޙައްމަދު ނަޝީދުގެ މައްޗަށް ދަޢުވާކޮށް ޖަލަށްލާބަލަ. ތި ނަޝީދަކީ ފިތުނަފަސާދަ އުފައްދާ މީހެއް

  22. އިބްރާހިމް

    ރ ނަޝީދަކީ އިންތިހާއަށް ބުހުތާނު ދޮގުހައްދަވާ ބޭފުޅެއްކަން ހަމަކޮންމެ ދިވެއްސަކަށްވެސް އެނގޭނެ.

  23. ބުއްޅަ

    ކޮބާހޭ ކަލޯ ރައީސްޔާމީނަށް ހަމަލާދިން މީހުން އެމީހުން ހޯދާފަ 40 އަހަރަށް ޖަލަށްލާންޖެހޭ އަންނިމަށްސަލަ ހަމައެކަނި ބެލުމަކީ އިންސާފެއްނޫން ގައިމު ސޯލިހުގެ ސަރުކާރުން މުހަށްމަދު އަމީން މަރާލިގޮތުގެ ތަހުގީގު ހިންގި އެެއީ ކާކަށް ދަށްކަން ހިންގި ޝަރީއަތެއް.

  24. މަސްދަރު

    އެހެންވީމާ ކެނެރީގޭ ނަޝީދަކީ އިތުބާރު ހިފޭ މަސްދަރެއް ނޫނޭތަ ފުލުހުންގެ ބަޔާނުގަ އެބުނަނީ؟