ދަރަނީގެ މައްޗަށް ދަރަނި ނަގަމުން ގޮސް، އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުކުރާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން އެގޮތަށް ވިދާޅުވެފައިވަނީ މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާ އެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އެރުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކާއި އިގްތިސާދީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން ފާޅު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އަލީ ހުސެއިން ވިދާޅުވީ ދަރަނި އަދާކުރުމަށް ދަރަނި ނަގަމުން ނަގަމުން ގޮސް، މިނިވަންކަމާއި ސިޔާދަތު ދިވެހިންގެ އަތުން ދޫވާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށާއި ދަރަނީގެ ވިހަ ބުރުން މިންޖު ނުވެއްޖެ ކަމުގައިވާނަމަ އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށެވެ.

"ދަރަނި އަދާކުރަން ދަރަނި ނަގަމުން ނަގަމުން ގޮސް، ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަތުން ދޫވާ ހިސާބަށް މިވަނީ ގޮސްފައި. މި ދަރަނީގެ ވިހަ ބުރުން މިންޖު ނުވެއްޖެ ނަމަ، ބޮޑެތި ގެއްލުންތަކާއި ރައްޔިތުން ކުރިމަތިލާން ޖެހިދާނެ." އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން ވަނީ މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އިތުރު 4.8 ބިލިއަން ރުފިޔާގެ ލޯނު ނަގާފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ދައުލަތުގެ ދަރަނި ވަނީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދަރަނި އިތުރުވެފައިވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިތުރު ލޯނު ނެގުމުންނެވެ.

އެގޮތުން ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. އެއީ ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 33 ބިލިއަން ރުފިޔާގެ އިތުރުން، އެތެރޭގެ ދަރަނީގެ ގޮތުގައި ހިމެނޭ 52 ބިލިއަން ރުފިޔާއެވެ.

ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނީގެ އަދަދު ހުރީ 46 ބިލިއަން ރުފިޔާގައި ކަމަށް ދައްކާއިރު، އޭގެ ތެރޭގައި އެތެރޭގެ ދަރަނި ހުރީ 56 ބިލިއަން ރުފިޔާގައެވެ.

ފިނޭންސްގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވަނީ 97 އިންސައްތަ އަށް ކުޑަވެފައެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104 އިންސައްތައިގައެވެ.

އަދި މިވަގުތު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 87 ބިލިއަން ރުފިޔާގައި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ނިމުނު އިރު އެ އަދަދު ހުރީ 10 ބިލިއަން ރުފިޔާ ދަށްކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަހުމަދު

    އިންޑިޔާއެއް ޗައިނާއެއް ކިޔާނެކަމެއް ނެތް އެއްވެސް ގައުމެއްގެ ދަރަނީގަ ޖެހެންޏާ ހަލާކުވެދާނެ. މިޔައްކިޔަނީ މޮޑާރން ސްލޭވަރީ. ބޭރުގައުމުތަކާއި ގައުމުގެ އެތެރޭގެ ހާއިނުން ގުޅިގެން ހިންގާ ޖަރީމާ މިއީ

    22
  2. ދާދާ

    އިންޑިއާގެ ކެހިވެރި މަޅިތަކުގައި ޖެހި ދިވެހިން ހަނާވަމުން މިދަނީ. މިއީ އިންޑިއާއިން ބޭނުންވާ ގޮތް. އިންޑިއާއިން ބޭނުންވާނީ ދިވެހިންގެ ކުރިއެރުން ހުއްޓުވަން ޤައުމުގެ އިގްތިސޯދު ފުނޑާލަން. ދިވެހިން ހާލުގައި ޖައްސަން. މިއަދު މިއޮތީ އެތަން އައިސްފައި. އެމީހުން ކައިރިއަށް ސަލާންޖަހަން ގެނައުން ބޭނުމަކީ. މަރުމޯލުންތަކެއް ވެރިކަމުގައި ތިބެގެން އިންޑިއާއިން ހަދަނީ ހިތުހުރި އެއްޗެއް. އެގްރީމެންޓްތައް ހުރީ ސިއްރުކުރެވިފައި. އެހެންވީމާ އިންޑިއާ އައުޓް ގޮވަން ޖެހެނީ.

    30
    1
  3. އަލ

    ދެން ކޯއްޗެއް ކިޔާކަށް. ކަލޭމެން ހޭވި ހަޑިއެއް މީ

    27
  4. ފިޔަވަޅު

    ހަމަ އެކަނި ދަރަނީގެ ސަބަބުންތޯ . ނޫނީ ތަންދޮރު ނޭނގޭ ބަޔަކައް ވެރިކަން ލިބުނީމަ ވީގޮތްތޯ . ނޫނީ ހަޒާނާ އެއްކޮށް ގާތް އައުވާނުންނައް ބަހަާލީމަ ވީ ގޮތްތޯ.
    ނޫނީ ބޮޑުންނައްމާގިނައިން ކެވުނީތޯ.
    އައްޔަމެންވެސް މާދުރުން ނުކިޔާ ސާފުވާނޭހެން ކިޔާ .

    29
  5. ކީއްކުރާނީ

    ތީ މިގައުމު މިހާލތަށް ވައްޓާލި ކޯލިސަނުގެ އިސް ގައްދާރެއް ކަލެޔަށް ބޯދަމައިނުގަނެވޭނެ މިގައުމު އިންޑިޔާއަށް ވިއްކާލާ ގައުމު ބަނގުރޫޓް ކޮއްލި ހާއިނެއް މައުމުނު ގާސިމް ނަސީދު ކޯލިސަނުގަ ތިބި ހުރިހާ ހާއިނުން ހިފާ ހައްޔަރު ކުރަންޖެހޭ އިންޑިޔާ އަޑީގަ އޮވެގެން ގައުމު ދަވާލި އިންޑިޔާ ސިފައިން މިތަނަށް އަރުވާ ފުނިޖެހިއިރުވެސް އަގާންނުބުނެ ތިތިބެނީ ލާރިގަނޑެއް މަޅާލެވުނީމަ ބޮޑުވަރު ގައުމުގެ މިނިވަންކަން ނަގާލިގައްދާރުންތަށް

  6. އަބުދުﷲ

    އެނގިތިބެ ގައުމުގެ ހަލާކު ކަމުގަވާ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަނުކޮއް އޭގެސަބަބުން ތަފާތު ފަރާތްތަކައް ހައްދުފަހަނައަޅާ ބޮޑު މުސާރަ ދޭންޖެހުނު. ސިޔާސީ މީހުންގެ ވައްކަން އިންތިހާ .ރޯޑުކޯޕަރޭޝަނުގަ 950 މީހުން ޕީއެސް އެމްގަ 400 ފެނަކަ ބޭކާރު މުސާރަދޭ މީހުންގެ ހާއްޔެއް. ށަރުއީ ދާއިރާ އެހާމެގޯސް މިގައުމު ސުރީލަންކާ ޕާކިސްތާން ފަދައިން ނުވާންވީ އެއްވެސް ސަބަބެއްނެތް.

  7. ޏަމް

    އިބުރާ ވެރިކަމުން ފޭބުމުގެ ކުރިން ފިލާނެކަމުގެ ގެރަންޓީ އެބައޮތް އޭނަދާނީ އިންޑިއާއަށް މިކަން މިގޮތަށް ރާވާފާނެ ކަމުގެ ބިރު ބޮޑު ގައުމަށް ހިޔާނާތް ތެރިވާ މިފަދަ ވެރިން އާންމުކޮށް ފިލާނީ މިފަދަ ލޯނުތަށް ހޯދާ ގައުމުން މިއީ ބިރުވެރި ނާމާން ކަމެއް ގައުމުގެ ރަށްޔަތުންނޭ ވިސްނާލާ.........!!؟؟؟

  8. ގައުމުދެކެލޯބިވާ ދަރިއެއް

    ކޯލީސަނުގައިނެތޭ ކިރިޔާވެސް އައްޔަނޫނީ އެއްޗެއްބުނެލަން ކެރޭވަރުގެމީހެއް. އައްޔާ އިންޑިއާގެ ދޮލަނގުގައި ނުހިފާ އިންޑިއާގެ ވަކިތަކުން މިގައުމު ސަލާމަތްކުރެވޭތޯބަލިދީ.

  9. ރާއްޖެތެރެ

    އިންޑިޔާ އެޖެންޓުން ރައްޖޭގެ މުހިމްމު ތަންތަނައް ލާފަ ރައްޖެގެ ހުރިހާ ހަގީގަތެއް ބަލާފަ ރައްޖެ އިދަ ޖައްސާލަނީ

  10. އެމެރިކާ

    ތައްގީގެ ނަމުގަ އިންޑިޔާ އުޅެނީ ރައްޖޭގެ ދުވަސް ދުއްވާލަން

  11. ފަލަސްތީން

    އިންޑިޔާގެ ރޯ އެޖެންޓުންނަ ދިވެހި ރައްޖޭން މުސާރަދީފަ އެހެރީ ރާއްޖޭގެ މުހިމްމު ތަންތާގަ. މިކަމުގެ ސަބަބުން ބަޖެޓުގެ ބޮޑުބައެއް އިންޑިޔާގެ އިންޑިޔާ މީހުންނަ

  12. ޖުލައި

    އެހެންވެ އަހަރެމެން ޤައުމު ވިއްކާ މީހުންނަށް ވޯޓު ނުދިނީވެސް. އައްޔަމެން މާލޮޅު ކަމެއްކަމަށް ހީކޮށް ވޯޓު ދިނީމަ ރީތި ލަނޑެއް ލިބިއްޖެއްނު.

  13. މޯދީ

    ދަރަނިވެރިނުވާ ޤައުމެއް، ދަރަނިވެރިނުވާ މީހެއް، ދަރަނިވެރިނުވާ ކުންފުންޏެއް އެބައޮތްތޯ؟ ރާއްޖޭގެ މުއްސަނދިކަމަށް ތިކިޔާ ބޮޑެތި ބޮޑެތި ނަންމަޝްހޫރު ބޭބޭފުޅުންގެ ހާލަތު ހުރިގޮތް ބަލާލަބަލަ ކިތައް މިލިޔަން ޑޮލަރު ދަރަނީގަ އޮތްތޯ. ކިތައް މިލިޔަން ރުފިޔާ އެކި ތަންތަނަށް ދައްކަންޖެހި ނުދައްކާ އޮތްތޯ. މިޒަމާނުގައި ދަރަނިވެރިނުވާ މީހަކީ މޮޔައެއްކަމަށް މީހުން ދެކެނީ. ލިބޭ މިންވަރުން ދިރިއުޅުން އުޅުނު ޒަމާން މާޒީގެ ތެރެއަށް ހިނގައްޖެ. އޭރު ދަނޑިފަނުން ޖިފުޓިއެއް ޖަހައިގެން އުޅުނީ. މިޒަމާނުގައި ބޭންކުތަކުގަ ފައިސާ ހުރީވިއްޔާ ގެދޮރު ހުންނާނީ ބުރިބުރިޔަށް ހަދާފަ. ފްލެޓުތައް މިޔޮއް ދެނީ 20 އަހަރަށް ދަރަންޏެއް ބޮލުގަ އަޅުވާފަ. ކޮންވާހަކައެއްތޯ ދެން ތިދައްކަވަނީ.

  14. ނަޒީ

    އަދިވެސް ސަރުކާރުގައި ބަގުޑިބައްދަވައިގެން ހުންނަވާ ތިކަން އެނގޭއިރުވެސް.