އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން ފެނިގެން ދިޔައީ އެޕާޓީގެ އެތެރޭގެ ވަރުގަދަ ޑިމޮކްރަސީ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ޗެއާޕާސަންގެ އިންތިޚާބުގައި ނިޒާރު ތާއިދުކުރެއްވީ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލަށެވެ. ވޯޓް ގުނައި ނިމިފައި ވާއިރު ފައްޔާޒް ވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ މައްޗަށް ކުރި ހޯއްދަވާފައެވެ. ފައްޔާޒް އިންތިޚާބު ކާމިޔާބު ކުރެއްވީ %58 ވޯޓް ހޯއްދަވައިގެންނެވެ. އިމްތިޔާޒަށް ލިބިވަޑައިގެންނެވީ %42 ވޯޓެވެ.

ނިޒާރު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް ދާނެ މަގު އެމްޑީޕީ މެންބަރުން އެވަނީ ކޮށައިދީފައި ކަމަށެވެ. ގުޅިގެން ހިންގާލެވޭނެ ކަމަށް ވެސް ފައްޔާޒް އާއި އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވީ ރޮޒައިނާ ޓެގް ކުރައްވާ ނިޒާރު ވިދާޅުވިއެވެ.

އިންތިޚާބުގައި އައްޑޫ ސިޓީގެ އަޣުލަބިއްޔަތު ކުޑަ ތަފާތަކުން ހޯއްދެވީ ފައްޔާޒުއެވެ. އައްޑޫ ސިޓީގެ ވަގުތީ ނަތީޖާއިން 171 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވަނީ ފައްޔާޒެވެ. މުޅި އައްޑޫ ސިޓީން ފައްޔާޒަށް 2348 ވޯޓު ލިބިވަޑައިގެންނެވިއިރު، އިމްތިޔާޒަށް 2177 ވޯޓު ލިބިވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީގެ ދާއިރާތަކުގެ ތެރެއިން އިމްތިޔާޒަށް ފައްޔާޒުގެ މައްޗަށް ކުރި ހޯއްދެވުނީ ހަމައެކަނި ހިތަދޫ މެދު ދާއިރާއިންނެވެ. ކެމްޕެއިންގައި އައްޑޫއަށް ނިސްބަތްވާ ގިނަ މެންބަރުން ތިއްބެވީ ފައްޔާޒާ އެކު އެވެ.

އިންތިޚާބުގައި ބަލިވި އިމްތިޔާޒްގެ ޓީމުން އިއްޔެ ވަނީ ގިނަ ޝަކުވާތަކެއް ހުށަހަޅާފައެވެ. ނަމަވެސް ވޯޓް ގުނަން ފެށި ފަހުން އިމްތިޔާޒްގެ ޓީމުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮގުބާ

    ފައްޔާޒު އާއި އިދިކޮޅަށްތިބި އެމްޑީޕީ މީހުން އަގަޔަކުން ދެރަނުވާނެ ތިއޮތީ ބަލިކޮއްފަ އަސްލު އެމްޑީޕީ އޮތީ އިންތި އާއި އެއްކޮޅަށް ދެންއޮތީ ސަރުކާރު ހިންގާ ވަކިކޮޅަކަށް ނުޖެހޭ ގުރޫޕެއް

    10
    2
  2. މޮހޮދޯ

    ވަރަށް ޑިމަކުރަޓީ ނޫން. ތާހިރުވާނެ ދިމާކުރާތީ ކީމަ، އެއީ ކުރާކަމަކީ! އިންތިހާބެއް ގައިވެލާ ވަރަކަށް ނުރުހޭ މީހާއާ ދިމާއަށް ވަގަށް ގޮވުން ނޫން ކަމެއް ކަލޭމެންނަކަށް ނޭންގެ. އެހެންވެ މިބުނަނީ ދިމާކުރާތީ ކިޔާށޭ.

    2
    2
  3. ނާދިރާ

    އެމްޑީޕީން ފެނުނު ޑިމޮކްރަސީއަށް ކިޔަނީ ޝައިތާނުކްރަސީ. އެއީ ތިޕާޓީގެ އަމިއްލަ އުފެއްދުމެއް.

    2
    1
  4. ރަން ރީނދޫ

    އައި އޭމް ތިންކިންގ،އައި ޑޯންޓް ލައިކް ދިސް ޑިމޮކްރަސީ.އޯލްވޭސް ނެތިމޮށުން އެންޑް އަވިގުރާނަ.