މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުން ފަށައިފިއެވެ.

އެ އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓްގައިވާ ގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2،900 މީހަކަށް ލިބެއެވެ.

މިއިންތިހާބުގައި ވޯޓުލުމަށް ހަ ވޯޓު ފޮށި ބަހައްޓާފައިވާއިރު ހުރިހާ ފޮއްޓެއް ވެސް ބަހައްޓާފައިވަނީ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލުގައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެ މަގާމު ކުރިން އަދާކުރައްވަމުން ގެންދެވި އައިމިނަތު އީމާން ނިޔާވުމާ ގުޅިގެނެވެ.

އިންތިހާބުގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އާއި އެމްއެންޕީގެ ފަރާތުން އައިމިނަތު ޝީޒާއެވެ.

ކިޔުންތެރިންގެ ހިޔާލު