ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކެނެރީގޭގައި "އިންޑިއާ އައުޓް" ޖެހި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައިވާ ފޮޓޯއެއް މީގެ ކުރިން މީސްމީޑިއާގައި ހިއްސާކޮށްފައިވަނީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރެވެ.

ކެނެރީގޭގެ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައިވާއިރު، ނަޝީދު ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުންނެވެ. ނަޝީދުގެ ކެނެރީގޭގެ އިތުރުން އެހެން ތަންތަނުގައި ވެސް ބައެއް ފަރާތްތަކުން އަންނަނީ "އިންޑިއާ އައުޓް" ލިޔަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ފުޅާކޮށްފައިވާއިރު، މި ހަރަކާތުގެ ތެރެއިން ކޮންމެ ރެއަކު ގޮތަކަށް ފުލުހުން މީހުން ހައްޔަރު ކުރެއެވެ. ނަމަވެސް ފަހުން އެމީހުން ދޫކޮށްލައެވެ.

އޭޕްރީލް 21 ވަނަ ދުވަހު ރައީސް ސޯލިހް ނެރުއްވި ގަރާރަކުން ވަނީ އިންޑިއާ އާއި ދެކޮޅަށް އަޑު އުފުލުމާއި އިންޑިއާއަށް ފާޑުކިޔުން މަނާކޮށްފައެވެ. އެގަރާރު ނެރުނު ފަހުން އިންޑިއާ އައުޓް ޖަހާފައި ހުރި ގިނަ އަދަދެއްގެ ބެނާތައް ވެސް ފުލުހުން ވަނީ ނައްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒިންދަގީ ބަރުބާދު ނުކޮށްބަލަ

    ހެޔޮނުވާނެ، ޒުވާނުންނޭ! ތާކުންތާކު ނުޖެހޭ ކަންތައްތައް ކޮށްގެން ތިމާމެންގެ ޒިންދަގީ ބަރުބާދު ނުކުރާށެވެ!
    އެންމެ ރައްކާތެރި ގޮތަށް ތިމާމެންގެ ޝުޢޫރު ފާޅުކުރާށެވެ! އެއީ ސޯޝަލް މީޑިއާ އެވެ. ރައީސް ޔާމީންގެ ގެކޮޅާއި ރައީސް ނަޝީދުގެ ގެކޮޅާއި ނުބެހޭށެވެ. ގޯތި ގެދޮރަކީ ޙުރުމަތްތެރި ވެގެންވާ ތަންތަނެވެ.

    1
    1
  2. ހުސޭނުބޭ

    ނަޝީދު ހައްޔަރުކުރީތަ. ތި ލިއުން ނަޝީދުގެ ލިއުމާ ހާދަ ވައްތަރޭ

  3. ކާފަބޭ2020

    ނާޒިމްޢަބުދުއްސައްތާރު ލިޔަންނުކެރެނީކީއްވެތޯ؟

  4. މަރީ

    އިންޑިޔާއޭ ބުނެވިއްޖާ ހައްޔަރު ކުރާލެއް ވަރަށް އަވަސް ވާނެ. ދީނަށް ފުރައްސާރަ ކޮށްފިއްޔާ ހިމާޔަތް ދޭލެއް ވަރަށް އަވަސްވާނެ

  5. ޗުން ޗެއި ޗުޗޫ

    އަޅެ މިވާގޮތެއް ބަލަން ޗައިނާ އައުޓް މުޒާހަރާ ހިނގާބަލަ ޖައްސަމާ..ފުލުހުން ހުރަސްއަޅަން ނިކުމޭތޯ ބަލަން މަށަށް ފެނޭ ޓެސްޓްކޮށްލަން 7ވަރަކަށްރޭ

  6. ran reendhoo

    Thi liyun thafaatheh nei thee buhlhabeyge liyun. Eyna mihaarun mihaarah hayyarukuran govaalan