އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާނަކާއި، އެޕާޓީގެ ލީޑަރަކު ކީރިތި ރަސޫލާ އަށް ތައުހީނުކޮށް ފުރައްސާރަ ކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެެވެ.

ކީރިތި ރަސޫލާ އަށް އިހާނެތި ބަސްތައް ރައްދުކޮށްފައި ވަނީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ.

މި މައްސަލައިގައި މުސްލިމު ގިނަ ގައުމުތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަތައް ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ. އޭގެ ތެރޭގައި މުސްލިމް ބޮޑެތި ގައުމުތައް ކަމުގައިވާ ސައުދީ އަރަބިއްޔާ، ކުވައިތު، ގަތަރު، ޕާކިސްތާން، ޖޯޑަން، މިސްރު، އިރާގު ފަދަ ގައުމުތައް ވެސް ހިމެނެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކުރާ ކޮންމެ އަމަލެއް ކުށްވެރި ކުރާ ކަމަށެވެ. އަދި ބީޖޭޕީގެ އޮފިޝަލުންތަކެއް ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ބަދު ބަސް ބުނުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި ބީޖޭޕީގެ އޮފިޝަލުންނާ މެދުގައި ފިޔަވަޅު އަޅާފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީގެ ބަޔަކު ރަސޫލާ އަށް ފުރައްސާރަ ކުރި އިރު، އިސްލާމީ ގިނަ ގައުމުތަކުން އަންނަނީ އެ ކަން ކުށްވެރިކޮށް ބަޔާން ނެރުމުންނެވެ. އަދި މިކަމުގައި އިންޑިއާ އާއި ބީޖޭޕީން ރަސްމީކޮށް މާފަށް އެދެން ޖެހޭނެ ކަމަށް ވެސް އެ ގައުމުތަކުން އަންނަނީ ބުނަމުންނެވެ.

އިންޑިއާގެ 1.35 ބިލިއަން މީހުންގެ އާބާދީގެ %80 މީހުންނަކީ ހިންދޫންނެވެ. އިންޑިއާގައި އެކި ދީންތަކުގެ މީހުން އުޅޭ އިރު، ހިންދޫންގެ ފަރާތުން މުސްލިމުންނަށް އެތައް ފުރައްސާރައެއް އަބަދުވެސް ކުރިމަތިވެއެވެ. އިންޑިއާގެ އާބާދީގެ %14 ނޫނީ 189 މިލިއަން މީހުންނަކީ މުސްލިމުންނެވެ.

ބީޖޭޕީގެ ތަރުޖަމާނާއި ނިއު ދިއްލީގެ މީޑީއާ އިންޗާޖް ރަސޫލާ އަށް ފުރައްސާރަ ކުރުމާ ގުޅިގެން ތަރުޖަމާނު ސަސްޕެންޑް ކުރި އިރު، މީޑިއާ އިންޗާޖް ވަނީ ޕާޓީން މިހާރު ބޭރުކޮށްފައެވެ.

ބީޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލްކުރާ އުސޫލެއް ނޫން ކަމަށެވެ. ޝަރުމާ އާއި ޖިންދާލް ވަނީ އެ މީހުން ދެއްކި ވާހަކަތަކަށް މައާފަށް އެދިފައެވެ.

އެކަމަކު، ދެ މީހުންގެ ވާހަކަތަކާ ގުޅިގެން އިންޑިއާ ބޮއިކޮޓް ކުރުމަށް މުސްލިމް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެ ގައުމަށް ނުދިއުމަށް އެމީހުން ދަނީ އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ވިޮޕ

    އެބުނާ ވިޕެއް ނެރުނުބަޔަކާ މެދު ފިޔަވަޅު އަޅަން ގޮވާލަން. އަދި މަޖިލީސް މެމބަރުން ޖަވބުދާރި ކުރުވަންޖެހޭ

    92
    • Anonymous

      ތިކަމަކީ ލަދަށްކުރި ކަމެއް.
      އިޚްލާޞްތެރިކަމެއް ނެތް

  2. ފފ

    ދިވެހި ސަރުކާރުގެ މިނިންމުން ކޯޓު އަމުރަކުން ހޯދަން ފުލުހުން ނުދޭތަ؟ ރައީސްގެ ގަރާރެއް އެބައޮތެއްނު އިންޑިއާއާ ހާރިޖީ ގުޅުންތަކަށް ބުރޫ އަރާ ކަންކަމަކީ ކުށެކޭ ކިޔާފަ!!

    90
    1
  3. ރީތި މޫސަ

    މިހާރުންމިހާރަށް އިންޑިޔާގެ މޯޑީއަށް ދިވެހިރާއްޖެއިން ދީފައިވާ ނިޝާން އިއްޒަތްދީނުގެ ލަގަބު އަތުލުމަށް ގޮލާން

    117
    1
    • Anonymous

      ނެރުނު ބަޔާނަކީ ރައްޔިތުން ގުނބޯ ހައްދަން ވެގެނއ ނެރުނު ބަޔާނެއް. ޢިޚްލާސް ތެރިކަމެއް ނެތް

      50
  4. Anonymous

    ކޮންތާކު މިޖެހުނީ؟ ގައިމު ބޮންޑޭ ބުނީ މަޖިލީހަކުން ނޫނޭ ކުށްވެރި ނުކުރަން އެންގީކީ. ސަރުކާރުންނޯ. އެހެންވީމަ ބޮންޑޭ މިއީ ލާދީނީ ފިކުރުގެ އެންމެ އަރާހުރި މީހާ. ބޮޑެތި ދޮގުހެދުމާ އޮޅުވާލުން ހުސް.

    75
    4
  5. އަހުމަދު

    ދީނީ ކަމެއްވެއްޖެއްޔާ ގަދަކަމުން ސަރުކާރު ލައްވާ ކުރުވަން މިޖެހެނީ. އެމްޑީޕީ ދައުލަތުން ނެރެ ބޭރުކުރަންވީ

  6. ލުޓޭރުންގެ ސަރުކާރު

    ރަ އްޔިތުން ކެކިގަތީމަ ބަޔާން ނެރުމަކުން މިސަރުކާރުގެ ދީނީ ސިޔާސަތު އިސްލާމްދީނަށް ނަސްރުދިންކަމަކަށް ނުވާނެ.. އަޅުވެތި ސަރުކާރު.، އިންޑިޔާ އަ އުޓް..

  7. ޅިޔަނުބެ

    އެހެންވީމާ އަންނި އުޅުނީ ސަރުކާރާ ރައްޔިތުންނާ ޖައްސަންތާ؟

  8. އަތަބިހާ

    އެނިމުނީނު ޒިމާދާރު ފަހަތުފަޔަ

    3
    1
  9. ވިސްނާލުމަށް އެދެމޭ

    ސަރުކާރުގެ އިޙުލާސްތެރިކަން ހުރިވަރެ ބަލަން މިހުކުރުގަ މިމަ އްސަ އިގަ އަޑު އުފުލަން ނުކުމެބަލަ ރަ އްޔިތުން.. އިންޑިޔާ އެމްބަސީފުލުހުން މިރުސްފެން ރަ އްޔިތުން ދެލޮލަށް ޖަހަން ނުދުވެތިބޭތޯ ރަ އީސްގެ ގަރާރުގަ ބޭގަރާރުވެގެން...އިންޑިޔާ އާ ދެކޮޅަށް ޗު އްޕުވެސް ބުނާ އަޑު އެހުމުގެ ގާބިލްކަމެ މިސަރުކާރުގަ ނުހުންނާނެ..

  10. Anonymous

    "ކީއްހޭ ކުރާނީ މަޖްބޫރުވީ އޭ"

  11. ނޫރު

    ދިވެހިން ނުޖެހޭނެ މަޑުން ތިބޭކަށެއް، ކުށްވެރި ކުރީ ވަދު ރާގަ އެއްގަ. ކޮބާތޯ އަސްލު ދިވެހިން ކީއްވެ ކާކު ދެކެތޯ ބިރުގަންނަނީ މަގުމަށްޗަށް ނުކުމެ މިކަމާއި ދެކޮޅު ކަން ދައްކަން މުޒާހަރާ ކުރަން.

  12. ލޮލް

    ޓެގެއް އެޅުވުނީމާ އޭގެން ނެއްޓެން އުޅުމަކީ ބުއްދިވެރިގޮތެއް ނޫން. ~އަންނި~

    19
  13. ހަގީގަތް

    ސަލާމަތް ނުވެވޭ ވަރު ވީމަ ކުއްވެރި ކުރީ

    34
  14. ހަގީގަތް

    ސަލާމަތް ނުވާވަރު ވީމަ ތި ކުއްވެރިކުރީ، ދުލުގަ ހިފާ ދަމައިގެން

    33
    1
  15. މަރީ

    ހޭލެވިއްޖެ

    20
    2
  16. ޙަދިސައިބު

    ޣޮތްހުސްވީމާ މުސްލިމު ގައުމުތައް ރުއްސަން ކޮށިކަމެއް، އަނެއްކޮޅުން މޯދީއަށް ފޯނުކޮށްފާ ސާހުދު ބުނީ އެއީ މަޖުބޫރުވެގެން ކުރިކަމެކޯ ރަސޫލާއަށްވުރެން މޯދީ މާމުހިންމޯ މިއީ ސަރުކާރުގެބަސް! ޙުސް މުނާފިގުން!

  17. ޑައެލޯގް

    މިނޫސްކިޔާލުމުން މިސަރުކާރުން އެއްޗެއްއެބުނެފައެއްނުވެއެވެ. އޭގެބަދަލުގައި އިންޑިޔާއަށް ތައުރީފުކޮށްފައިވަނީއެވެ. އިންޑިޔާއަށް ސައުދީކަހަލަ ފައިސާހުރިގައުމުތަކުން އެއްޗެތިކިޔާފައިވުމުން އިންޑިޔާއިން އެކަމަށް ކުޑަގޮތަކަށް ފިޔަވަޅެއްއެޅުމުން އެކަމަށް ތައުރީފުކޮށްފައި ރާއްޖެއިންއެއޮތީ ބަޔާންނެރެފައެވެ.

    31
    1
  18. ރަން ރީނދޫ

    ސަލާމަތް ނުވެގެން ބީޖޭޕީންވެސް އެކަން ކުއްވެރިކުރި ފަހުން ދިވެހި ސަރުކާރު މި ހޭލެވުނީ.

  19. ޢިކުރާމު.

    ޔާސިރު ޖަމްސީދު އިސްތިޔުފާ ބީޖޭޕީ އިބުރާހިމު އިސްތިޔުފާ އަންނި އިސްތިޔުފާ އަބުޅޯ ޝާހިދު އިސްތިޔުފާ ހުރިހާ ގުންޑާތަ އް އިސްތިޔުފާ

  20. ގެދަބުޅި

    ބަޔާން ނެރެވޭނީ އިންޑިޔާ އެންބަސީގެ ހުއްދަލިބުނީނާނޫންތޯ.