އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިޚާބު އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ކާމިޔާބު ކުރައްވައިފިއެވެ.

އިންތިޚާބުގައި ފައްޔާޒް ވާދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއިދު އޮތް "ސަރުކާރުގެ ކެންޑިޑޭޓް" ގޮތުގައެވެ. ނަތީޖާއަކަށްވީ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ ތާއިދު ވެސް ފައްޔާޒަށް ލިބުމެވެ.

އިމްތިޔާޒް ފަހްމީ (އިންތި) އިންތިޚާބުގައި ވާދަކުރެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއިދު އޮތް ކެންޑިޑޭޓްގެ ގޮތުގައެވެ.

އެހެންކަމުން މިއިންތިޚާބު ފާހަގަ ކުރެވުނީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.

މިހާތަނަށް ނަތީޖާ ސާފުވި ފޮށިތަކުން ލިބުނު ވޯޓަށް ބަލާއިރު ނަތީޖާ ނުލިބޭ ފޮށިތަކުގެ ނަތީޖާ ކަށަވަރު ކުރެވޭއިރު ވެސް އިންތި އަށް އިންތިޚާބު ކާމިޔާބު ވުމުގެ ފުރުސަތެއް ނެތެވެ.

ބާކީ 130 ވަރަކަށް ފޮށީގެ ނަތީޖާ ނުލިބި އޮތް ނަމަވެސް މިހާރު ފައްޔާޒް ވަނީ 15643 ވޯޓް ހޯއްދަވާފައެވެ. އިންތިއަށް އަދި ލިބުނީ 9889 ވޯޓެވެ. އެހެންކަމުން ވޯޓްލީ މީހުންގެ ގާތްގަނޑަކަށް %61 ވޯޓް ފައްޔާޒް ވަނީ ކާމިޔާބު ކުރައްވާފައެވެ. އިންތިއަށް ލިބުނީ ގާތްގަނޑަކަށް %39 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް

    އަލްހަމްދުލިﷲ. މިއީ އެމްޑީޕީ ލާދީނިއްޔަތާއި ދުރަށްގޮސް ހަރުދަނާ ސިޔާސީ ވިސްނުމަކަށް ވުމުގެ ފެށުންކަމުގަ ލައްވާށި. އާމީން

    90
    10
  2. ސސ

    އާދެ މިއަދު ފެނިގެން މިދިޔައީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ރައީސް އިބްރާހިމް ސޯލިހަށް އޮތް ތާއީދާއި އިތުބާރުބޮޑު ކަމާއި އަދި ކުރީގެ ރައީސް ނަޝީދުއަށް އެމްޑީޕީގެ މެމްބަރުންގެ ތާއީދު ބޮޑުތަނުން ގެއްލިފައިވާކަމެވެ. ވީމާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަމަށްވެސް އެންމެ އެކަށީގެންވަނީ ރައީސް ސޯލިހުކަން މިކަމުން އެނގިގެން ހިނގައްޖެއެވެ.

    71
    7
    • ބޭރުކުރޭ

      ދެދުނިޔޭން ގެއްލި ހަލާކުވެފަ އެސޮރު އެހެރީ.. އުޅޭ ވައްތަރުން މީހުން ތާއީދު ނުކުރަނީ. ހާއްސަކޮށް މާލެ ރާއްޖެތެރޭ އޮއިވަރެއް އުފައްދާ މާލޭ މީހުންނަށް މޮޅު ގޮތް ހޯދާށޭ ކިޔާ ނަސްލީ އިންތިޔާޒެއް ގެންގުޅޭތީ އަތޮޅުތެރެއިން ބޮޑުކޮށް ނޯ ޖެހީ..

  3. ޅަބޭ

    އޭ އިމްތިޔާޒު، ދެން މަހައްދާން އަންނަން އުޅޭ. ކަލޭ ނައިސްގެން މަހައް ނުފުރިފަ މިތިބީ...

    72
    7
  4. Anonymous

    އިންތިއަށް ލޮލް

    44
    2
  5. ކައިޒީން އަމާފުޅު

    ދީނަށް ހަޖޫ ޖަހާ ޔަހޫދީ އެއް ފަހަތަށް އަރުވައިގެން، މި އިސްލާމީ ވަންތަ ދިވެހިން ބަލައެއް ނުގަންނާނެކަން މި އެނގެނީ.. ނަޝީދަށް 2023 އެއްވެސް ނޫން ދޭން ވީއެއް... އޭނަ ވީ އަނގަމަތީ ޓޭޕް އަޅާފަ މީހުން ނޫޅޭ ފަޅު ރަށަކު ޖަލެއް ހަދާފަ އެތާ ބައިންދަން

    72
    4
    • ހަސަން

      ޝަހިންދާ ރަނގަޅޭތަ ތިޔަ ބުނީ؟ ބޯގަންވިލާގަ ނޫޅޭނެ ސަހަލު އެކަތި ވެސް...

      9
      4
  6. ރަން ރީނދޫ

    މަރުހަބާ ފައްޔާޒު. މިއީ 2023ގައި އެމްޑީޕީ އެމްޑީއެން އިނދަޖައްސާލަން ކޮށުނު ފަހި މަގެއް.

    38
    6
  7. އ

    ރަނގަޅު ނަތީޖާއެކެވެ ހިތްހަމަ ޖެހެއެވެ.

    42
    4
  8. ހަސަން ކުރުސި

    ދެންމާދަމާނުކުމެ މުޅިގައުމު އަންދާއަޅިއަށްހަދާލާ.

    40
    2
  9. ޖަމަލު ފޮޑި

    މީދޯ އެބުނާ ލައްކައެއްހާ މީހުން ތިބި ޕާޓީ؟؟ ސާޅީސްހާސް މީހުންވެސް ވޯޓްލާންނުދޭ އަންނިއަށް ރަގަޅު ފިލާވަޅެއް ލިބޭނެ

    54
    5
    • އެތެރެ

      ދުނިޔޭގެ އެއްވެސް ތާކު ޕާޓީގެ އެތެރޭގެ އިންތިތިހާބުތަކުގަ ނުނިކުމޭ 50 ޕަސެންޓުސް މަދު ފަހަރަކު ނޫނީ.. ޕީޕީން ނިކަން އެތެރޭގެ އިންތިހާބެއް ބާއްވަބަލަ 20 ޕަސެންޓުވެސް ނުނިކުންނާނެ

      3
      1
  10. ކަޅޭ

    އަންނިއަށް އޮތީ ދެގޮތް، ފުރަތަމަގޮތް، އިބުރާ ބުނިހެން ފިލުން، ބޮޑަށް ބެލެވެނީ ދެވަނަ ގޮތް ކަމަށް ވާ މަގުމައްޗަށް ނިކުމެ ވެރިކަން ވާއްޓާލުން ފެއްޓުމާ ގާތްކަން، ކަށީގަ ހިފާފަހުރި ކަމެއް ދޯވާނީ، ނަސީދޫ ތިޔަގެ ސަޕޯޓެއްނެއް މިހާރު.. އިވާ އަގަފުޅާކޮއްފަ ޓިކެޓުދޭނަމޭ ބުންޏަސް ދެން ނުލިބޭނެ. ވަރަށް ސަލާމއ

    44
    5
  11. Anonymous

    ކޮންމެ ޖައްބާރަކުމަތްﷲބަލިކުރައްވާދޭވެ

    62
    2
  12. އިބު

    ކަލޭގެއަށް ނަންޓާލާ

  13. ނަންނެއްގޮލާ

    ނަށީދަކީ އެއްއިރެއްގާވެސް ފުރިހަމަ އަގުލަބިއްޔަތެއްގެ ސަޕޯޓު އޮތް މީހެއް ނޫން. މޑޕ އަކީވެސް މާބޮޑު ތާއީދެއް އޮތް ބައެއް ނޫން.ހަގީގަތަކީ 2008 ގައިވެސް 2018 ގައިވެސް މޑޕ ހޮވުނީ މައުމޫނު އަދި ޔާމީނުނޫން އެހެން ގޮތެއް ބޭނުން ވެގެން ކޮންމެގެން ކެނެރީގޭ ނަށީދައް މާބޮޑު ހިތާހިތުގެ ލޯތްބެއް ބަޔަކު އޮވެގެނެއް ނޫން.އޭނާ ގެ މަދު ކަލްޓް ފޮލޮވާސް ނޫނީ ތާއީދެއް އޮތް މީހެއް ނޫން.

    5
    1
  14. ރާއްޖެތެރެ

    އެމްޑީޕީ އާއިލީ މީހުން ޕާޓީ ހިންގާ ހިދަކު ރައްޔިތުންގެ ތާއީދެއް ނުލިބޭނެ ދެނެ. އިންޑިޔާ އައުޓް

  15. ކަޓީ ޗާއެވާލާ

    ޙައްހައް

  16. Anonymous

    އިންތި ކަލޭދަނެގަންނަން ވީކަމަކިީ ކިބުރުވެރިކަމާއި ދުލުގެ ނުބައިކަން ދިވެހިން ބަލައިނުގަންނަކަމާއި ކަލޭ ތިލޯބިވާ މީހާދަނީ ފނޑުވަމުންކަން ސަލާމް

  17. ނވ

    އަލްހަމްދުލިﷲ. އީވާ އާއި އޭނަގެ ބޭބެ ނަސީދު ބަލިވިކަމަށް ހަމްދު ކުރަން. ލދނ އެމްޑޕީ ބެނުން ނުވާކަން މި އެނގެނީ. ކުރިން ގޮތެއްނެތީމަ ތިބީ.

    7
    1
  18. އަލިބިޔާއްކަލޯ

    އަންނިއަށް އޮތީ ދެގޮތް، ފުރަތަމަގޮތް، އިބުރާ ބުނިހެން ފިލުން، ބޮޑަށް ބެލެވެނީ ދެވަނަ ގޮތް ކަމަށް ވާ މަގުމައްޗަށް ނިކުމެ ވެރިކަން ވާއްޓާލުން ފެއްޓުމާ ގާތްކަން، ކަށީގަ ހިފާފަހުރި ކަމެއް ދޯވާނީ، ނަސީދޫ ތިޔަގެ ސަޕޯޓެއްނެއް މިހާރު.. އިވާ އަގަފުޅާކޮއްފަ ޓިކެޓުދޭނަމޭ ބުންޏަސް ދެން ނުލިބޭނެ. ވަރަށް ސަލާމް.

    އަންނިއަށް އޮތީ ދެގޮތް، ފުރަތަމަގޮތް، އިބުރާ ބުނިހެން ފިލުން، ބޮޑަށް ބެލެވެނީ ދެވަނަ ގޮތް ކަމަށް ވާ މަގުމައްޗަށް ނިކުމެ ވެރިކަން ވާއްޓާލުން ފެއްޓުމާ ގާތްކަން، ކަށީގަ ހިފާފަހުރި ކަމެއް ދޯވާނީ، ނަސީދޫ ތިޔަގެ ސަޕޯޓެއްނެއް މިހާރު.. އިވާ އަގަފުޅާކޮއްފަ ޓިކެޓުދޭނަމޭ ބުންޏަސް ދެން ނުލިބޭނެ. ވަރަށް ސަލާމް.

    އަންނިއަށް އޮތީ ދެގޮތް، ފުރަތަމަގޮތް، އިބުރާ ބުނިހެން ފިލުން، ބޮޑަށް ބެލެވެނީ ދެވަނަ ގޮތް ކަމަށް ވާ މަގުމައްޗަށް ނިކުމެ ވެރިކަން ވާއްޓާލުން ފެއްޓުމާ ގާތްކަން، ކަށީގަ ހިފާފަހުރި ކަމެއް ދޯވާނީ، ނަސީދޫ ތިޔަގެ ސަޕޯޓެއްނެއް މިހާރު.. އިވާ އަގަފުޅާކޮއްފަ ޓިކެޓުދޭނަމޭ ބުންޏަސް ދެން ނުލިބޭނެ. ވަރަށް ސަލާމް

  19. މޮހޮރީ

    މީކީ އިބޫ މޮޅުވުމެއްނޫން. ޔާމީން އަދީބަށް ދިންހެން، މުޅިދައުލަތުގެ އެންމެހާ ބާރެއް ބޭނުންކޮށްގެން 42-58 އިން މޮޅުވުމަކީ ހަގީގަތުގަ ބަލިވުމެއް. އަސްލު މަންޒަރަކީ މުޅި އެމްޑީޕީގަ އަންނި އަށް 58 ޕަސެންޓް އޮންނާނެކަން.

    4
    6
  20. ޢަހްމަދު

    ޢަލްޙަމްދުލިﷲ އެއްކަލަ މީހުންނަށްވެސް އެމްޑީޕީގައި ޖާގެއް ނެތެކަން ހާމަވީ. ނަޝީދުން ނޫން މީހަކު ބޭނުންވާކަން އެމްޑީޕީ މެންބަރުން މިސާބިތުކޮށް ދިނީ.

  21. Anonymous

    ފައްޔާޒް ނަޝީދު ފަޅިން ކުރިމަތި ލިޔަސް ހޮވޭނެ! ސަބަބަކީ ފައްޔާޒް ހަރުދަނާ ހިންގުންތެރި ވައްތަރު ޖަހަނީ!

    4
    1
  22. މާލެ

    ފައްޔާޒަކީ އިބޫގެ ކެޑިޓޭޓް. މީ އިބޫ ދެވަނަ ދައުރަކަށް ހޮވަން ދިން ވޯޓެއް ކަމަށް އިބޫ ބަލާނީ. ނަމަވެސް ސުވާލަކީ ދެވަނަ ދައުރެއް އިބޫއަށް ދޭ ވަރަށް ޕާފޯމްކޮށްފިތޯ! ފްލެޓެއް ނޭޅުނު، ކޮރަޕްޝަނެއް ނުހުއްޓުވުނު، ބިދޭސީންގެ މައްސަލަ ބޮއްސުންލައިފި، މަރުތަކުގެ ހަގީގަތެއް ނުހޯދުނު. އިންޑިއާގެ ލޯނުން ގައުމު ދަރުވާލައިފި. އިންޑިއާގެ ބާރާއި ނުފޫޒުގެ ދަށަށް މުޅި ގައުުމު ހިނގައްޖެ. ނާގާބިލު އެތައް ވަޒީރުންނެއް، ބޭކާރު އެތައް ކޮމިޝަނެއް. ބްރިޖެއް ނޭޅުނު، ޔާމީން އެޅުއްވި ރަންވޭ ބޭނުން ނުކުރެވުނު، ހޮސްޕިޓަލެއް ނުހިންގުނު. މާލޭގެ ވެސް އަދި ރާއްޖޭގެ އެއްވެސް ސަރަހައްދަށް ފާހަގަކުރެވޭފަދަ އެއްވެސް ބަދަލެއް ނައި. ތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަން ދިޔައީ މައްޗަށް. އެމްއެންޕީއާރުސީގެ ވައްކަމުގެ ހަގީގަތެއް ނުހޯދުނު. ގެއްލުނު ފައިސާއެއް ނުހޯދުނު. އެއާޕޯޓްގެ ޓާމިނަލް ނުނިންމުނު. ކުދިކުދި މަޝްރޫއުތަކެއް ނުހިންގައެކޭ ނުދަންނަވަން.

    5
    1
  23. އަލީ

    2023 ހަނދާންނައްތާލާ، ސޯލިހު އާއި ތިބުނާ ފައްޔާޒު ބޮޑު ބައްޔަކުން ބަލި ކުރާނަން ، އެމްޑީޕީ މެމްބަރުން ޕީޕީއެމްއާއި އެއްކޮށް ރައީސް ޔާމީނައް އަނިޔާކުރުމުގައި އިސްކޮއްހުންނެވި ސޯލިހު ބަލިކުރަން މިތިބީ ތައްޔާރަށް. ބުރޯ ފައްޔާޒު ދާންޖެހޭނީ ޖަލަށް! ރޮޒީ ވެސް ޖަލައް