އިންޑިއާ އަކީ ޕަޕެޓް ސަރުކާރުތަކެއް އަވައްޓެރި ގައުމުތަކަށް ގެނެސްގެން އަބަދުވެސް އެގައުމުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަ ގައުމެއް ކަމަށް ޕީޕީއެމްގެ ހެންވޭރު ސްޓިއަރިން ކޮމެޓީގެ މެންބަރު އަހްމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޗެނަލް-13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވައްޑެ ވިދާޅުވީ އިންޑިއާ އިން އަބަދުވެސް އައީ ރާއްޖެއަށް ކަޅި އަޅަމުންކަމަށެވެ. ވައްޑެ ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް ކަޅިއަޅަން ފެށީ އިއްޔެއަކު މިއަދަކު ނޫން ކަމަށާއި ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް އެކަން އޮތީ ފެށިފައި ކަމަށެވެ. ވައްޑެ ވިދާޅުވީ ރައީސް ވަހީދުގެ ވެރިކަމުގައި އިންޑިއާ އިން ދިވެހި ސަރުކާރު ނުހިންގޭ ވަރަށް ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވަމުން ގެންދިޔަ ކަމަށެވެ. "މިއީ އަޅުގަނޑުމެންގެ ތާރީޚްގައި ފެންނަން ހުރިކަންކަން. އޭރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދައްކަވާފައި ހުރި ވާހަކަތައް. އަދި އަޅުގަނޑުމެންނަށް ފެނުނު މަންޒަރު." ވައްޑެ ވިދާޅުވިއެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ވެސް އިންޑިއާ އިން މަސައްކަތް ކުރި ކަމަށާއި އޭރު ރާއްޖޭގައި ހުންނެވި އިންޑިއާ ސަފީރު އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް ވަޑައިގެން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރެއްވި ކަމަށް ވައްޑެ ވިދާޅުވިއެވެ. އެކަން އޭރު މީޑިއާގައި ރިޕޯޓް ވެސް ކޮށްފައި ވެއެވެ.

ވައްޑެ ވިދާޅުވީ ރާއްޖޭގެ ރިޔާސީ އިންތިހާބުތަކަށް ނުފޫޒު ފޯރުވަން އިންޑިއާ އިން މަސައްކަތް ކުރަނީ ރާއްޖޭގެ މުސްތަގުބަލް ހަލާކު ކޮށްލަން ކަމަށެވެ.

ވައްޑެ ވިދާޅުވީ 2018 ވަނަ އަހަރު ރައީސް މައުމޫނާއި، ރައީސް ނަޝީދާއި ގާސިމް އިބްރާހިމާއި ޝެހް އިމްރާން ވަނީ އިންޑިއާ އަށް ބައިއަތު ހިފައި އިންޑިއާގެ ޖީބުގެ ތެރެއަށް ވެއްޓިފައި ކަމަށެވެ. "މިހާރު ޑިޕްލޮމެޓިކް މިޝަންއަކުން ރާއްޖޭގެ ދާހިލީ ކަންކަމާއި ބެހެމުން މިދަނީ. އަޅުގަނޑުމެން މިނިވަން ކަމުގެ ދިފާއުގައި ނިކުންނަން މިޖެހެނީ މިލެވެލްއަށް ކަންކަން ދިއުމުން." ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ ދިވެހިން ތިބީ އިންޑިއާގެ އަޅުވެތިކަމުން ސަލާމަތް ވެވޭނެ ކަމުގެ އުއްމީދާއިއެކު އެވެ. "އަޅުގަނޑުމެން މިތިބީ ރައީސް ޔާމީން ވިދާޅުވާ ފަދައިން ދިރުމެއް ވާނަމަ އުއްމީދެއް އޮންނާނެކަން ގަބޫލު ކޮށްގެން އެއުއްމީދާއިއެކު." ވައްޑެ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝޮކްތެރަޕީ

    ރައްޖެ ސަލާމައް ކުރަން ވަރައް އުދަގޫވާނެ ޒުވާނުން ކުރާ ހިއްވަރައް ޝުކުރިއްޔާ. އިންޑިޔާ އައުޓް

    30
  2. ސާބަހޭ

    ވައްޑޭ އަށް މިކަން ވާނީ

  3. ހެހެ

    ސޭމް ގޯޒްޓު ޗައިނާ، ލުކްއެޓް ސްރީލަންކާ، އެމްޑީޕީ ވެސް ކަޑަ، ޕީޕީއެމް ވެސް ކަޑަ،

    ނީޑް ޕިއުރ މަލްޑިވިއަން ވިތް ޔޫތް، ވިތް ޕަވާރ ޓު ޓާން އެންޑް ތްރޯ އޯލް ދިސް ބުލް ސިޓް ޕީޕަލް ޓުދަ ބިން.

  4. ވެންޓި ލޭޓަރ

    މުޅި މާލެ ތެރޭގަ މަސާޖު ޕާލާތައް ހުރިހާ ލާރިއެއް ޤައުމުން ބޭރަށް ހުރިހިތާމައެގެ ބޮނޑުކަން ވެރިގެ ހިތްތަނުގެނެވެނީބާ