ހޯމް މިނިސްޓަރު އިމްރާން އިމްރާން އަބްދުﷲ އަށް އިސްލާމްދީނަށްވުރެ މަގާމު މުހިއްމުކަން މިއަދު ހާމަވެގެން ގޮސްފި ކަމަށް ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށް މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އިމްރާން ވިދާޅުވުމާއި ގުޅިގެންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް ވަޑައިގެން އިމްރާންވަނީ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ މަރުގެ ހުކުމް ތަންފީޒުނުކުރުމަކީ ފާއިތުވި ފަންސާސް އަހަރު ދިވެހިރާއްޖޭގައި ގެންގުޅެފައިވާ ސިޔާސަތު ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ މަރުގެ ހުކުމްތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ފާއިތުވި ބައި ޤަރުނެއްހައި ދުވަހު ދިވެހި ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތަކީ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓައިލުން ކަމަށާއި، މަރުގެ ހުކުމާ ގުޅޭ ގޮތުން އެކި ސަރުކާރުތަކުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް އެއްވެސް ސަރުކާރެއްގައި އެ ސިޔާސަތަށް ބަދަލެއް ގެނެސްފައިނުވާކަމަށް އިމްރާން ވިދާޅުވިއެވެ.

އަދި ރައީސް ޔާމީނުގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުނުކުރީ އެހެންވެކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެކަމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަދަލު އައިސްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމްރާންގެ ވާހަކަތަކާއި ގުޅިގެން ޖަމީލް މިއަދު ވަނީ ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެ ކަމަށާއި އެ މީހުން ޖަލުގައި ގެންގުޅެނީ ކޮންޤާނޫނަކުން ބާރުލިބިގެންތޯ ސުވާލު ކުރައްވާފައެވެ. އަދި އިމްރާން މާތްﷲގެ ހުކުމްފުޅަށް ގޮންޖެއްސެވީތޯ ވެސް އޭނާ ވަނީ އައްސަވާފައެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ޖަމީލް ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ދީނަށްވުރެ އިމްރާނަށް މަގާމު މުހިއްމުވީ މިންވަރު މިއަދު ހާމަވެއްޖެ. މާތް ﷲ ގެ ހުކުމަށް ގޮންޖެހީ؟ ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެ. އެމީހުން ޖަލުގައި ގެންގުޅެނީ ކޮންޤާނޫނަކުން ބާރުލިބިގެން؟" ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

މަރުގެ ހުކުމާއި ގުޅިގެން މިއަދުގެ މަޖިލީހުގައި އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެން އިދިކޮޅުން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަހަންމާ

    ހާދަހާ ނުބާ ނުލަފާ މީހެކޭތީ . މި ޤައުމަަށް އެއްމެ ޤައްދާރުވި ނުބާ ނުލަފާ މީހުންގެ ތެރޭގައި މީނަގެ ނަން ހިމެނޭނެ. ޢެއްވެސް މީހަކަު މީނަގެ ފަހަތުހައި ނަމާދު ނުކުރަން ގޮވާލަން

    21
  2. އަލީ

    މީނަޔަކީ އިސްލާމް ދީނުގެ އަދުއްވެއް. މަބުނި އެއްޗެއް ނޫން!! އެއީ އޭނަ އަމިއްލަޔައް ބުނި އެއްޗެއް.. އިމުރާނެއްކަމަކު އޭނަ ހެދި ވަރައްވެސް ބޮޑު ތެދެއް އެއީ...

    20
  3. އަލީ

    އިމްރާންއާއި ސޯލިހުއައް ހީވަނީބާ އެމީހުން މަރުނުވާނެކަމަށް؟ އަހަރުމެން ނިކަމެތި ރައްޔިތުންގެ ފައިސާއިކައިގެން ލައްޒަތުގައި އަބަދަކުނުތިބެވޭނެ، މިމީހުންނަކީ ބޭރުފުށުން ދީނީ ތާކިހާއަޅައިގެން ބިންމަތި ފަސާދަކުރަންތިބޭބަޔެއް.

    20
  4. ސސ

    ނަމާދު ތަންފީޒް ކުރުމަކީ ފަސް ނަމާދު ޖަމާޢަތުގައި އަދާކުރުން !
    ރޯދަ ތަންފީޒަކީ ރަމޟާން މަހު ރޯދަ ހިފުން !
    ޒާކާތް ތަންފީޒަކީ ޒަކާތް ވާޖިބުވާ މީހާ އެމުދާ ނެރެ ހައްޤުވާ މީހުނަށް ދިނުން !
    ހައްޖު ތަންފީޒަކީ ކުޅަދާނަކަން ލިބިގެންވާމީހާ މައްކާގެ ގެފުޅަށްގޮ ހައްޖުގެ އަޅުކަން ފުރިހަމަކޮށް އަދާކުރުން!
    މަރުގެ ހުކުމް ތަންފީޒަކީ މަރަށް މަރުހިފާ އެ ތަންފީޒުކުރުން!

  5. ދީދީ

    ހަމަ ފައްކާ މުނާފިގެއް. ދިވެހިރާއްޖޭގެ ސަލޫލު މިއީ.

  6. ލލ

    ކުރީ ސަރުކާރު ބުނަނީ އެމީހުން އޮތީ މަރުގެ ހުކުމް ތަންފީޒު ކުރަން ހަމަ ރެޑީ ކޮށްފަޔޭ، ޝޭހު އިމުރާން ބުނީ މިސަރުކާރު އޮތީ ކުރީ ސަރުކާރު ގޮތަށޯ އެކަމުގައި ؟