ކ. ގިރިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

އެމްއެންޑީއެފް އިން އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫއަށް 3.18 މިލިއަން ރުފިޔާ ހޭދަވިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމާއި 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 46 މީޓަރުގެ ސަރަހައްދެއްގެ ނެރު ބޭރުތޮށިލުމުގެ މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ބަނދަރު ހެދުމާއި ބިން ހިއްކުމާއި އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަޝްރޫއުތަކެއް ނިންމައިފައެވެ.

އެމްޓީސީސީ 1980 ވަނަ އަހަރު އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި އެމްޓީސީސީން މުހިންމު ދައުރެއް އަދާކުރިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުލެޓްގެ ހައްޤުވެރިއެއް

    ގިރިފުށީ ބަދަރެއް ނޫން ތަރައްޤީ ކުރަން ވީ. ޢހަރަމެން 300 މީހުން ފުލެޓް ބޭނުން ވެގެން 92000 އެޑްވާންސް އަށް ދިން ފުލެޓް ނިންމަންވީ މާރިޔާ އައިސް 6މަސް ދުވަހު ނިންމަން ބުނި ފުލެޓް 6މަސް ނުވަނީތަ ކޮބާތަ އަހަރަމެންގެ ހައްޤް މިބާހަކަ ދައްކާލާނެ މީހަކު ނުވޭ.

  2. ގަމާރު އެލެކުސް

    އިތުރުފުޅު ނަހައްދަވާ ކުރިން ލާފަ އޮތް ތޮށި ގިރާތީ އެތޮއްޓާއެއްގޮތަށް ހިލަކޮޅެއް އެތުރީއަނގަތަރައްގީ ބަނދަރު ބޮޑުކުރީކީ ނޫން ބަނދަރު ފުންކުރީކީ ނޫން އޮޅުވާލިޔަސް ބޮޑުވަރު މަސަކަތާނުބައްދަލު އެތަށްމިލިޔަން ރ ފިޔާގެ ބަނދަރެއް ހެދުމުގެ އަގުގަ މުޅިންވެސް ކަރަޕްސަން