ބިދޭސީންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ދާއިމީ ލައިސަންސް ލިބޭނެ ގޮތަށް ގަވައިދު އިސްލާހު ކޮށްފިއެވެ.

މީގެ ކުރިން ބިދޭސީންނަށް ދެމުން އައިސްފައިވަނީ ވަގުތީ ލައިސަންސްއެކެވެ. ނަމަވެސް މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނައި އެއް ވަނަ އިސްލާހުގައިވާ ގޮތުން ބިދޭސީންގެ ތެރެއިން ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ދާއިމީ ލައިސަންސް ލިބޭނެއެވެ.

މިއަދު ގެޒެޓް ކޮށްފައިވާ އުސޫލުގައި ތިން މާއްދާއަކަށް މިނިސްޓްރީން ވަނީ އިސްލާހު ގެނެސްފައެވެ. މައިގަނޑު ގޮތަކަށް ބިދޭސީން ލައިސަންސް ނެގުމާއި ގުޅޭ މާއްދާތައް ހުރިއިރު، ގަވައިދުގައި ބުނެފައިވަނީ ދާއިމީ ލައިސަންސް 10 އަހަރަށް ދޫކުރެވޭނެ ކަމަށާއި ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދާއިމީ ލައިސަންސް ދޫކުރެވޭނެ ކަމަށެވެ.

ބިދޭސީންނަށް ދާއިމީ ލައިސަންސް ދޫކުރުމަށް ނިންމާފައިވާއިރު، އެފަދަ ބިދޭސީންނަކީ ރާއްޖޭގައި އުޅޭތާ ވަކި ދުވަހެއް ނުވަތަ ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭތާ ވަކި އަހަރެއް ވެފައިވާ ބަޔަކަށް ވާން ޖެހޭ ކަމަށް ބުނެފައެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓް ކޮށްފައިވާ އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާދިރު

    ޤައުމެއް ނެއް ބޭރު ބިދޭސީން ނަށް ހުރިހައި މޮޅެއް މިހާރު ބަންގާލު މީހަކަށް ލާރިކޮޅެއް ދޭއިރަށް ލައިސަންސު ވެސް ލިބޭ ކަމަށް ވަނީ

  2. ނޯ

    ބިދޭސީން ގިނަކަމުން މިހާރު ނޫޅެވޭ ވަރުވެއްޖެ

  3. އާދަނު

    ތިޔައީ އިންޑިޔާގެ ބަޔަކުގެނެސް މިރާއްޖެއިން ރަށްވެހިކަންދީ ރިޔާސީއިންތިޚާބުގައި އެމީހުންގެ ވޯޓް ހޯދުމަށް ހިންގާ ޖަރީމާއެއް! ބައިލައްކަ ގެނެސް އަޅާލީމާ އެއޮތީ ދޮންވެފައްކާވެފަ! +