ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ މީހުންގެ މައްޗަށް ދައުވާ ކުރުމާމެދު ގޮތް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ ޓެރަރިޒަމްގެ މައްސަލަތަކުގައި ހާދިސާ ހިނގިފަހުން ހެކި ލިބިއްޖެނަމަ އެ މައްސަލައެއްގައި ދައުވާ ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

"މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމުގެ ހުއްޖަތެއް ނޫން. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު ނުވަތަ ހައްޔަރު ނުކުރި ނަމަވެސް އެ މައްސަލައިގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު މި އޮފީހުން ގޮތެއް ނިންމާނަން،" ޕީޖީ އޮފީހުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ހަމަލާގެ އެންމެހައި ކަންކަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނުކުރެއްވި ސްޕެޝަލް އެންވޯއީ އައްބާސް ފާއިޒު ވެސް މި މައްސަލައިގެ ތަހުގީގާއި އަދި ދައުވާ ކުރުމުގެ މަރުހަލާގައި ކަންބޮޑުވާފަދަ އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން މި މައްސަލައިގައި ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު އަތަމާ ޕެލެސް ތެރޭގައި ހުރެ ރިމޯޓަކުން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ވަނީ ކުށަށް އިއުތިރާފްވެފައެވެ.

އަނެއް އަށް މީހުން ދައުވާތަކަށް އިންކާރުކުރި ނަމަވެސް މައްސަލަ ސާބިތުވާވަރަށް އެކަށީގެންވާ ހެކި ގަރީނާ ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން މިއަދު ވެސް ވިދާޅުވިއެވެ.

އެގޮތުން އަދުހަމްގެ އިއުތިރާފްގެ ބަޔާނުގެ އިތުރުން، ޑީއެންއޭ އެވިޑެންސާއި، މާއްދީ ހެއްކާއި، ސައިންޓިފިކް ހެކިތަކާއި، ހަބީރުންގެ ހެކި ބަހާއި، އެނޫންވެސް ހެކިތައް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ތަހުގީގު މަރުހަލާއިން ފެށިގެން ޕީޖީ އިން ބައިވެރިވެފައިވާއިރު، ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭނުންކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްފައިވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ހޯދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ފާތިހަށް ދައުވާ ކުރެވެން ނެތް ކަމަށް އިއުލާނުކުރެއްވުމަށްފަހު މީގެ ކުރިން ވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ، ހަމަލާ އާއި ގުޅޭ ތަހުގީގު މިހާރުވެސް ކުރިއަށް ދާތީ ތަހުގީގުން ދައުވާ ކުރަންޖެހޭ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫ އިންނެވެ. އޭނާ އަކީ ކުރިން ފުލުހުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އެ ވަޒީފާއިން ވަކިވީ މިދިޔަ އަހަރު އަމިއްލައަށެވެ.

ފާތިހު އަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާއެވެ. އޭނާ އަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގެ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާއެވެ.

ހަމަލާއަށް އަހަރެއް ވެފައިވާއިރު، މި މައްސަލައިގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި ފާތިހުގެ މައްޗަށް ދައުލަތުން ދައުވާ ނުކުރުމުން އެމްޑީޕީގެ މެމްބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ރައީސް ނަޝީދުވެސް ވަނީ އެކަމާއި ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ފާތިހުގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް އޭރު ދައުލަތުން ނިންމުމާއެކުވެސް ފާޑުކިޔުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަންތިރި

    އޭނަ އަކީ ދިވެހި އެހެން އިންސާނުންނާ ތަފާތު އިންސާނަކީތޯ؟

    • ހުސޭނުބޭ

      އާނ! އެހެންވެދޯ ނަޝީދަށް ދަޢުވާނުކުރެވެނީ. ނަޝީދަށް ދަޢުވާކުރިއްޔާ އުންސަރުބެޔަށް ވަޒީފާގެއްލޭނެ! ނަޝީދު ނޫނީ ނުހުންނާނެ ރާބޯކަމަށް ޑަކްޓަރ ސާޓިފިކެޓްދީ އެކަން އާންމުކުރި މީހެއްވެސް

      3
      1
  2. ގައުމު

    ކޮބާހޭ ނަސީދު މިގައުމަށްދިން ހަމަލާ 8ފެބުރު އަރީގަ މުޅިގައުމުގާ ހުޅުޖެހި ހަމަލާ މި ޓެރަރިޒަމަކށް ނުވޭތަ އަދުﷲގާޒީ ކިޑްނޭޕްކޮށް ނިޒަމުން ފޮރުވިމައްސަލަ ކީއްވެ ނުބެލެނީ 6މޭ އެއީ މިދިޔަ އަހަރު ހިނގިކަމެއް އޭގެ ކުރިން ހިނގާދިޔަ ކަންތަށް ބަލަފަ ފަހުން ހިނގާދިޔަ ކަންތަށްބަލަން ޖެހޭނީ ނަސީދުގެ މއްޗަށްވެސް ޓެރަރިޒަމްގެ ދައުވާ އަދި ޖީއެމްއަަށް އެއާޕޯޓް ވިއްކަލަގެން ލިބުނު 47މ ޑޮލރުގެ މަނީލޮންޑަގެ މީ ވައްކަމެއްނޫންތަ ބޯހަލާކު މީ ސަދޫމުތަ ވަކިބަޔަކު ކުރީމަ ގޯސްވެފަ ނަސީދު ކުރީމަ މައްސަލަ ޔަކަށް ނުވެފަ ބޮޑުވަރު އިންސާފާ ހަމަ މީ ޖަންގަލީގޭ ގާނޫނު މިހިނގަނީ ނަސީދަށް އިންސާﷲ ގާނޫނު އަރަ ހަަމަކުރާނެ މިތިބަ ގައްދާރުން ލަންކާގެ ގައްގައްދާރުން ގެކިބައިން އިބުރތް ހާސިލް ކުރަންޖެހޭދުވަސް ވެސް އަންނާނެކަން ނަސީދު ހަނދާންކުރަި ޮ

    5
    1
  3. ސަތަރޭ

    ޖޯންއޮފް ކެނަޑީގެ ތަހިގީގުވެސް އަދިވެސް ނުނިމޭ ، މިއީ ސިޔާސީ މީހުން ބައިވެރިވާ ކަންކަން ވާގޮތަކީ މިކަމުގަ ސިޔާސީ ބައެއްގެ އަތެއްވޭ އައްނިޔައް ތާއީދުކުރަނީކީ ނޫން މިއީ ހަގީގަތަކީ