"ކަޅިރަވަ" ދޯނީގައި ހުރި 47 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާގެ ލޮލަށް ބުޅި ހެރިފައި ވަނީ ގއ.ވިލިނގިލި 10 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދަނިކޮށް ކަމަށެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދިން ގޮތުގައި އެ މައުލޫމާތު ރިޕޯޓް ލިބިފައި ވަނީ މިއަދު 2:32 ހާއިރު ކަމަށެވެ.

އަދި ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ގއ.އަތޮޅު ހޮސްޕިޓަލަށް އެ މީހާ ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ލޮލަށް ބުޅި ހެރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ހާދިސާތަކުގައި ބައެއް މީހުންގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގަވައިދު

    ފިޝަރީޒް މިނިސްޓްރީ މީ ނިދާފައޮތް ތަނެއް. މަސްވެރިންނާ ދަނޑުވެރިންގެ ހައްގުގަ އެއްވެސް ކަމެއް ނުކުރޭ. އެކްސިޑެންޓް ގިނަވީމަ ޓްރާންްސްޕޯޓް މިނިސްޓްރީން ގަވައިދުތަކެއް ނެރޭ. މާގިނައިން ބުޅީގެ މައްސަލަ ނުވަތަ އެނޫން މައްސަލަތައް ނުކުންޏާ، މަޖުބޫރުކޮށްބަލަ، މަސްބާނާ ގަޑީގަ ތިބެންވާނީ މާސްކް/ގޮގުލް، ޕްރޮޓެކްޓިވް ގްލާސް އަޅައިގެންނޭ. އަދި އަންގިލައްވައިގެންނޭ. ނުކައްސާ ބޫޓައް އަރައިގެންނޭ. އަދި މަސްވެރިކަމުގައި ރައްކާތެރިކަމާބެހޭ 3 ގަޑިއިރުގެ ކޯހެއް ހަދަންވާނޭ.