މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) ގެ އޮފީސް ހުޅުވައިފިއެވެ.

މާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ އޮފީސް ހުޅުއްވައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ. އެމްޑީޓީގެ ކައުންސިލްގެ އިސް މެންބަރުން އެ ޖަލްސާގައި ބައިވެރިވަޑައިގެންފައިވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކައުންސިލްގެ މެންބަރު ހުސެއިން ސައީދު ވިދާޅުވީ މީގެ ހަތަރު އަހަރާއި ހަތް މަހާއި 20 ދުވަސް ކުރިން ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހުމަދު އަދީބު މާފުށީ ޖަލުގައި ހުންނަވައިގެން ކުރަހަން ފެށި ތަސްވީރުގައި ކުލަ ޖެހިފައިވާ ކަމަށެވެ.

އަދި 3،033 މެމްބަރުންނާ އެކުގައި ޕާޓީ ވުޖޫދަށް ގެނެސް އަދީބުގެ ހުވަފެން ހަގީގަތަކަށް ހަދާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޓީޑީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދާދު

" އުމުރުން 29 އަހަރުގައި އެންމެ ޒުވާން ކެބިނެޓް މިނިސްޓަރަކަށްވުމުގެ ފުރުސަތު އަދީބަށް ލިބުނު. ދުނިޔޭގެ ތާރީހުގެ ތެރެއަށް ވަދެގެން ދިޔަ އެންމެ ޒުވާން ނައިބް ރައީސްއަށްވުމުގެ ޝަރަފްވެސް ލިބުނު. ރާއްޖެ މިއަދު ދެކެމުންދާ ތަރައްގީގެ ހަގީގީ ބާނީއަކީ އަދީބް. މި ފަށާ މަސައްކަތަކީ ހީވާގި މާލިމީ ގޮވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވާސިލްވެ ޒުވާނުންގެ އަޑު އިއްވާ. ރާއްޖޭގެ އެންމެ ބޮޑު އެންމެ ކާމިޔާބީ ސިޔާސީ ޕާޓީއަކަށް ހެދުމުގެ މަސައްކަތް." ހުސެއިން ސައީދު ވިދާޅުވިއެވެ.

މި ދަނޑިވަޅުގައިވެސް އޮފީސް ހުޅުވި މައިގަނޑު މަގްސަދަކީ ޕާޓީގެ މަސައްކަތްތައް ކުރިއަށް ގޮސް ޒުވާނުން މިހާރު ތިބީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވަން އަތްކުރި އަޮޅާލާފައިކަން ހާމަކުރުމަށް ކަމަށް ވިދާޅުވިއެވެ.

އެމްޑީޓީގެ ސީނިއާ ކައުންސިލް މެންބަރު މުހައްމަދު ހަލީމް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ގެނައި ކުރިއެރުމާއި ތަރައްގީގެ އަސްލު ރޭވުންތެރިއަކީ އަދީބު ކަމަށެވެ. ބްރިޖް އެޅުމުގެ މަސައްކަތައް ޗައިނާ ސަރުކާރުން ނޯ ޖެއްސެވި ކަމަށާއި އެހެން ނަމަވެސް އަދީބު ޗައިނާއަށް ވަޑައިގެން އެ ގައުމުގެ ސަރުކާރާއި މަޝްވަރާކުރައްވައިގެން ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވި ކަމަށް ވިދާޅުވިއެވެ.

އެމްޓީޑީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ދާދު

މި ގައުމުގެ އިގްތިސޯދު ފުޅާކުރުމަށް ބޭރު އިންވެސްޓަރުންނާއި ބައިނަލްއަގްވާމީ ހޮޓަލް ޗެއިންތައް ގެންނަވައި އިގްތިސޯދު އަދީބު ފުޅާކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގަހުރަމާނު

    ފާޅުކަން ބޮޑުގޮތުގަ އަދީބާއި ޑީލް ހަދައިގެން ރައީސް ޔާމީނަށް އަނިޔާކުރިކަމުގެ ހެކި މި ފެންނަނީވެސް. އަދީބު މިފަހަރުވެސް ކަޅުދަބަހުގަ އެމްޑީޕީ ގެ ކެމްޕޭނަށް ލާރި އަޅާނެ. ކޮންތާކުން އޭނަ ހޯދި ލާރިއެއްތޯ؟ ހަމަ އެމްއެމްޕީއާރުސީ އިން ކައްވާލި ލާރި. ދިވެހި ރައްޔިތުންގެ ލާރި. އެހެންވެ ރައްޔިތުން ހުރިހާ ދިމާލަކުން އަރާ ކޮންމެ ރަށަކުން ވަގަށް ގޮވަނީ!

  2. ލާމުރީކޯ

    ބޮޑެތި ވަގުން ތިބި ޕާޓީ އޮފީސް ރީކޯ ހުޅުވީމަ ދެން ގައުމަށް ވާން އުޅޭގޮތް ވަރަށް ސާފު

  3. ހުވަދޫ އަލިބެއްޔާ

    އެއި މަސްފަލަ ވަގެއް..

  4. ވަރަށް ސަލާން

    ތިހުރިހާ ކަމެއްކުރިއިރު ރައްޔިތުންގެ ފައިސާއިން ވައްކަންކޮށް ބޮޑުމުއްސަންޖަކަށްވި ހަދާންވެސް އަހަރުމެން ޢާންމު ރައްޔިތުން އެބަހުރި

  5. އައްނި

    35މެމްބަރުން ޕާޓީން ކެޑޭއިރައް އޮވާލާހިސާބުގަ ތިއޮތީ ޕާޓީ ދެން އަގައިގަ ދޫއޮތީމާ ތަޅުވަނީ ރުފިޔާހުރެދާނެ އެކަމަކު ޕާޓީއެއްނޯންނާނެ

  6. ޑައެލޯގް

    ގައުމުގައި ވަގެއް، ކުއްވެރިއެއް، ރާބޯމީހެއް، ޓެކްސްނުދައްކާމީހެއް، ރޭޕްކުރާމީހުން، ޑްރަގް އެތެރެކުރާމީހުން، ލާދީނީމީހުން، ކެސީނޯހުޅުވަން މަސައްކަތްކުރާމީހުން، މުރުދައްދުވެފައިވާ މީހުން މިހުރިހައިމީހުން އިބޫގެ ފަހަތަށް މިހާރުއެވަނީ ޖަމާކޮށްނިމިފައެވެ. އަދިވެސް އަންނާނެއެވެ.

  7. ކޮސްފަހަރި

    އަހަރެމެން މިއުޅެނީ ޖަންގަލީގަ ބާ؟ ޖަލަށް އެތައް އަހަރސކަށް ލާފަ ހުރި މުޖްރިމެއް އުފައްދައިގެން އުޅޭ ޕާޓީއެއްގެ އޮފީސް ވެރިކަން ކުރާ ޕާޓީ ގެ ފަރާތުން އަދި ރައީސުލްޖުމްހޫރިއްޔާ ރުހުން ލިބިގެން ބައިވެރިވުމަކީ ގައުމުގެ ތިބި ގައްދާރުން ވެރިަކަމާ ހެދި ޝައިތާނާ އާ ވެސް ބައިވެރި ވެދާނެކަން.

  8. އެމްއެމްޕީއާރސީ

    މިހާރު އަސްލު އެމްއެމްޕީއާރސީގެ ލާރިގަނޑު ކެއީ ކޮންބައެއްކަމާ ކަމުންދަނީ ކޮންބައެއްކަން ރަނގަޅައް އެނގިހާމަވަމުން އެދަނީ ރައްޔިތުންނޭ މިވެރިންނައް ނޫނެކޭބުނަންޖެހޭ ވަގުތު އަތުވެއްޖެ ހުރިހާރައްޔިތުން އަތުގުޅާލާ މިމީހުން ބޭރުކުރޭ