އޭވިއޭޝަން ދާއިރާގެ މީހުންނަށް ހާއްސަކޮށް ވަކި ގޮތްޕެއް އުފެއްދީ އެ ދާއިރާގެ މީހުންނަށް ވަކި ހައިސިއްޔަތެއް ދިނުމަށް ކަމަށް މޯލްޑިވްސް ތާޑުވޭ ޑިމޮކްރަޓިކް ޕާޓީ (އެމްޓީޑީ) އިން ބުނެފިއެވެ.

މިއީ އޭވިއޭޝަން ދާއިރާގެ މީހުންނަށް ހާއްސަކޮށްގެން ސިޔާސީ ޕާޓީއަކުން ވަކި ގޮތްޕެއް އުފެއްދި ފުރަތަމަ ފަހަރެވެ. ޕައިލެޓުންނާއި ކެބިން ކްރޫން ހިމެނޭ ގޮތަށް އޭވިއޭޝަން ދާއިރާގެ ގިނަ އަދަދެއްގެ ބަޔަކު ފަހަކަށް އައިސް އެމްޓީޑީއާ ވަނީ ގުޅެން ފަށައިފައެވެ.

އެމްޓީޑީގެ ނައިބު ރައީސް އިބްރާހިމް މުއާޒް އަލީ "ވަގުތަށް" މިއަދު ވިދާޅުވީ އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ 50 އެއްހާ ބޭފުޅުން އެ ޕާޓީއާ ގުޅިފައިވާ ކަމަށާއި އޭގެ ތެރޭގައި އޭވިއޭޝަންގެ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް އިސްބޭފުޅުން ހިމެނޭ ކަމަށެވެ.

އެހެންވެ އެހާ އެހާ ގިނަ އޭވިއޭޝަންގެ އިސް ބޭފުޅުންތަކެއް އެ ޕާޓީއާ ގުޅުމުން އެ ބޭފުޅުންނަށް ޕާޓީގެ ތެރެއިން ވަކި ހައިސިއްޔަތެއް ދޭން ނިންމީ ކަމަށް މުއާޒް ވިދާޅުވިއެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ އަންހެނުންގެ ގޮތްޕާއި ޒުވާނުންގެ ގޮފި ހިސާބުން ގޮފިތައް ނިމުނީއެއް ނޫނޭ. އެހެން ދާއިރާތަކަށް ވެސް ވަކި ގޮފިތައް ހަދާނަމޭ" މުއާޒް ވިދާޅުވިއެވެ.

އޭވިއޭޝަން ގޮފި އުފެއްދުމަށް ފަހު އެ ދާއިރާއާ ގުޅޭ ގޮތުން ބްރެއިން ސްޓޯމިންގެ ސެޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް މުއާޒް ވިދާޅުވިއެެވެ.

އެމްޓީޑީން އޭވިއޭޝަން ގޮތްޕެއް އުފެއްދި އިރު އެ ޕާޓީއަށް 3000 މެމްބަރުން ހަމަނުވާތީވެ ޕާޓީ އަށް މީހުން ހަމަކުރަން މިހާރު ވަނީ ނޯޓިސް ދީފައެވެ. ނަމަވެސް މުއާޒު ވިދާޅުވީ ނޯޓިސް ދީފައިވާ މުއްދަތުގެ ތެރޭގައި ޕާޓީއަށް މެމްބަރުން ހަމަކުރެވޭނެ ކަމަށެވެ.

"މިހާރުވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި ފޯމްތަައް 3000 މީހުން ހަމަވާ ވަރަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެ ވަރަށް" މުއާޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަމްކުޅިބޭ

    މުއްދަތު ހަމަވަންދެން ފޯމުތައް ބަހައްޓައިގެންތިބޭ. އެވިއޭޝަންދާއިރާގެ އެއްވެސް މީހަކު ތިޔަޕާޓީ އަކަށް ނުވަންނާނެ. މުއާޒްކޮސްވިއަސް އެހެންމީހުންކޮސްވެގެނެއްނޫޅޭ.3000މީހުން ހަމނުވާ ޕާޓީއަކަށް މީހުންހަމަކުރާކަށް އެކަކުވެސް ނުވަންނާނެ.

  2. ޙިޓްލަރ

    ބުރޯ، ތީ ޖަރުމަން ނާޒީ ލޯގޯ ނު

  3. އެއިރޯޑޯމް

    އޭވިއޭޝަންދާއިރާގެ ޓުރޭނިން ދޭންއުޅޭ، ޕާޓީ ބަދަލުކޮށްލާ ޓުރޭނިން އިސްޓިޓިއުޓަކަށް..

  4. ސޯލިބޭ

    ތިޔައީ ޕާޓީ އެއްނޫން. ތިޔައީ އިންޑިއާ މީހުން ފިހާ ޗަޕާޓީ

  5. ގަލަން ތުނޑުވވވވވ

    ތިޔަޕާޓީއަށް މީހުން ވައްދަނީ މަކަރާ ހީލަތުން..މީހުންނަށް ނުވެސް އެނގި..މަވެސް އޮތީ ވައްދާފަ ޖާހިލު ކަލޭގެ މިކަލޭގެ މައްސަލަ އޭސިސީން ބަލާ އީސީއޮތީ ނިންދަވާފަ