މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔަމުން ދާތީ އިއްޔެ ހައްޔަރުކުރި މއ.ލެއްގި އަބްދުލްޣައްފާރު އަބްދުލްޣަފޫރު 34، އަކީ ވެރިކަންކުރާ އެމްޑީޕީގެ މެންބަރެއްކަން ކަށަވަރު ކުރެވިއްޖެއެވެ.

އެމްޑީޕީގެ މެންބަރުކަން ކަށަވަރުކޮށްދޭ އޮންލައިން ޕޯޓަލް އާއި އަދި މިދިޔަ ހަފްތާ ބަންދުގައި އޮތް އެމްޑީޕީގެ އިންތިޚާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓްގައި ވެސް އަބްދުލްޣައްފާރުގެ ނަން އެބައޮތެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާ ގޮތުން އޭނާގެ ނަން އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ.

އަބްދުލްޣައްފާރު ހައްޔަރުކުރީ އޭނާ ދިރިއުޅޭ ގޭގެ ފާހާނާގައި ފިލާ އޮއްވައި އިއްޔެ ހަވީރު 5:12 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

އަބްދުލްޣައްފާރު ހޯދަން އިއުލާންކުރީ، އާންމު މަސްލަހަތަށް ގެއްލުންވާ ގޮތަށް މަސައްކަތްކުރާ ކަމަށް ބުނެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް ސޯލިހް ވަނީ ރިޔާސީ ޤަރާރެއް ނެރުއްވާފައެވެ. އެޤަރާރު ނެރުނު ފަހުން އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލުމާއި އިންޑިއާ އާއި ދެކޮޅު ލިޔުންތައް ލިޔުމާއި ބެނާތައް ހަރުކުރުން ވަނީ މަނާކޮށްފައެވެ.

މާލޭގެ އެކި އިމާރާތްތަކުގެ ބޭރު ފާރުގައި "އިންޑިއާ އައުޓް" ލިޔަމުން ދާތީ އެމްޑީޕީ މެންބަރަކު ހައްޔަރު ކޮށްފައި ވާއިރު ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއްގައި ވެސް މީގެ ކުރިން އެމްޑީޕީ މެންބަރަކު ހައްޔަރު ކޮށްފައިވެއެވެ.

އިދިކޮޅު ޕީޕީއެމް އިން "އިންޑިއާ އައުޓް" ހަރަކާތް ވަރުގަދަ ކުރަމުން ދިޔަ ނަމަވެސް އެމްޑީޕީން ގެންދަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ތާއިދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ގައުމުގެ މިނިވަންކަމަށްޓަކައި އެމްޑީޕީ މެންބަރުންވެސް އެ މެންބަރަކަށް ވީވަރަކުން މަސައްކަތްކުރާކަމީ މިގައުމުގެ ދަރިންގެ ހިތުގައި ގައުމިއްޔަތަށް ލޯބި ޖެހިފައިވާކަން ދޭހަކޮށްދޭ ކަމެއް. ﷲ ތައާލާ މިގައުމުގެ ދުޝްމަނުންގެ ކިބައިން މިގައުމު ސަލާމަތްކުރައްވާ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅަމެއްގެ މުސްތަގްބަލުގެ ޖީލުތަކަށް މިގައުމު ފޯރުކޮށްދެއްވާށި. އާމީން.

    57
    1
  2. ކާފަބޭ2020

    Mifaharuves athahgoveethaa

    33
    2
  3. ޒިކް

    ތިޔައީ ފައްޔާޒު އެބުނާ އިންތިހާބާ ދި މާކޮށް ޕީޕީއެމް އިން އެމްޑީޕީ ތެރެއަށް ވެއްދި މީހުންނަކީ…

    6
    39
  4. ހަސަނާ

    hurihaa nubaikamuge aslakee MDP

    44
    2
  5. ހުރިހާ

    އެމްޑީޕީގެ ދަފްތަރުގަ އޮވެ ރަސްމީކޮށް އީސީގެ ޖޭޕީ ލިސްޓްގަ އޮވެ ޕީޕީއެމުން ބޭނުންވާ ގޮތަށް އަމަލު ކުރީމަ ތިޔައީ ހުރިހާ ޕާޓީއަކަށް ހެޔޮވަރު މީހެއް އެހެންވީމަ.

    17
    2
    • މޯދީ

      އޭނާ އެކަން ކުރާނީ ޕީޕީއެމް މީހުންގެ ބޮލުގައި އެކަން އަޅާނެކަމަށް ހީކޮށް

      29
      2
  6. Anonymous

    ކިހާފައްކާ! މިގޮތަސް 190000ވެސް ހަމަކުރެވޭނެ ޖޭޕީގެ މެމްބަރެއް އެކަމކު އެމްޑީޕީއަށް ވޯތުލެވޭ ؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟!؟
    އެމްޑީޕީގެ މެންބަރުކަން ކަށަވަރުކޮށްދޭ އޮންލައިން ޕޯޓަލް އާއި އަދި މިދިޔަ ހަފްތާ ބަންދުގައި އޮތް އެމްޑީޕީގެ އިންތިޚާބުގައި ވޯޓް ލެވޭ މީހުންގެ ލިސްޓްގައި ވެސް އަބްދުލްޣައްފާރުގެ ނަން އެބައޮތެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ބުނާ ގޮތުން އޭނާގެ ނަން އޮތީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ.

    24
    1
  7. އަލީ

    އިންޑިއާ އައުޓް

    37
  8. އަލިމާ

    އިންޑިޔާ އައުޓް