ފްރެންޗް ނޭޝަނަލް ޕޮލިސްގެ އެލީޓް ޓެކްޓިކަލް ޔުނިޓެއް ކަމުގައިވާ ރިސަރޗް، އެސިސްޓަންޓް، އިންޓަރވެންޝަން، ޑިސުއޭޝަން (ރެއިޑް) ގެ ފަރާތުން ފުލުހުންނަށް ހާއްސަ އޮޕަރޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.

އޮޕަރޭޝަން އެކްސަސައިޒް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

ދ. ވާނީ އާއި މާލޭގައި ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ރެއިޑްގެ ދެ ތަޖުރިބާކާރުންނެވެ.

ފުލުހުން ވިދާޅުވީ އެ އެކްސަސައިޒްގައި، އާމްޑް ޓެރަރިޒަމް ފޯސަސްއާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭނުންވާ ޓެކްނިކަލް ޓްރެއިނިންގ އާއި އެފަދަ ފަރާތްތަކާ ދެކޮޅަށް އެޅިދާނެ އެހެނިހެން ފިޔަވަޅުތަކާ ގުޅޭގޮތުން އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މެއި 30 އިން ޖޫން 2 އަށް ކުރިއަށް ގެންދިޔަ އެ އެކްސަސައިޒްގައި 27 ފުލުހުން ބައިވެރިވިއެވެ.

ރެއިޑް އަކީ 1985 ވަނަ އަހަރު ފްރާންސް ފުލުހުންގެ ތެރޭގައި އުފެއްދި ޔުނިޓެކެވެ. މިހާރު އެޔުނިޓްގެ އެންމެ މުހިއްމު މަސައްކަތަކީ ފްރާންސް ފުލުހުންގެ ތެރޭގައި އޮންނަ ޓެރިޒަމްގެ ކަންކަން ބަލަހައްޓާ ޔުނިޓާއި ގުޅިގެން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރުމެވެ. އޭގެ އިތުރުން ވެސް ގިނަ މަސައްކަތްތަކެއް ރެއިޑް އިން ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯގޯސް

    ފްރާންސް އައުޓު ގޮވާކަށް ނުވޭބާ؟

  2. ކޮތަރު

    ބޯގޯހަށް ތަނެއް ދޮރެއް ވާނުވާއެއް އެނގޭބާ. ބަޔަކު ފަހަތުން އައިސް ބުރަކަށިން މަސްގަނޑެއް ނޮޅާ ކައިގެން ދިއަސް މިކަހަލަ ދެބަންދިހާރުންނަށް ރޭކާވެސް ނުލާނެ. ފްރާންސަކުން ދިވެހިރާއްޖެއަށް ދަހިވެތިވެ، ރާއްޖޭގެ ޣައްދާރުންނަށް ފިލިޖަހައިގެން އޮޅުކޮށް ރާއްޖެ އަޅުވެތި ކުރާކަށް ނުތެޅޭ. އިންޑިއާ އައުޓޭ ގޮވަނީ ރާއްޖޭގެ ބާޣީންގެ ބޮލަށް ސަވާރުވެގެން އެމީހުންގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިންޑިއާގެ އަސްކަރީ މަރްކަޒް ތައް ޤާއިމްކޮށް އަދި ދަރި ދަރިކޮޅަށް ދާންދެންވެސް ބީހިކެއް ނެތް މިންވަރަށް ރާއްޖެ ދަރަނިވެރި ކުރުވަމުން ގެންދާތީ. އިންޑިއާ އައުޓް.

    1
    1
  3. ކޮތަރު

    ބޯގޯހަށް ތަނެއް ދޮރެއް ވާނުވާއެއް އެނގޭބާ. ބަޔަކު ފަހަތުން އައިސް ބުރަކަށިން މަސްގަނޑެއް ނޮޅާ ކައިގެން ދިއަސް މިކަހަލަ ދެބަންދިހާރުންނަށް ރޭކާވެސް ނުލާނެ. ފްރާންސަކުން ދިވެހިރާއްޖެއަށް ދަހިވެތިވެ، ރާއްޖޭގެ ޣައްދާރުންނަށް ފިލިޖަހައިގެން އޮޅުކޮށް ރާއްޖެ އަޅުވެތި ކުރާކަށް ނުތެޅޭ. އިންޑިއާ އައުޓޭ ގޮވަނީ ރާއްޖޭގެ ބާޣީންގެ ބޮލަށް ސަވާރުވެގެން އެމީހުންގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އިންޑިއާގެ އަސްކަރީ މަރްކަޒް ތައް ޤާއިމްކޮށް އަދި ދަރި ދަރިކޮޅަށް ދާންދެންވެސް ބޯހިކެއް ނެތް މިންވަރަށް ރާއްޖެ ދަރަނިވެރި ކުރުވަމުން ގެންދާތީ. އިންޑިއާ އައުޓް.

    1
    1