ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް މިރޭ މާލޭ މަގުމަތީގައި ކުރިއަށް ގެންދަން ފެށުމުން ފުލުހުން އެހަރަކާތައް ހުރަސްއަޅައިފިއެވެ.

"އިންޑިއާ އައުޓް" ހަރަކާތް ރާވައި އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް މިއަދު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) ވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

މިރޭ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ މުހައްމަދު އިސްމާއީލް އާއި ތަކާނޭ ދޫކޮށްލުމަށް ގޮވާލައި އެޕާޓީގެ އޮފީސް ކައިރިއަށް އިންޑިއާ އައުޓް ބެނޭތައް ހިފައިގެން އެއްވެފައެވެ. ޕީޕީއެމް އޮފީސް ކައިރިއަށް އެއްވި މީހުން ފަހުން ވަނީ މަޖީދީމަގުން ކުރިއަށް އައިސް އަލިކިލެގެފާނު މަގުން މުލީއާގެ އާއި ދިމާއަށް މިސްރާބު ޖަހާފައެވެ. ނަމަވެސް އަލިިކިލެގެފާނު މަގުން ކުޑަތަންކޮޅަކަށް ކުރިއަށް ދިޔަ ތަނުން އެސްއޯ ފުލުހުން ވަނީ އެމީހުން ހުރަސްއަޅައި އެމީހުން ހުއްޓުވާފައެވެ.

ހިނގާލުމުގެ ބައިވެރިންނަށް ފުލުހުން ހުރަސް އަޅައި، ޕެޕަސްޕްރޭ ޖެހުމުން ދެއަންހެނަކަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ޕީޕީއެމް އިން ބުނާ ގޮތުގައި ފުލުހުން ޕެޕަ ސްޕްރޭ ޖެހުމުން ދެއަންހެނަކު ވަނީ ހޭނެތިފައެވެ. އަދި އިތުރު ބައެއް މީހުންނަށް ވެސް އަނިޔާވެފައި ވެއެވެ.

މިރޭގެ ހިނގާލުން ކަވަރު ކުރަން މަސައްކަތް ކުރި ނޫސްވެރިންނަށް ވެސް ފުލުހުން ވަނީ "ހޭއަރުވާލާނަން" ކަމަށް ބުނެ އިންޒާރުދީފައެވެ.

ރައީސް ސޯލިހް މިދިޔަ މަހުގެ 21 ވަނަ ދުވަހު ނެރުއްވި ރިޔާސީ ޤަރާރަކުން އިންޑިއާ އާއި ދެކޮޅަށް ވާހަކަދެއްކުން ވަނީ ކުށަކަށް ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. juhaa

    ٱلْحَمْدُ لِلَّٰهِ

    19
    9
  2. މމ

    ވިންދު އެމާ ކަނޑުތެރޭ މަލަފެހި ހުށްގަސް ހެދޭ މީމަގޭ އުފަން ބިމޭ ދީބު ދިވެހި މީ
    މިހާރު މި ޅެންބައިތުގަ ބުނާ މީ މަގޭ އުފަން ބިމޭ ބުނެ ފަޙުރު ވެރިވެވޭތޯ ހިތާއި ހިތާއި ސުވާލުކޮށްލަށްވާށެވެ.

    37
    • Anonymous

      ރަނގަޅު ގޮތަކީ "ހިންދު އެމާ ކަނޑުތެރޭ" އިންޑިޔާގެ ބިޔަ ކަނޑުތެރޭ

      13
  3. އަސޭލާ

    dhoo kollaa

  4. ލަޠީފު

    ހިންދު އެމާ ކަނޑުތެރޭ އަލި ރަތްމުތް ހެން ދިރޭ މީމަގޭ އުފަން ބިމޭ ދީބު ދިވެހި މީ.

    16
  5. ފަަަަަަަަަަަަތީނު

    މާދަން ބޭސްފަރުވާއަށޭ ކިޔާފަ ލަދުހަޔާތް ކަޑާލާފަ ދާތި އެތަނައް
    ތިކަމުގަނަގާކިޔާމީހުން ދާނީ ސިންގަޕޫރ އަށް
    އޮޓޯދުއްވާމީހުން މޯލްޑިވުސް އައުޓް އެއްފަހަރު ގޮވާލާހާ ވާނީ ތިބޭނެ ބިމައްތުންހެރިފާ.............

    3
    23
    • މާކުންގޯތިކުދިން

      ފަތީނު ހުރޭ އިންޑިއާއަށް ދާން ތަންމަތި ހަދާގެން. އޮޓޯމީހުން ބުނެފާނެ އެއްޗަކާމެދު ވިސްނާލަ ވިސަނާލަ. މަމެން މިބުނަނީ އިންޑިއާ މިލިޓަރީއަށް ނިސްބަތްވާ ހުރިހާ ގެރިތައް ފައިބާށޭ މަގޭ ބިމުން.
      މިކަން މައަށްވުރެން ބޮޑުކޮށްގެން، އޮޅުވާލައިގެން ކަލޯމެންގެ ޔޫ.ކޭ ގޮނޑިކޮށްކޮ މރ.ގަޅިނަޝީދު ފާޑަށް ރައްޔިތުން ހައްދަން ނޫޅުއްވާ.
      "އިންޑިއާ އައުޓް". އިންޝާﷲ، ހަމަ ވޯރާ ވިޔަފާރިވެރިން ފައިބައިގެން ދިޔަހެން ދާންޖެހޭނީ.

      9
      1
    • ދިވެހި ދިދަ

      ކޮއްކޯ ..އޮޓޯ ޑްރައިވަރުން ހިލޭތަ ދަތުރުކޮށްދެނީ...ހޮސްޕިޓަލުން ހިލޭތަ ފަރުވާކޮށްދެނީ
      ހަނދާންއެބަހުރިތޯ ނޫކަށި ނަސީދު ވެރިކަމުގަ ވިސާ ތާށިކޮށްގެން ދިވެހިން އިންޑިޔާއަށް ދިއުން މަދުވުމުން ތިޔަ އިންޑިޔާ ރައްޔިތުން އުޅުނުހާލު...އެހެންވީމަ ދިވެހިން އިންޑިޔާއަށް ދިއައީމަ އެމީހުންނަށް ވާ ފައިދާ ވަކި ކުޑައެއްނޫން..އަނެއްކޮޅުން އާސަންދައިން އިންޑިޔާ ބޮޑެތިމީހުނަށް ލިބޭ ބައިގެއްލިދާނެތީ ފަތީނު ބިރުގަންނަނީދެއްތޯ...މީއެންމެނަށް އެނގޭ ކަންކަން...ވ ވ ވ ސަލާމް...

  6. ޥިކިފަ

    ބަޔަކު ވިކޭނީ މިވަރަށް. އިންޑިއާ މިލިޓަރީ އައުޓު

    24
    2
  7. ފާތުމަ

    2 އަންހެނުން ހޭނެތުނީ ގޭގަ ނިދާފަ އޮއްވާބާ...

    3
    20
    • Anonymous

      ގޭގަ ނިދަން ތިބޭވަރަށްވުރެ މާ ބިރުވެރިކަމަކާ މިއޮތީ މުޑިއަރާފަ

      9
      1
  8. ާދަލޭކް

    މީ ދިވެހި ކޮމްމެ ރައްޔިތެއްގެ ވެސް ޤައުމު ޤައުމު ވިއްކާފަ އެކައުންޓް ފުރާލައިގެން ތިބުމަކީ ގޯހެއް. މިމީހުން ޖެހޭނެ އިންސަފުގެ ކުރިމައްޗަށް ގެން މީގެ ތެރެއިން 4 ވަރަކަށް އަންހެން ކަނބަލުންވެސް ހިމެނޭހެން 10 ވަރަަކަށް މީހުން 2024 ޖަލުހުކުމް ގުނަންޖެހޭނެ. ان شاء اللہ

    6
    1
  9. ޑައެލޯގް

    ބޭސްފަރުވާއަށް ކުރޮޅިއަށް އެރިއަސް މޯލްޑިވްސް އައުޓޭނުކިޔޭނެއެވެ. ސބަބަކީ މޯލްޑިވްސް މިލިޓަރީ އިންޑިޔާއަކުނެތެވެ. އަދި ނުވެސްތިބެވޭނެއެވެ. ރީނދޫބައިގަޑު ގެތެރެއިންވެސް މަދުބަޔަކުގެ ވިސްނުންހުންނަނީ ކުރަފިއަށްވުރެވެސް ދަށުގައެވެ. އިބޫވެސް ހަމައެފަދައެވެ.

    8
    1
  10. ރަންނަ

    ޕެޕާސްޕްރޭ އިން ހޭނެތޭތަ؟

    2
    3
  11. އަޖައިބު

    ވަރަށް މޮޅަށް އެކްޓްކުރަން ދަންނަ ދެމީހުން އެއީ...އެކަމަށްވެސް އަގު ނަގައިން އެ ކުރަނީ..

    2
    3
  12. އެއްނަމްބަރ ސައިންޓިސްޓް

    އިންޑިޔާ އައުޓް ،،، ޔަޢުނީ އިންޑިޔާ މިލިޓަރީ އައުޓް! ސަފްވެދާނެ މިހާރު "ފަތީނު"އަށް

  13. ވިސްނާ

    އިންޑިޔާގެ ދިފާއުގައި ހޭނެތޭވަރުގެ އަނިޔާވެރިވާންޖެހޭތޯ ދިވެހިންނަށް ދިވެހިފުލުހުން ( ގޭގަ
    ނިދާފައޮށްވާނޫނަސް ) ގޭގަނުނިދޭ ވަރަށްނުރައްކާވާހިސާބަށް ދަނީ