ފޭރުމުގެ މައްސަލައަކާއި ގުޅިގެން ފުލުހުން ދެ މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވަނީ ހޯދަމުންދާ ދެ މީހުން ފޭރުމުގެ އަމަލު ހިންގާ މަންޒަރު ފެންނަ ވިޑިއޯ އާންމުކޮށް އެމީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

އެ ވިޑިއޯގައި ފެނިގެން ދަނީ ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކާއި ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ޖީއެން އެއް ކަމަށް ބެލެވޭ ސައިކަލެއްގައި ގޮސް ފީނޯ ބްރޭންޑުގެ ސައިކަލެއްގެ މަތީގައި އިން މީހެއްގެ އަތުން އެއްޗެއް ފޭރޭ މަންޒަރެވެ.

އެ ދެމީހުން ފޭރިގަނެފައި ވަނީ ކޮން އެއްޗެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރައްވައެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ ދެމީހުން ފޭރިގަނެފައި ވަނީ ފީނޯގައި އިން މީހާގެ ފޯނެވެ. ވިޑިއޯއިން ފެންނަ ގޮތުގައި އެ މީހުން އެ އަމަލު ހިންގާފައި ވަނީ މަޝްވަރާކޮށް ރާވައިގެންނެވެ.

ވީމާ މިމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިދާދު

    ގައިމު އެމީހުން ދަތުރު ކޮށްފައި ދިޔަ މަގުވެސް ހުންނާނެ ފެންނަން ކެމެރާތަލުން. އެހެންވީމަ، މިކަން ވަރަށް ބޮަޑަށް ބެލައިފިނަމަ އެމީހުން ހިފުމަކީ ދުރުކަމެއް ނޫން. މިފެންނަ ވީޑިއޯއަކުން ޝަރީއަތަށް ގަބޫލު ކުރެވޭ މިންވަރުގެ އެއްވެސް މަންޒަރެއް ނުފެނޭ.