ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މިވަގުތު އައިޖީއެމްއެޗްގައި ފަރުވާ ދެނީ ނުރައްކާތެރި ބައްޔަކަށް ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނެފިިއެވެ.

އެމްޓީޑީން މިއަދު ބުނީ އެ ޕާޓީގެ ލީޑަރު އަދީބަށް ޖެހިފައި ވަނީ ނާރުގެ ނިޒާމަށް އަސަރުކުރާ ފުރާނައަށް ނުރައްކާތެރި ބައްޔެއް ކަމަށެވެ. އަދި މި ބަލި ފެނުނު ކަމަށް ބެލެވެނީ 2015 އިން ފެށިގެން 2018 ގެ ނިޔަލަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ ކަމަށް ބުނެފައިވެއެވެ.

އަދީބު ޖަލުގައި ބަންދުކޮށްފައިވީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ޚިލާފުވެވޭ ޙާލަތެއްގައި ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި އަދީބަށް ފަރުވާ ދެނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައެވެ. އެމަޖެންސީ ރޫމުގައި އަދީބުގެ ޓެސްޓުތަކެއް ވެސް ހަދާފައިވެއެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

އަދީބަށް އައިޖީއެމްއެޗްގައި ފަރުވާ ދެނީ ރާއްޖެ އިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ އަށް އެދިވަޑައިގެންފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2020 ގައެވެ. އަދީބު ވަނީ ދައުލަތާ އެކީގައި އިއުތިރާފް އެއްބަސްވުމެއް ވެސް ހަދައިފައެވެ.

އަދީބު ޖަލަށް ހުކުމް ކުރި ނަމަވެސް ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އަދީބު ގޭ ބަންދުގައި ހުންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. އާދަނު

    އިމަޖެންސީގައި ބޭރަށް ފުރުވައިލަނީ! މިއީ ޑީލްގެ ދަށުން ހިންގާ ޖަރީމާ

    80
    2
  2. ސަނާ

    މީހެއްގެ މައްޗަށް ދޮގުހެކިދީ އެމީހާގެ ޒިންދަގީ ދުއްވައިލިމީހަކަށް އަމާންކަމާއެކު އުޅެވޭނޭކަމަށް ދުށުމަކީ ކުށްދުށުމެކެވެ. މީ ޝައްކަތްއޮތްކަމެއްނޫނެވެ. މިވަގުތު މަކަރަކުން ޖަހައިލިޔަސް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި އެމީހާ މިކަމުގެ ވޭން އުފުލާނެއެވެ.

    94
    1
    • ޙެހެހ

      އެއްވެސް އިންސާނަކީ މާ ބާރުގަދަ މީހެއްނޫން

      68
  3. ނަހުލާ

    އެއީ ކަރަޕްޝަންކިޔާ ބައްޔެއް.

    90
    1
  4. ބެއްޔާ

    އެހެންވިއްޔާ ﷲއަށް ބިރެއްނެތި ސޯލިހަށްބިރުވެތިވެ. ޔާމީނަށް ދޮގުހެކި އިތުރުކޮށްދީ.

    64
    2
  5. ޙސހސ

    ރާއްޖޭން ބޭރަށްދާން ކުޅޭ ފިލްމެއް ތޯ.

    77
    2
  6. ބޯހަލާކު

    ވަޅެއް ކޮނެފައި ވަޅުލަންވީނުން. ރައްޔިތު އެންމެންގެ ފައިސާއިން ވައްކަން ކުރީމާ މާތްކަލާނގެ އޭގެ އަޒާބު ދައްކަވާނެ. އަދި މީސްތަކުން އެމީހަކަށް ލައުނަތްވެސް ދޭނެ.

    69
    1
  7. ހަވާސާ ހާދިސާ

    ތިބަލި ރަންގަޅުވާނީ ޓަގުބޯއްޓަކަށްލާފަ ބޭރަށް ފުރުވަލީމާ!

    68
    2
  8. އަލީ

    ރަނގަޅު ވާހަކައެއް! ތީ ވަރައްވެސް ނުރައްކާތެރި ބައްޔެއް. ތީ މިހާރު ރާއްޖޭގަވެސް ވަރަށް ބޮޑައް ފެތުރިފަވާ ބައްޔެއް. ދެރައީ ތި ބައްޔަކީ ޑޮކްޓަރީ ފަރުވާލެއް ދެވެން ނެތް ބައްޔަކައް ވީއިރު ހޮސްޕިޓާ ތަކައް ދަމާތީ. ހެހެ

    62
    1
  9. ސަނާ

    އޮބްސެސިވް މަނީއީޓިން ޑިސްއޯޑާ ދެއްތޯ ؟؟ ޙެހެހެ

    54
    1
  10. Anonymous

    ނުރައްކާތެރި ބައްޔެކޭ ތިކިޔަނީ ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި ނޫންބާ!؟ ނުރައްކާތެރި ބައްޔެއް ޖެހިފައިވާނަމަ ތިއީ އިބްރަތް ލިބިގަންނަންޖެހޭ ކަމެއް. އަތްތިލައިގެ އިނގިލިތަކުން އިބިލީހުގެ ދެދަޅު ދައްކާ އެންމެނަށް ނުރައްކާތެރި ބަލިތައް ޖެހޭ. ﷲ ގެ ކުޅަދުންވަންތަކަން ތިމީހުނަށް ނުވިސްނެނީ ދޯ.

    53
    1
  11. ހާލުފޮޅި

    ެއެހާ ނުރައްކާތެރި މީހެއް…

    45
    1
  12. ހުސޭނުބޭ

    އެބަލީގެ ފަރުވާ ލިބެން އޮތީ ރާއްޖޭން ބޭރުން ........ އެ ފިލީ ...... ކެކެކެކެކެ

    47
    1
  13. ރާކަނި

    އެހެންތާ ވާނީ.

    30
    2
  14. Anonymous

    ދޮގުހެކިދޭ ނުބައިމީހުންގެ ނިމުންއަންނަ ގޮތަކީ ދެން ތިބި ބަޔަކަށް އިބުރަތަކަށްނޫނީ ނުވާނެ.

    53
    1
  15. މިތުރު

    ތީ ބޭރަށް ފުރުވާލަން ޖައްސާ ގޭމެއް.ތިބައްޔަށް ރާއްޖެއިން ފަރުވާވެސް ނުކުރެވޭނެއޭ އަދިިބުނާނެ. ނުރައްކާތެރި ބައްޔެއްހުރިނަމަ އެވާހަކަ ނުބުނެ ސިއްރުކުރާނެ.

    40
    1
  16. ކުޑަބޭޕާޓީ

    ވަރަށް މޮޅެތި ޑޮކްޓަރުންތާމިމީހުންނަކީ މުޅިންފޭކް

    22
    2
  17. އިބްރާހިމް

    އިބޫސާލިހު ބުނެގެން ހެދިހައި ދޮގާއި މަކަރު ފޮރުވުަށްޓަކައި ބޭރަށް ދިއުމުގެ ބަލި ޖެހުނީތޯ؟

    37
    2
  18. ޙެހެހ

    ރާއްޖޭގައި ނެތް ފަރުވާއެއްދޯ

    24
  19. ޙެހެހ

    ދިވެހިރާއްޖެއަކީ ފުއްގަނޑެއް ، ޙަމަ މޮޑެންވީ

    31
  20. ޙެހެހ

    ތިބަލީގެ ފަހަތަށް އެމް.އެން ޕީއާރުސީ އަަދޭތޯ ، ކިހާދެރަކަންކަންމީ ، ޤާނޫނުއަސާސީއަކީ ކީއްކުރާއެއްޗެއް ، އެޔަށް ތަބާވާނީ ކިހިނެއް

    31
  21. ޢިޔާބު

    ވެރިކަން ބަދަލުވާއިރަށް ފިލާ ރައްކާވަނީ

    21
  22. އއ

    ސަރުކާރު ބަދަލުވެދާނެހެން ހީ ވާތީ ބަޗަން އުޅެނީ

    21
  23. ސުސޫ

    ނުރައްކާތެރިބަލި "ފިލާގެންބެޗުން"

    15
    1
  24. Anonymous

    ރާއްޖޭގެ ކޯޓުތަކުގެ ބާރު ހިނގަނީ ރާއްޖެތެރޭ ނިކަމެތި އާއިލާތަކުގެ ކުދިންނަށް މާލޭ ބޭފުޅުންނާ ގުޅިފައި ތިބޭ މީހުން ތިބޭނީ ރާއްޖޭން ބޭރުގައި ނޫނީ ގޭ ބަންދުގައި ދެން ފެންނާނީ މިނިވަން ކުރާތަން މިއީ ކުޅޭ ކުޅޭ ޓޯއީ ގައުމެއް

    18
  25. އިޔާޒް

    އިންސާނާއަކީ ހާދަ ނިކަމެތިބައެކޭ ކިތަންމެ މީހާ ބޮޑާވެ ކިބިރުވެރިވެ މީހުނަން އަނިޔާވެރިވިޔަސް އެކަލާންގެ ހުރިހާކަމެއް ބައްލަވާ ވޮޑިގެންވޭ

    18
  26. ޢަޒްރާ ޢަލީ

    އަދީބަށް އިނގޭ ވެރިކަން ބަދަލުވާނެކަން ވެރިކަން ބަދަލު ވެއްޖިއްޔާ އަލުން ގޮޅިއަށް ލާނެކަން އެހެންވެ ފިލަން ވެގެން ގޭމެްްއެއް ކުޅެނީ ނުރައްކާތެރި ބައްޔެއްވިއްޔާ ފަޅުރަށަކަށް ފުނުވާލާ ނަރުހުންނާއި ޑރ ނާއެކު

    16
  27. Anonymous

    ޢަވަސް ޝިފާއަކަށް އެދެން...
    އަދީބަކީވެސް ނުރައްކާތެރި މާސްޓަރ މައިންޑެއް.. 2012 އިން 2017ވަނަ އަހަރާއި ހަމަޔަށް ރާއްޖޭގައި ހިނގައިދިޔަ ނުރައްކާތެރި އަދި ކޮރަޕްޓް ޖަރީމާތަކުގެ ހަޤީގަތް އެނގޭނެ އެކަކު..އަދި ކުރިޔަށް އޮތަނުގައި ސިޔާސީ ކުރިމަގު އޮތް ދުވަސް ކޮޅަކުން އަފްއާމެއްގެ އަޅައިގަނެ ސިޔާސީ ގޮތުން ގަދަކޮށް ނުކުންނާނެ މީހެއް..

    9
    4
  28. އެމީހާ

    ﷲ އައްބިރެއްނެތި އެކަލާނގެ ގަންދީއެތަށް ހުވައެއްކޮށް އެހުވަޔާ ޚިލާފުވާމީހުނައް ތިޔައްވުރެނުރައްކާތެރި ތިޔައްވުރެ ބޮޑެތި މުޞީބާތްމެދުވެރިކުރެއްވުންވެސް އެކަލާނގެ ކުޅަދުންވައްތައެވެ. މުޅިދިވެހިރާއްޖޭގެ ޚަޒާނާއިން އެތައްމިލިޔަން ރުފިޔާއަަކައް ޚިޔާނާތްތެރިވިމީހަކައް ތިޔައްވުރެނުރަށްކާތެރިބައްޔެއްޖެއްސެވުމައްވެސް ﷲ ކުޅުދުންވަންތައެވެ. އަދިވެސްރަށްޔިތުންގެ ކިބައިން މާފައްނޭދި ބޮޑާކަމާ އެކުއެހެންމީހުން ގެ ބޮލުގައި ތުހުމަތުއަޅުވަނީ ހެއްޔެވެ.

    13
    1
  29. Anonymous

    ޢެ ބައްޔައް ކިޔަނީ އެމްއެމްޕީއާރްސީ ލާރިގަނޑު

    12
  30. ކުރުސީ

    ތިޗަރުކޭސް އަކީ ގާސިމްބެ ވެސް ކުޅުނު ޗަރުކޭސް، ލާރިގަނޑު އަތުގަ ޖެހެން އޮތީ ސިންގަޕޯރ އަށްގޮސްގެން އެހެންވެ ކުޅޭ ޗަރުކޭސް އެއްތިއީ!

    15
  31. ސާޖިދު

    ތި ބައްޔަށް ކިޔާ ނަމެއްވެސް އޮންނާނަށްވާން؟ވަގު ބަލިތަ؟ސީޔަސީ މީހުން ދައްކާ ދަޅަޔަށް ހެއްލޭނީ ސިޔަސީ މީހުން.

    14
  32. ޖުހާ

    ައަދީބު ވިހޭންސުރެ އޭ ނާ އަށް ވަނީ ވަރަށް ނުރައްކާތެރި ބައްޔެއް ޖެހިފައި.

    12
    1
  33. ނުރައްކާތެރިބަލި

    އަދި ކިރިޔާ ތެދެއް ތިބުނެވުނީ. ތިބުނާ ނުރައްކާތެރި ބަލި ޖެހިގެން އުޅޭތާ ކިތަންމެ ދުވަހެއް. އެބަލި ޖެހިގެން ދައުލަތުން އެތައް ބައިވަރު ފައިސާއެއް އަމިއްލަ ޖީބަށް ވަނީ. އެބައްޔަށް ބޭސްފަރުވާކުރަން ވަދެ ތިއޮތީ އަދި ކިރިޔާ. ދެން އިވޭނީ ފުރައިގެންދިޔަ ވާހަކަ. ތިއޮތީވާ ނުރައްކާތެރި ބައްޔެއް.

    12
  34. ރަން ރީނދޫ

    ވައްކަންކޮއް ދޮގު ހެކި ދިނުމަކީ ވަރަށް ނުރައްކާތެރި 2 ބަލި

    14
  35. މީހާ

    އުންމީދަކީ މީނާގެ ނިމުން ދިރިތިބީންނަށް އިބުރަތަކަށް ވެގެން ދިއުން

    13
  36. އިބޫ ހޯލިސް

    ޖަލުގަ އޮއްވަ ޖެހުނު ބައްޔެކޯ، އޭނާ ކަހަލަ މީހަކު ބާއްވަން އެކަށީގެންނުވާ ތަނެއްގަޔޯ ބާއްވާފަ އޮތީ.
    އެހެންވީމަދެން ދައުލަތުން އޭނައަށް ބަދަލު ދީފަ ކުރި ހުރިހާ ކުށަކަށް މާފުދީފަ ދޫކޮށްލަންވީނު
    އަދި ދައުލަތުންވާނެ އޭނަގެ ކިބައިން ރަސްމީކޮށް މާފައްވެސް އެދެން އަދި އެއާއިއެކު އޭނާއަށް ވާނެ، ދިވެހި ދައުލަތުންދޭ ޝަރަފުގެ އެންމެމަތީ ޝަރަފުވެސް އަރުވަން
    ބޭބެގެ ބޯހަލާކު

  37. އފޫން

    އެހެން ގައުމުތަކުގައި ތިބެނި ރައްޔިތުންގެ ޕާޓީތަކެއް.. މިތާ މިތިބެނީ ހުސް ވަކި ވަކި މީހުންތަކެއްގެ ފަހަތުގައި އެނބުރޭ ޕާސަނަލިޓީ ކަލްޓުތަކެއް.

  38. ބުއްޅަބޭ

    އެއީ ހޭބަލި....

  39. ޢަލީޔާ

    ތިވާނީ ރާއްޖެ ބައްޔަށް، ތިބަލީގެ އަލާމާތް ތި ބޮޑުވީ، އީސީ ކިޔާތަނަކުން އިއުލާނެއް ނެރުނު ފަހުން. ތިރާއްޖެ ބައްޔަށް ފަރުވާ ލިބޭނެ މި ގައުމުން ބޭރަށް ކޮއްމެ ތަނަކަށް ދެވުނަސް.

  40. އައްޔަބޭ

    ފުރަތަމަ ލީކުވީ އަދީބު ފުރުވާލާ ވާހަކަ
    ދެން އެވީ ބަލިމީހަކަށް
    ކުއްލިޔެކަށް އައިސީޔޫ އަށް
    އައިސީޔޫ އިން ބޭރަށްް ފުރުވާލުން
    ސަރުކާރުގެ ސެކިއުރިޓީ އާއިއެކު
    ދެން ފިލައިފި ވާހަކަ
    ދެން ރެޑްނޯޓިސް ނެރުން
    ދެން އެވާހަކަ އެއް ނުދައްކާނެ

  41. ާދަލޭކް

    ފައިސާ އަކީ އެއްވެސް އާރެއް ބާރެް ހުރި އެއްޗެއްނޫންްކަން ވިސްނާ ފިކުރުކުރާ ބަޔަކަށް އިނގޭނެ.

  42. މުފީދު

    އަނދީބު ނިދަނީ މެސިނެއް ބޭނުން ކޮށްގެން ކަމަށް ވަނީ އިނގޭ! ކިހިނެކޯ ވަނީ އަނދީބަށް! އަސްލު މީގެ ކަލްޕްރިޓަކީ ޔާމީނު! އެއީ ޔާމީނު މި އަނދީބު ވިޔާ ނުދާ މީހަކަށް ހެދި މީހަކީ އެނގިއްޖެ!