މިދިޔަ ހަފްތާ އިން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މުޅިން އަލަށް ޓުވިޓާ ބޭނުން ކުރައްވަން ފައްޓަވައިފައެވެ. އެމަނިކުފާނަކީ ސިޔާސީ ބޮޑެތި ލީޑަރުންގެ ތެރެއިން މިހާތަނަށް އައިއިރު ޓުވިޓާ ބޭނުން ނުކުރައްވާ ހުންނެވި ރައީސެވެ. އެކަމަކު، އެމަނިކުފާނު އެ ބޭނުން ކުރައްވަން ފެއްޓެވީ ހަމަ ކުއްލިއަކަށެވެ.

ޓުވިޓާ ބޭނުން ކުރައްވަން ފެއްޓެވުމާއެކު ޔާމީން ގެންދަވަނީ ކޮންމެ ދުވަހަކު ހެން އެމަނިކުފާނުގެ ހިޔާލުތައް ފާޅުކުރައްވަމުންނެވެ. އެކަމަކު، ގިނަ ޓުވީޓުތައް އޮޅުން ނުފިލާ ކަމަށް ބުނެ އާންމުންގެ ޝަކުވާ ބޮޑެވެ. އެ ޓުވީޓުތަކުގައި ލިޔެފައިވާ އެއްޗެއް ނޭނގިގެން އުޅޭ ކިތަންމެ ބަޔަކު ޓުވިޓާގައި އެބަތިބިއެވެ.

ރާއްޖޭގައި އެއް ބޭފުޅަކަށް އެންމެ ބޮޑު ތާއީދެއް އޮންނަ އެއް ލީޑަރު ޓުވިޓާ ބޭނުން ކުރައްވަން ފެއްޓެވުން ވެގެން ދިޔައީ އެމަނިކުފާނުގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި ހަބަރަކަށެވެ.

މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުން ޔާމީންގެ އެކައުންޓް ފޮލޯ ކުރެއެވެ.

އެމަނިކުފާނު މިހާތަނަށް ކުރެއްވި ހުރިހާ ޓުވިޓެއްވެސް ކުރެއްވީ އިނގިރޭސި ބަހުންނެވެ.

ނަމަވެސް އެމަނިކުފާނު ގެންގުޅުއްވާ އިނގިރޭސި ބަސްތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އާންމުކޮށް މީހުން ވާހަކަދައްކާ އިރު ބޭނުން ކުރާ ބަސް ބަހަށް ވުރެ އެއީ ތަންކޮޅެއް "މޮޅު" ނުވަތަ ބީރައްޓެހި ބަސްތަކެކެވެ. ޔާމީންގެ ބައެއް ސަޕޯޓަރުންނަށް އެމަނިކުފާނު ވިދާޅުވާ އެއްޗެއް އެންމެ އެކަށިގެންވާ ގޮތުގައި ފަހުމްނުވާ ކަމުގެ ޝަކުވާވެސް ޓުވިޓާގައި އަންނަނީ ގަދަވަމުންނެވެ.

ޓުވިޓާ ބޭނުން ކުރައްވަން ފެއްޓެވިތާ ހަފްތާއެއް ވެފައިވާއިރު އެމަނިކުފާނު ފޮލޯ ކުރައްވަނީ އިދިކޮޅު ޕީޕީއެމްގެ ރަސްމީ ޓުވިޓާ އެކައުންޓް އެކަންޏެވެ. އިތުރު އެއްވެސް ބޭފުޅެއް ފޮލޯއެއް ނުކުރައްވައެވެ. އޭގެ ޒާތުގައި އެއީ މާބޮޑު މައްސަލައެއް ވެސް ނޫނެވެ. ފަހަރުގައި އެކަކު ފޮލޯކޮށްފައި އަނެކަކު ފޮލޯ ނުކުރާތީ ދިމާވާ ކަހަލަ މައްސަލަތަކުން ވެސް ސަލާމަތްވާނެ މަގެއް ކަމުގައި ވެދާނެއެވެ.

ދުނިޔޭގެ ސިޔާސީ ކަންކަން ކުރިއަރައިގެން އަންނައިރު ޓުވިޓާ ވެފައިވަނީ ވަރަށް ވެސް މުހިއްމު ޕްލެޓްފޯމަކަށެވެ. ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެން ވެސް ޓުވިޓާ ބޭނުން ކުރައްވައެވެ. ޔާމީންވެސް ޓުވިޓާ ބޭނުން ކުރައްވާތާ ހަފްތާއެއް ވަނީ ވެފައެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓުވީޓު ކުރައްވައެވެ. ނަމަވެސް ޓުވިޓާގައި އެމަނިކުފާނު އެކްޓިވް މިންވަރާ ބަލާއިރު އެމަނިކުފާނު ފޮލޯ ކުރައްވާ މެންބަރުންގެ އަދަދު އަދި މަދުކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން ދެން ތިބި ސިޔާސީ ލީޑަރުންނަށް ބަލާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަސްމީ އެކައުންޓަށް 127،000 މީހުން ފޮލޯ ކުރެއެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެކައުންޓަށް 254،000 މީހުން ފޮލޯ ކުރެއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 127،000 ފޮލޯވަރުން ތިބޭއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ 64،000 ފްލޯވަރުން ތިބެއެވެ. އަދި އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ 28،000 ފްލޯވަރުން އެބަތިބިއެވެ.

ނަމަވެސް މި ބޭފުޅުން ޓުވިޓާ ބޭނުން ކުރައްވާތާ އެތައް އަހަރެއްވެއްޖެއެވެ.

ޔާމީން ގެންގުޅުއްވާ ބަސްތަކަކަކީ ސަޕޯޓަރުންނަށް އެންމެ އެކަށޭނެ ބަހުރުވަތަ؟

ރައީސް ޔާމީން - ފޮޓޯ: ރޮއިޓާސް

 

ޔާމީން ކުރައްވާ ޓުވިޓުތަކުގައި ބޭނުން ކުރައްވަނީ ވަރަށް "ކޮމްޕްލެކްސް" ނުވަތަ އުނދަގޫ އިނގިރޭސިއެކެވެ. ނަމަވެސް ޕީޕީއެމްގެ ސަޕޯޓަރުންގެ ނިސްބަތަށް ބަލާއިރު ޕާޓީގައި ޒުވާނުންނަށް ވުރެ ގިނައީ ދޮށީ އުމުރުގެ މީހުންނެވެ. ނުވަތަ ހަރު އުމުރު ފުރައިގެ މީހުންނެވެ. އެހެންކަމުން ޔާމީން އެ ގެންގުޅުއްވާ ބަހުރުވަ އަކީ އެ "އޯޑިއަންސް"އަށް އެންމެ އެކަށޭނެ ބަހުރުވަތޯ މިއީ ކޮށްލުން ރަނގަޅު ސުވާލެކެވެ.

ސިޔާސީ ބޭފުޅެއްގެ އެންމެ މުހިއްމު ބޭނުމަކީ ބުނާ ބަސް، އޭގެ މާނަ ނޯޅޭނެ ގޮތެއްގައި ސާފުކޮށް ރައްޔިތުންނާ ހަމައަށް ފޯރުމެވެ. ބުނާ ބަހުގެ މާނަ އެހެން މީހަކަށް ދޭހަވާ ގޮތެއްގެ ސަބަބުން ނުވަތަ ނޫސްތަކުން ގެނެސްދޭ ގޮތެއްގައި ސަބަބުން ސިޔާސީ ހަޔާތަށް ހިޔަނި އެޅިފައިވެސް އެބަހުއްޓެވެ.

އެއްވެސް ގޮތެއްގައި ލިބިފައިހުރި އިލްމެއްގެ އަލީގައި މޮޅަށް ވާހަކަދެއްކުމަކީ މައްސަލައެއް ނޫނެވެ. އާންމު ގޮތެއްގައި މޮޅެތި ވާހަކަދެއްކުންތެރިން ވާހަކަދައްްކާއިރު ބޭނުން ކުރައްވަނީ ވަރަށް އާދައިގެ ބަސްބަހެވެ. ކޮންމެ މީހަކަށް ވެސް ފަސޭހައިން ފަހުމްވާނެ ފަދަ ގޮތަކަށެވެ.

ނަމަވެސް ޓުވިޓާގައި އާންމު ގޮތެއްގައި އުޅެނީ ޒުވާނުންނެވެ. ޔާމީން ބޭނުން ކުރައްވާ ބަހުރުވައިގެ ސިއްރަކީ އެއީ ޒުވާނުންނަށް އަމާޒު ކުރައްވާ އެމަނިކުފާނު ދެއްވާ މެސެޖުތަކަކަށް ވުމުން ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް ސިޔާސީ މުފައްކިރުން ވިދާޅުވާ ގޮތުގައި ސިޔާސީން ވާހަކަދައްކާއިރު އެބުނާ އެއްޗެއް ފަސޭހަކަމާއެކު އެންމެނަށް ވެސް ފަހުމްވާނެ ގޮތަކަށް ވާހަކަދެއްކުމަކީ މާ މުހިއްމު ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަންތިރި

    ފަހުމު ނުވުމަކީ ފަހުމު ނުވާ ބައެއްގެ މައްސަލައެއް! މެޝިން އޮޕަރޭޓް ކުރަން ނޭނގުމަކީ އެ މެޝިނުގެ މައްސަލައެއް ނޫނެއްނޫންތޯ؟ މީ ވަރަށް ގިނަ ވާހަކަ!

    15
    2
  2. ލޮލްލޮލް

    އަސް ރޭހަށް ހިމާރު އެރީމަ ވާނެ މިހެން ވެސް...މައްސަލައެއއްނޫން މީކީ...ނުކުޅެދޭ ކުދިންނަށް އަޅާލާ....

    6
    3
  3. ޞޮއް

    ޥަރައް ކުރަކި އޮޑް ބަސްބަސް ބޭނުން ކުރަނީ
    ކޫލް ކަމެއް ނުން

    2
    10
  4. Anonymous

    ކޮންމެ ލޭންގްއޭޖެއްގަވެސް އެކި ފެންވަރުގެ ބަސްތަކެއް އުފައްދާފައިވަނީ މަތީ ލެވެލްގެ ބަސްތަކުގެ ބޭނުމެއްނުކޮށް ދޫކޮށްލާކަށް ނޫނެވެ، ވާހަކަދެއްކުމުގެ ފެންވަރުވެސް މަތީގައި ބަހައްޓަން ބޭނުން މީހުން ލިޔެކިއުމުގައި އެފަދަ ބަސްތައް ބޭނުންކުރަމުންދިއުމީ އާކަމެއް ނޫނެވެ، ތިޔަ ފޮލޯވަރންނަށް އެފަދަ ހައިލެވެލް ބޭފުޅަކާއި އަދި ކިރިޔާ ޓަޗްކުރެވުނީމަ އާކަމަކަށްވިޔަސް، ރ.ޔާމީނުގެ ތިޔަ ފޮލޯވަރން އަށްވެސް މޮޅެތިބަސް އެނގި ޓްރެއިނިންވަމުންދާން ހުޅުވުނު ފުރުސަތެއްކަމަށް ބަލަމާ!! އަބަދު އާދައިގެ ދަށުދަރަޖައުގެ ބަސް ބޭނުންކޮށްގެން ވާހަކަދައްކާތީވެ، ކިތައްމެ މަތްޗަށް އިނގިރޭސި ކިޔަވާފައިވާ މީހުންގެވެސް ލިޔުމާއި ވާހަކަދެއްކުމުގައި ފެންވަރެއް ނުހުރޭވިއްޔާ.##

    13
    1
  5. Anonymous

    މި އާޓިކަލްއިން ދޭހަވާ މެސެޖަކީ މިގައުމުގައި އަދި ކިރިޔާ އިލްމީ މީހަކު ޓްވިޓާ ބޭނުންކުރަން ފަށައިގެން އުޅޭކަމެވެ، މަތީ ލެވެލްގެ އިލްމުލިބިފައިވާމީހަކު އެއްގޮތަކަށްވެސް ދަށުދަރަޖައިގެ ބަސްތައް ބޭނުންކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ، ބުނާއެއްޗެއް ފަހުމު ނުވާމީހުން އެލެވެލްއަށް ކިޔަވަންވީ ނުވަތަ ޓްރެއިނީވާންވީ، އެއިރުން އެފަދަމީހުންނަށްވެސް ބަހުގެ ކުރިއެރުން ލިބިގެންދާނެ އުތެ؟؟ ގައުމުތަކުގެ ވެރިންނަށްވެސް އެކަށީގެންވަނީ މިފެންވަރުގެ ބޭފުޅުންނެވެ،

    16
  6. ޙަޒާ

    ލައްކައިން ފޮލޯވަރުން ލިބުނުގޮތް ވެސް ގެނެސްދިންނަމަ ފުރިހަމަވީސް.
    ބޮޓުންގެ ގައުމެއްގައި ފޮލޯކުރާނީވެސް ބޮޓުން

    3
    5
  7. ރާއްޖެ

    ޓްވީޓްތައް އަންޑަސްޓޭންޑް ނުވެގެން އުޅެނީ އެމްޑީޕީ ޓްވިޓާގަ އުޅޭ އަސާސީ ފެންވަރު މީހުންނަށް.

    16
  8. ކައުންސެލަރު

    އަޖައިބެއް! ނޭނގެން؟ އެހެންވީމާ ރައީސް ޔާމިން ކުރައްވާ ޓްވީޓްތައް އިނގިރޭސި ނޭނގޭމީހުން ޑިކްޝަނަރީ ހުޅުވައިން ދަސްކުރަންވީނު. ދެން ރައީސް ޔާމީންގެ ޓްވީޓެއް މިތާ ހިމަނާލާކަށްވެސް ނުކެރުނު. ދެރަދޯ

    15
  9. ކައުންސެލަރު

    އަދިބުނަންތަ؟ ކިޔަވައިން ތިބޭ މީހުންނާ ދަނޑުވެރިކަން ކުރަން ފަޅުރަށްރަށް ނަގައިން އެތަންތާ ވަގަށް ގެސްޓުން ގެންގުޅޭ މީހުންނާ ވަރަށް ބޮޑުތަފާތުހުންނާނެ، މިބުނި ފަދަމީހުންގެ ސިކުނޑި ވަރަށްފަސޭހައިން ޗިޕްޖެހޭނެ. އެކަމް ކިޔަވައިން ތިބޭ މީހުން ވިސްނުންމޮޅުވެފައި ތޫނުވެފައި ޗިޕެއްނުޖެހޭނެ. ގަޓްހުންނާނެ. ލަލަލާ
    އިންޑިޔާމިލިޓަރީއައުޓު

    11
  10. ވަގު

    މި ނޫސްތަކަށް ކިހާވަރެއް އަޅައިގެން މި ހާވަރަށް އިޝްތިހާރު ކުރަނީ. މިކަލޭގެ އިންނާނީ ތާސްކުޅެން. ތި ލިޔާ އެއްޗެއް ލިޔާނީ ގެންގުޅޭ ބޯއި އެއް. ރައްޔަތުންނާ މާ ކައިރިވާ މީހަކަށް ހެދެން ދައްކާހާ ދަޅަ. އަދިވެސް ރައްޔަތުންގެ ހައްގުގަ ވައްކަމެއް ކުރެވޭތޯ ބަލަން ޖަހާ މަޅިފަތި

    2
    17
  11. އަންނި

    މީނައަށް މޮޅު ޓުވިޓުތަކަށް ވަނީ ޢާންމުނަށް ނެއެގޭ އެއްޗިހި ޓުވިޓާގައި ލިޔެގެން. އަދި ނެއެގެއެއްނު މީނަ ޓުވިޓު ލިޔަނީ ޑިކްޝްނަރީ ނުބަލައިކަމެއްވެސް. އެކަންވެސް އެގޭނި މިނަ ޓުވިޓު ޓައިޕް ކުރާއިރު ކާރީގަ ތިބޭ ބަޔަކަށް. ދިވެހިބަހުން ތިކަހަލަ ބަސްތައް ބޭނުން ކުރަން އެގެބާ؟

  12. ފަސްމީރުކުރިރުކެއް

    ދިވެހި ބަހައްވެސް މޮޅުވާނެ އިނގިރޭސި ބަހައްވެސް މޮޅުވާނެ އަޅައިކިޔޭވަރުމީހަކު މަދުވާނެ

    3
    1