ވަގުތު ފާއިތު ނުވަނީސް ވަތަނީ ރޫހެއްގައި އިންޑިއާ ސިފައިން ބޭރު ކުރުމަށް އެންމެން އަތުގުޅައިލަން ވެއްޖެ ކަމަށް މާލޭ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް އެހެން ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކޮށްގެން ބަލިވީ ހުސްއަތާ ނިކުމެ ދައުލަތުގެ ނުފޫޒާ ކުރިމަތިލާން ޖެހުމުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވުމާއި ގުޅިގެނެވެ.

ނިމާލް ވިދާޅުވީ މިއަދު އިންތި އަށް ދައުލަތުގެ ނުފޫޒާ ކުރިމަތިލާން ޖެހުމުގެ އިހްސާސް ކުރެވުނީތީ ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ.

"2018 ގެ ރިޔާސީ އިންތިހާބު ވަގަށް ނަގާ، އެތައް ރައްޔިތުންއެއްގެ ހައްގު ގެއްލި، ރައީސް ޔާމީންގެ ހައްގު ގެއްލިގެން ދިޔަތަން ހަދާނަށް ގެންނަވާ. 2018 އޮޅޮވާލުމުގެ ހަދިޔާ އިހަށް ދުވަހު ސްޓެލްކޯގެ މަތިފަޑިއަށް އައި ބަދަލުން ފެނިގެން އެ ދިޔައީ، ތިޔަބައި މީހުން ދިރިތިބިހާ ދުވަހަކު އެ ޕެކޭޖު ގެންގުޅެން ޖެހޭނެ. ކޮމަންޑޫ ދައިރާގެ އިންތިހާބަށް ހަދާލިގޮތް ހަނދާނަށް ގެންނަވާ" ނިމާލް ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ، އެމްޑީޕީ ތެރޭގައި ފަސާދައާއި ކޮރަޕްޝަނާއި، ނުފޫޒާއި ބިރު ދެއްކުމާއި، ހުދުމުހުތާރުކަމުގެ އިތުރުން، ރެޔާއި ދުވާލު ގައުމު ލޫޓުވުމާއި، އާއިލީ ވެރިކަމުގެ ސިފަތައް ނޫން އެެހެން އެއްވެސް ކަމެއް ނެތް ކަން ރައްޔިތުންނަށް މިއަދު އެގިއްޖެ ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ، ގައުމުގެ މިނިވަންކަން ގެއްލިއްޖެ ކަމަށާއި ގައުމަށް އިންތިހާއަށް ގައްދާރު ވެއްޖެ ކަމަށެވެ. ކުރިމަގުގެ ޖީލަށް މިނިވަން ކަމުގެ ދަންމަރު ހަވާލުކުރެވޭނެ ކަމާއި ދޭތެރޭ މިއަދު ގެ ޖީލަށް ޝައްކު އުފެދިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

"2023 ގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ތިޔަ ޕާޓިއާއި ތިޔަ ޕާޓީ އެކުގައިވާ މަވެތި ކޯލިޝަން ނުބާއްވާނެކަން މިއަދު ރައްޔިތުން ގަބޫލުކޮށްފި." ނިމާލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Uzbekistan

    India sifain raajjein faibaanee kon kameh kohdhiniya tho ahaabala
    Mashah feney india embassy ah Gos esuvaalu kuran

  2. ޙާލަތު

    Vaguthu faaithunuvanees MMPRC khiyaanaathuge baiverin insaafuge kurimahchah gendhium maarangalhuvaane

  3. އަލްޖިބްރާ

    ތިޔައީ ވަގުތު ފާއިތުވެގެން ބޭރު ކޮށްފާ ތިބި ބައެއް ! ކަލޭމެން އިތުރަށް އަގަނުތަޅާ މަޑުން ތިބުން މާބުއްދިވެރި !

    3
    2
  4. ދިވެހި ރައްޔިތުން

    ނިމާލް ވަގުތުން ހިފާ ހައްޔަރުކޮށް ހުކުމަކާނުލައި 25 އަހަރު ޖަލު ބަންދުގައި ބަހައްޓަންފެނޭ

    4
    2
  5. ވގ13

    ވަގުތު ފާއިތުނުވަނީ ހުރިހާވަގުން ޖހލައްލާންވި އަތްކަޑާވަރުގެވަގުން