ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅާއި، ޕީޕީއެމްގެ އޮފީހުގެ ފާރަށް ސްޕްރޭ ޖަހައިފިއެވެ.

ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ އިބާރާތްތަކަކާއި ޔާމީންގެ ފޮޓޯ ހިމެނޭ ކުރެހުމެއް ސްޕްރޭކޮށްފައި ވަނީ ބެލެވޭ ގޮތުގައި ރޭ މެންދަމުގެ ވަގުތެއްގައެވެ.

ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި ލިޔެފައިވާ ލިޔުންތަކެއް ވެސް ވަނީ ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އަޅާފައެވެ.

ޔާމީނަކީ ކުރީގެ ރައީސްއެއް ކަމަށް ވާތީ އެމަނިކުފާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ސިފައިންގެ ޒިންމާއެކެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޔާމީންގެ ގެކޮޅުގައި ސިފައިންނެއް ނުތިބެއެވެ.

ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭ ކުރި މައްސަލަ އާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން ވެސް އަދި ޕީޕީއެމް އިން ވެސް ވަކިއެއްޗެއް ނުބުނެއެވެ.

ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި މީގެ ހަފްތާއެއްގައި ދުވަސް ކުރިން އެމަނިކުފާނުގެ ގެކޮޅު ކައިރީ ގްރޫޕަކުން މުޒާހަރާ ވެސް ކުރިއެވެ. ޕީޕީއެމް އިން ބުނާ ގޮތުގައި އެމުޒާހަރާ ކުރީ އިންޑިއާ އިން ފައިސާ ދީގެންނެވެ.

ޔާމީންގެ ގެކޮޅަށް ސްޕްރޭ ކޮށްފައި މިވަނީ ރާއްޖެ އިން އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އެކި ތަންތަނަށް ޕީޕީއެމްގެ މެންބަރުން ސްޕްރޭއިން ޕޯސްޓަރުތައް ޖަހަމުންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނަރުދޫ ހަސަނު

    މިހާރު މާލަސްވެސް ވެއްޖެ ތިކަން ކުރަން. ޖަލަށްލާފަ ބަހައްޓާ. މުޅިއުމުރަށްވެސް. ނެތްތަ ޖަލުގަ މައިތިރިވެގެން އޮންނާނެކަހަލަ ފަރުވަ އެއްދެވޭކަށް ވަގުންނަކަށް،

    3
    8
  2. ހުސެން.

    ފުލުހުންނަކަށް ނޭގޭނެ ތިކަން ކުރި ބައެއް. އެމީހުންނަށް ފެންނާނީ މީހުންގެ އަނބިން ނިދާފަ ތިބޭތަން .

    3
    1
  3. ރާއްޖެތެރެ

    ތިކަން ކުރަނީ ބުރޯ

  4. ޢަލީބެ

    އިންޑިޔާ އެމްބަސީގެ ބިރިޔާނީ ގުރޫޕް ހާދަ ވަރެއް ތިވަނީ. ކިތަންމެ އައްސިއެއް އެރިޔަސް އިންޑިއާ ސިފައިން ޖެހޭނީ ފައިބަން..

  5. ޕޮގުބާ

    ހާދަ ފިނޑި ބައެއް ކުރިކަމެއް ތިވަރުންތިކަން ކުރުމަށްވުރެ ރަނގަޅީ ނުކުރިއްޔާ އެއްވެސް ޒިންމާދާރުކަމެއްތި މަގުމައްޗަށް އުކާލެވުނު ކުނިތަކެއް

  6. ޙައްގުބަސް

    ސިފައިން ޒިންމާ ނަގަންޖެހޭނެ ތިކަމުގެ!! ކުރީގެ ރައީސެއްވީމަ ދޭންޖެހޭ ސެކިއުރިޓީ ނުދީ އޮތީމަ!! މާރިޔާ އަދި ޝަމާލް ޔާމީން ދެކެ ކިތަންމެ ރުޅިއެއް އައިނަމަވެސް ގާނޫނުގައި ކުރަން ލާޒިމް ކޮށްފައިވާ ކަމެއް އެދެމީހުން ކުރަންޖެހޭނެ!! އެދެމީހުން މިވަނީ ކުރީގެ ރައީސަކަށްދޭން ގާނޫނުން ލާޒިމުކުރާ ކަމެއްނުކޮށް!! އެއީ ސެކިއުރިޓީ ދިނުން!! ޔާމީނަށާ ޔާމީން ހުންނަވާ ގެއަށް ދޭންޖެހޭ ސެކިއުރިޓީ!! ދެން ޢާންމުކޮށް ތިބާވަތުގެ ކަންކަން ކުރަނީ ސަރުކާރުގެ މަދަދާ އެހީތެރިކަން ކޮންމެވެސް ގޮތަކުން ލިބިގެން ހިތްވަރު ދީގެން!!

  7. ގައުމުދެކެލޯބިވާ ދަރިއެއް

    އިންޑިއާ އައުޓް

  8. މަ

    ކިހިނެއް މިވަނީ؟ ފެބްރުއަރީ 7 ގައިވެސް ނިކުމެގަތީ ބަޔަކު ކަމެއް ކުރާތަން ފެނިފަ އެކަމާ ދެކޮޅަށް އެކަހަލަ ކަމެއް ކުރަންވެގެން! އިންޑިއާ އައުޓް ގޮވާއަޑު އިވުނީމަ ދެން ވީ އެކަހަލަ އެއްޗެއް ގޮވަންފަށަން! ތަންކޮޅެއް ގިނައިން މީހުން މަރުވާން ފެށީމަ އެމްޑީޕީ މީހުން އަދި ކަށްވަޅު ކޮންނަންވެސް ފަށާނެ!

  9. Anonymous

    ފެނޭތަ.... ޕޕމ މޮޅުކަމެއްހިތާ ކުރި ކަންކަން މިހާރު ތިޖެހުނީ، އަމިއްލަ ގެދޮރުން ތަހަންމަލް ކުރަން. ދެން ހަޖަމުކޮށްލައިގެން ތިބޭ ކުޅިބަލަން. އެނގޭހާވެސް އެއްޗަކީ ޕޕމ ނަގާ ފޯރިއަށްވުރެ މޑޕ ނަގާ ފޯރި މާގަދަވާނެކަން.

    3
    5
  10. މުޖުތަމަޢު

    އެތާ ކައިރީ އިނދޭ ޕޮލިހެއް ކޮށިގނަޑެއްތެރޭ ޗައިނާ އެމްބަސީ ކުރިމަތީ އެބޭފުޅަކަަށް ފެންނާނެ މިކަންކަން ކުރާބަޔަކު ހެއްވާ މަޖާ ޑްރާމާ ދިވެހި ކަރުސާރު

    4
    1
  11. ޝާނީ

    ގުންޑާއިން ހާދަވަރަކަށް ހިތުގަ ހަސަދަވެރިކަން ބާއްވައިގެން ތިއުޅެނީ. ތިކަމާއިގެން ކަލޭމެން ތިއޮށް ހަލާކުވަނީ. ކިތަންމެ ވަރަކަށް ފުންމާ ނެށިޔަސް އެންމެންގެ ހިތުގެ ލޯތްބާއި ގަދަރު ލިބިގެންވާ ރައީސް އެއް އެއީ

  12. ޤައުމު

    މިފެންނަނީ އެންމެ ފަރުދެއްގެ ފަރާތުން ސަރުކާރަަށް ސަލާމަތްނުވެވިގެން އިންޑިއާ އެމްބަސީން ފަންޑުކޮޢްގެން ޤައުމުގެ މަސްލަހަތު އިތުރަށް ނަގާލާ ތަން

  13. ލޮޓޯ

    ދެން ރައީސް ޔާމީންގެ ވެރިކަމެއްގައި ރައީސް ވަހީދު ފިޔަވައި އެހެން އެއްވެސް ރައިސް އެއްގެ ސަލާމަތީ ކަންކަން ބަލަހައްޓައިގެން ނުވާނެ😠

  14. ލާލު

    ލާދީނީ އެމްޑީފީމީހުންކުރުވާކަމެއް

  15. ބޮކި

    މިހާރު ހުންނާނީ ރާކަނިމަސްކެވިފަ

    1
    4
  16. އިލި

    އެބަރަގަޅުވޭ ގިނައިން ތިތާ ސުޕުރޭކުރޭ

    1
    6
  17. ހާމިދު ޝާޙިދު

    އެމަނިކުފާނު ދެނެއް ހައްޔަރެއް ނުކުރެވޭނެ. ﷲ އިރާދަފުޅުން އެމަނިކުފާނު ފަސޭހަ ކަމާއެކު 2023 ކާމިޔާބު ކުރައްވާ އިންޑިއާގެ މިލިޓްރީ ސިފައިންނާއި، އެމީހުންގެ ނުފޫޒު މިގައުމުން ބާލާނެ. މިނިވަންކަމުގެ ރަހަ ފުރިހަމައަށް ލާނީ އޭރުން.

  18. ނިހާން

    ލަސް ވެއްޖެ ތިކަން ކުރަން.

    4
    3
  19. ޖަލުބެ

    އޭނާ ހަމައޮންނަން ޖެހޭނީ ޖަލުގަ. އެވަރު ބޮދު ވައްކަމެއްކުރި ވެރިޔަކު އަދި ރާއްޖޭގެ ތާރީަހކުވެސް ނެތް. ދޫވެހި ލޯންދްރި ރޫމުން ބޮދިއްކޮށްގެން ހުންނަތާ ވަރަށް ގިނަދުވަސްވެއްޖެ. އަވަހަ ށް ޖަލަށް ފޮނުވަންވީ. ޑީލްހަދައިގެން ގޭގަ ހުންނަކަމަށް ބެލެވެނީ. އޭނާ ގޭގަ ހުންނަކޮންމެ ދުވަހަކީ މިސަރުޚާރަށް ވޯޓުތަކެއް ގެއްލނެ ދުވަހެއް. އިތުބާރު ގެއްލެމުންދަނީ.

    1
    2
  20. ދަރި

    ޔާމީނަކީ ރައީސްކަންކުރެއްވި ބޭފުޅަކަށްވާތީ އެމަނިކުފާނުގެ ސަލާމަތީކަންކަން ފުރިހަމައަށް
    ބަލަންޖެހޭފަރާތުން ބަލާނަމަ އެމަނިކުފާނުގެ ގެކޮޅަށްސްޕްރޭޖަހަން ގުންޑާއިންނަކަށް ފުރުސަތެއް ނުލިބުނީސް ސިފައިންގެ ބޭފުޅުންނަށް ފިދަނަތަކެއްކަމަށް ގޮވިފަރާތް މިހާރު
    މައިފިދަނައަށްހުރީމަ ވާގޮތަކަށްވެސް ވެދާނެ ގުންޑާއިންނޭ ނިސްބަތްކުރެވުނީތީ މައާފަށް
    އެދެން އެގޮތަށް ނިސްބަތްކުރެވުނީ ގޮވާލާފައިވާ ޢިބާރާތުންނާ ކޮށްފައިވާ ނާތަހުޒީބު
    ކަންތަކުން ވީމާ، ޒާތީހަސަދައެއް ފިލުވާލުމަށް މިހެންގޮވިކަމުގައިވިއަސް ފާޅުކަންބޮޑުގޮތެއްގައި
    ކުރިކުށަށް( ގާޒީއަކު ގަވާއިދާޚިލާފަށް އެކަހެރިކުރި މަށްސަލާގައި )13 އަހަރުގެ ޖަލުހުކުމެއް
    ( މިހާރު ރަށްޔިތުންގެ މަޖިލީހުގެ ރައީސް ) އައި ކުށްވެރިޔާ ހަށްޔަރުކުރަން ގޮވާލުން
    މާމުހިއްމު ޔާމީން ޖަލަށްލެއްވީ ޝައްކަކަށް ނުވަތަ އެމަނިކުފާނު ގައުމަށްގެނެސްދެއްވި ތަރައްޤީފޭލްކޮށްލުމަށް ނަމަވެސް 13 އަހަރުގެ ޖަލުހުކުމް އައިފަރާތުން ކުރިކުށަކީ ފާޅުކަންބޮޑުގޮތެއްގައި ވަރަށްގިނަމީހުންނަށް އެނގޭކަމެއް