ގއ. ވިލިނގިއްޔަށް ވަންނަން ދިޔަ ލޯންޗެއް އެ ރަށު ނެރުގައި ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ހާލު ދެރަވި ތިން މީހުންގެ ތެރެއިން އެެކެއްގެ ހާލު ސީރިއަސްކަމަށާއި، އޭނާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް މިއަދު ވިދާޅުވީ، އެ ހާދިސާގައި އަނިޔާވި ތިން މީޙުންނަށްވެސް ފަރުވާދެނީ އައިޖީއެމްއެޗްގައި ކަމަށެވެ. އޭގެ ތެރެއިން ވެންޓިލޭޓަރުގައި ގެނައި މީހާއަށް އަދި ވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށާއި، އޭނާ އޮތީ އައިސީޔޫގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ދެން ތިބި ދެމީހުންނަށް ފަރުވާ ދެމުން އަންނަނީ އެމެޖެންސީގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ތިން މީހުން މާލެ ގެނެސް ފުރަތަމަ ގެންދިޔައީ އޭޑީކޭއަށެވެ. އެހޮސްޕިޓަލުން ސްކޭންތަކެއް ކުރުމަށް ފަހު މިހާރު އެމީހުންނަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގައެވެ.

މި ހާދިސާގައި ދެމީހަކު ވަނީ ނިޔާވެފައެވެ.

ރޭ 19:15 ކަންހާއިރު ހިނގި އެކްސިޑެންޓްގައި ނިޔާވީ މިސްބާހު އަބްދުލް މުހްސިން، 37 ލަންދޫ ޒުވާނެއް ކަމަށްވާ މުހައްމަދު ޝާފިއު، 27 އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ލޯންޗް ދަތުރު ކުރީ މިސްބާހުގެ އާއިލާގެ މީހަކާއި ޝާފިއުގެ އާއިލާގެ މީހަކު ކުރާ ކައިވެންޏެއްގައި ބައިވެރިވާން ޝާފިއު ބަލާ، އޭނާ މަސައްކަތް ކުރަމުން އައި ޕުލްމަން މޯލްޑިވްސް ރިސޯޓަށް ދިއުމަށްފަހު އެނބުރި ވިލިނގިއްޔަށް ކުރި ދަތުރެކެވެ.

މިސްބާހު ނިޔާވިއިރު ދެ އަނބިންނާއި ފިރިހެން ތިން ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ޝާފިއު މީހަކާ ކައިވެނިކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ލޯންޗްފަހަރު ބާރުސްޕީޑްގައި ނެރަށް ދިމާކުރުމަކީ ގިނަފަހަރަށް ނުރައްކާކުރިމަތިވެދާނޭ ޢަމަލެކެވެ. ޚާއްޞަކޮށް ކަނޑުގަދަ ރާޅުބޮޑުދުވަސްވަރުއެވެ، ކަނޑު މަޑު މޫސުމް ރަގަޅުނަމަވެސް ލޯންޗް ނެރާދިމާކުރުމުގެކުރިން ސްޕީޑް ދަށްކޮށް ދުރުންލާ ނެރަށް އަމާޒުހިފުމަކީ ބުއްދިވެރި ރައްކާތެރި ގޮތެވެ. މި ޙާދިސާގައި ވަކިވެދިޔަ ދެ ޒުވާނުންނަށް ފާފަފުއްސަވާ ސުވަރުގެ މިންވަރުކުރައްވާ ޢާއިލާތަކަށްށް ކެތްތެރިކަން ދެއްވާށިއެވެ. ބަލިއެނދުގައި ތިބި ދެމީހުންނަށް ޝިފާދެއްވާ ސަލާމަތްކުރައްވާށިއެވެ. އާމީން

    16
  2. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން
    ދަތުރު ތަކަށް ފެށުމުގެ ކުރިން ދަތުރު ނަމާދު ވެސް ކޮށްލައިގެން ދަތުރު ދުޢާވެސް ކިޔައިލާ ހަދައިގެން ދަތުރު ފަށާނަމަދޯ
    އުފާވެރި ކާވެނި ހިތާމައިގެ މުޅި ސާލަކަށް ބަދަލުވާން މިނެގީ ކުޑަ ހިނދުކޮޅަކެއް.
    އިންސާނުން ގެ އާރެއް ބާރެއް ނެތްކަން މިއެނގެނީ. ހެއްދެވި ފަރާތަށް ބިރުވެތިވެ އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެންވީ ވަގުތު ޖެހޭނެ ތަނެއް، އިރެއް ނޭނގޭ ކަމެއް. ވިސްނާ ބަޔަކަށް ޢިބްރަތް

  3. ޙަނދުކޭތަ

    އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އާމީން