ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ޤައުމުގެ ހެދިބޮޑުވަމުން އަންނަ ޒުވާންޖީލުގެ ކިބައިގައި މަތިވެރި ސިފަތައް ހުރެގެންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ ޔޫތް ލީޑަރސް ފޯރަމް ށ. މިލަންދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އަތޮޅުގެ ޒުވާނުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ޔޫތް ލީޑާރސް ފޯރަމަކީ ހޯމް މިނިސްޓްރީގެ ތެރޭގައި އޮންނަ ކޮލެޖް ޔުނިވަރސިޓީގެ ދަރިވަރުން ތަމްޘީލްކުރާ ނެޓްވޯކެކެވެ.

މިނިސްޓަރ ވިދާޅުވީ ހޯމް މިނިސްޓްރީގެ ފަރާތުން ޔޫތް ލީޑާރސް ނެޓްވޯކްގެ ނަމުގައި ނެޓްވޯކެއް އުފައްދާ ޒުވާން ލީޑަރުން ބިނާކުރުމަށް މިފަދަ ފޯރަމްތައް ހިންގަނީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ޤައުމުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޒުވާނުންގެ ދައުރު ބޮޑުވުމުން ކަމަށެވެ. އަދި ޤައުމުގެ ޒުވާން ޖީލަކީ ހެޔޮލަފާ މުއާތިނުން ކަމުގައި ހަދައިގެން މެނުވީ ޤައުމުގެ މުސްތަޤްބަލް އަޅުގަނޑުމެންނަށް ހޯދާނުފެންނާނެތީ ކަމަށެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ އެއްވެސް ޤައުމެއްގެ މުސްތަޤްބަލް ބިނާވާނީ އެޤައުމެއްގެ ޒުވާނުންގެ މައިބަދާގައި ވަރުހުރި މިންވަރަކަށްކަމަށެވެ. ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ހަށިގަނޑުހެޔޮ ރޫފަހުރި, ޢިލްމީ ޤާބިލްކަމާއި, ފަންނާއި ހުނަރުވެރިކަންހުރި މަސައްކަތްތެރިކަމާއި މުރާލިކަންހުރި ރިވެތި އަޚްލާޤާއި, ސުލޫކުން ޒީނަތްތެރިވެގެންވާ ބައެއްނަމަ އެޤައުމުދާނީ ފަތުއަޑު ކިޔާފައި ބާރަށް ކުރިއަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެ ސިފަތައް އެޤައުމެއްގެ ޒުވާނުންގެ ކިބައިން ގެއްލިއްޖެނަމަ އެޤައުމެއްގެ މުސްތަޤްބަލާމެދު ހުރި ހިތާމައެއްގެ ބޮޑުކަމާ." ށ. އަތޮޅުގެ 13 ރަށެއްގެ ޒުވާނުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވީ މިއަދު އެ ލޮބުވެތި ޒުވާނުންގެ ކޮނޑުގައި އަޅުވަނީ ވަރަށްބޮޑު މަސްއޫލިއްޔަތެއްކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެއްވެ އައިސްމިތިބީ މިބޭފުޅުންނަށް ލިބިފައިވާ އިލްމަކާއި ހުނަރެއް ރައްދުކޮށްދިނުމަށް. މާދަމާއަށްޓަކައި އަޅުގަނޑުމެންގެ މިރަށަށް ތިޔަކުދިންގެ ރަށްތަކަށް އަތޮޅަށް މުޅި ޤައުމަށް ތިޔަކުދިންގެ ފަރާތުން ކޮށްދެއްވޭނެ ބޮޑަތިވެގެންވާ ޚިދުމަތްތަކެއް ކޮށްދިނުމަށް ތިޔަ ޒުވާނުން ތައްޔާރުކޮށްދިނުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ މިޤައުމަކީ ޒުވާން ކާބަފައިންގެ ކިބައިން މިހާތަނަށް ހިމާޔަތްކުރެވި ރައްކާތެރިކުރެވިގެންވާ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މެދުގައި ދިމާވި ދަތި ކޮންމެ ބޮޑު އުނދަގޫކަމެއް އަދި ރާއްޖެއަށް ދިމާވި ބޮޑު ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައިގެން ނިކުމެފައި ވަނީ ޒުވާން ހިތްވަރުގަދަ ބަތަލެއްކަމަށެވެ. މުޖުތަމައުއަކީ ކުށްމަދު އަމާން ރައްކާތެރި މުޖުތަމައުއަކަށް ހެދުމަކީ ހޯމް މިނިސްޓްރީއާ މަތިކޮށްފައިވާ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޔޫތް ލީޑާރސް ނެޓްވޯކުން އެމަސްއޫލިއްޔަތު ޒުވާނުންނާއެކު ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

"ބައެއްގެ މެދުގައި އިލްމްވެރިކަން ފެތުރި ޢާއްމުވެއްޖެނަމަ ޖާހިލުކަމާއި ނޭންގުންތެރިކަން ނެތިވެ އިންދިރާސްވެދާނެ. ތަނަވަސްކަމާއި ތިޔާގިކަން ޢާއްމުވެއްޖެނަމަ ފަޤީރުކަމާއި ތަދުމަޑުކަން ފިލައިގެން ހިނގައިދާނެ. ބައެއްގެ މެދުގައި މުރާލިކަމާއި ކެރުންތެރިކަން ފެތުރިއްޖެނަމަ އެބައެއްގެ މެދުން ކަންނެއްކަމާއި, ފިނޑިކަން ނެތިވެ ހިނގައިދާނެ. ބައެއްގެ މެދުގައި ޝަރީއަތާއި ޤާނޫނަށް ތަބާވުން އަށަގެންފިކަމަށްވާނަމަ އެބައެއްގެ މެދުން އަނިޔާވެރިކަމާއި, ކުށްކުރުމާއި, ޖަރީމާތަކުން ނެތިވެ ސަލާމަތްވާނެ. އަޅުގަނޑުމެން ބޭނުންވަނީ ބަލިވުމުގެ ކުރިން ފުރިހަމަ ސިއްހަތާއި އާފިޔަތް ލިބިގަންނަން. ދުޅަހެޔޮ ރަނގަޅު ހެޔޮފަސްގަނޑެއްގައި ގޮވާން ހައްދަން. ކުށާއި ކުށްކުރުމުގެ ބިރުވެރިކަން އުފެދުމުގެ ކުރިން އަމާން ރައްކާތެރި ފާގަތި މުޖުތަމައުއެއް ބިނާކުރަން." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ފޯރަމްގެ ކަންކަން ހޯމް މިނިސްޓްރީން ކުރިއަށްގެންދެވީ އެމަނިކުފާނާ މަޝްވަރާ ކުރައްވައިގެންކަމަށެވެ. އަދި ފޯރަމްގެ މައުލޫމާތު ހިއްސާކުރެއްވި ވަގުތުވެސް ކަމުގެ މުހިއްމުކަން ޤަބޫލުކުރެއްވުނުކަމަށެވެ. ށ.އަތޮޅަށް އަމާޒުކުރައްވައިގެން މިލަންދޫގައި މިފަދަ ފޯރަމެއް ބޭއްވީތީ މެންބަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެކަން މިލަންދޫ ކައުންސިލްގެ ރައީސް އަބްދުالله އާތިފްވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސަލާމް

    ކަލޯ ގައްދާޜުން އަގަހުޅުވަން ލަދުގަންނަށް ޖެހޭ. އެ ސިފަތައް ނެތިގެން މި އުޅެނީ ވެރިކަމަށް ދީނާއި މިނިވަންކަންވެސް ގެއްލުވާލަން އެމްބަސީ އެއްގެ ދަށުގައި ވެފައިވާ ބަޔަކާއި ހެދި.ކަލޭ ބޮލުގައި ފޮތިއަޅައިގެން ނުކުތް ހަދާން ނުވޭތަ!މިހާރު ކަލޭ މަގާމު ލިބުނީމަ ފަހަރި ހަދާން ނެތީ.ވަރަށް ސަލާމް.

    36
  2. އަލީ

    ކަލޭ ދައްކާ ވާހަކަ އަޑުއަހާކައް ނުވާނެ! ތީ ބޮޑު މަކަރު ވެރިއެއް

    13
  3. ލޮލް

    ހޯމް މިނިސްޓަރު އިސްތިއުފާ. މިހާރުން މިހާރަށް އިސްތިއުފާ

    12
  4. 8787

    އިމްރާނު ކަލޯގެ ބާރުދާނެ ދުވަސް އިރާދަކުރެއްވިޔާ ވަރަށް ކައިރިވެއްޖެ

    11
  5. ސްކެ

    އިސްތަށިއުފުރާ އިމުރާނޫ

  6. އައިއެމް ސޭކު އިމުރާނު

    ސޭކު ޖައްބާރުން ދުނިޔެމަތީގަ ކުރި ނުބައިކަންކަމަށް ޖަޒާ ދެއްވާނެ ދުވަހެއް އެބައޮތް

  7. ރާއްޖެތެރެ

    ބަހާ އަމަލަ ދިމާނުވާ މީހުންނަ ތާއީދު ކުރެވެން ނެއް

  8. ރާއްޖެ

    ސަލާމަތް އޮތީ ކަލޭ ކަހަލަ މުނާފިގުން ފަހަތުން ޒުވާނުން ދިޔުން ހުއްޓާލައިގެން.

  9. ަވަލީދު

    އެއީ ދޮގުހެދުން ތަ ކަލޭ މޭޑޭ ގަހެދި ދޮގު ހަދާން އެބަހުރިތަ

  10. އިއްމަ

    ޒުވާނުންނަށް ތިބޭފުޅާ ދައްކަވަނީ ވަރަށް މަތިވެރި ރިވެތި ސަފައެއް. ދެފުއްކެހެރިކަމާއި، މަކަރުވެރިކަމާއި، އަބުރުކަތުލުން ފަދަ ނުބައި ހުރިހާ ސިފައެއް ތިބޭފުޅާ މި ޒުވާން ޖީލަށް ދައްކައިފި. ދެން ކޮންހާ ބޭކާރު ވާހަކައެއް ތި ދައްކަނީ. ފުރަތަމަ ތިމާ އަމިއްލަޔަށް ތާހިރުވެހުރެ އެހެން މީހުންނަށް ނަސޭހަތްދޭނީ. މިއީ އިސްލާމްދީނުގައިވެސް އަންގަވާފައި އޮންނަގޮތް.

  11. ހަސަން ކުރުސީ

    އިމުރާނޫ ތީދޮގު. އިންޑިޔާ ސިފައިން ގެނެސްގެން

  12. Anonymous

    އެއްއިރެއްގަ ވަރަށް ދީންވެރިވެގެން އުޅުނު މީހެއް.....ދީނަކީ ހުރިހާ ކަމެއްގެ ތަރަހަ ކަމަށް ހަދާ އެވާހަކަތަށް އެކިއެކި ތާޅަފިލިތަކުން އެއް ރާގަކަށް، އަޑަށް ބާރުލާފަ އަހަރުންނަށް ކިޔާދިން މީހެއް. މިއަދު ދީނޭ، ﷲއޭ، ރަސޫލާއޭ ވެސް ބުނުމަށްވުރެން ލަދު އިސް ކުރީބާ؟...

  13. ހުރަސް

    ކޮން ސިފަތަކެއްތަ ހުންނާނީ ، މުސްކުޅިވާދުވަހު ބާކީކޮށްލާނެކަން އެނގުނީމަ؟ ދަތް ހުރިދުވަހު ކާށި ކާނީކީ ނޫންތަ؟؟؟؟ ލަދު!

  14. ޕޮގުބާ

    ތީތަންދޮރު ދަންނަޖާހިލެއް ދެންނުކުރެވޭނެކަމެއް ރަގަޅެއް އުޅެވުނުގޮތް ހަނދާނެއް ނުވާނެ ތީގެ ޖާހިލުންނެއް

  15. Anonymous

    ކަލޭ ނުން މީހަކު ތިވާހަކަ ދެއްކި ނަމަ ވަރަށް ސަޅިވީސް

  16. ފަހަރި

    މުނާފިގުންގެ ސިފަތަށް ތިނެކެވެ މި ބީތާޔަށް މިވަރުވެސް ނޭންގޭތަ

  17. އިބްރާ

    ޒުވާން ޖީލު ރަނގަޅުކުރެވޭނީ އިމްރާ ކަހަލަ މީހުނާއި ދުރުކުރެވިގެން.

  18. މއާޒު

    ކޮބާހޭ ރިލްވަނާ ޔާމީނުގެ މަރުގެ ހެކިތައް މިކަހަލަ ކަންކަން ޒުވާންޖީލައް ވާސިލުނުވިއްޔާ ރަނގަޅީ

  19. އައްޑޫ ލެއި

    ތިބުނާ ސިފަތަށް ބޮޑަށް އަށަގަންނާނީ ރާއްޖެއަށް ވީހާވެސް ފަސޭހަގޮތަކަށް މަސްތުވާތަކެތި އެތެރަ ކުރެވޭނެ މަގުތަށް ހުޅުވާ ހުރިހާ ޒުވާނުން މަސްތުވެގެން ހޭބޯ ނާރާ މާމާރީ ހިންގާ މީސްމީހުންގެ މުދަލަށް ގެއްލުންދީ ރެއާދުވާލު ވައްކަން ކުރަން ޒުވާނުންނަށް ފުރުސަތު ދެވިގިންބާ؟؟؟ ލަދެއް ހަޔާތެއް ތިބިބައެއް ނޫން މީ ޒުވާން ޖީލު އެއްކޮށް ނެތި ކޮށްލާއިފި މަސްތުވާތަކެތީގެ އަވައިގަ ޖައްސުވާފަ

  20. ހިންދޫ

    ދީން ކިޔަވައިގެން ބަޢާވާތާއި، މުޒާހަރާ ، ނިވާނުވާ ވަރުގެސޯޓުލައިގެން ބޮޑެތިފިރިހެނުން ފުޓްބޯޅަކުޅުންކަހަލަ ރިވެތި ޞިފަތައް..

  21. މަނިކުފާނު

    ތިކަން ހައްލުވާނީ ދޮގުހަދައިގެން މީހުންގެ ބޮލުގަ ދޮގުއިލްޒާމްތަށް އަޅުވައިގެން ...