މި އަހަރުގެ ބޮޑު އީދު ސަގާފީ ގިނަ ހަރަކާތްތަކާއި ހަވާއެރުވުމާއެކު ހުޅުމާލޭގައި ކުލަ ގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ މުޅި މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތަށް ބޮޑު އީދު ހަރަކާތްތައް ބަހާލާފައިވަނީ ހަ ދުވަހުގެ މައްޗައް ކަމަށެވެ. އެއީ ޖުލައި މަހުގެ އަށަކުން 13 އަށެވެ.

ކުޅިވަރުތައް ފަށަނީ ޖުލައި މަހުގެ އަށް ވަނަ ދުވަހުގެ ރޭއެވެ. އެގޮތުން ހުޅުމާލޭގެ ދެ ފޭސް ދެމެދުގައި އޮންނަ ޗެނަލްގައި އެރޭ އީދު ހުޅު ޖެހުން އޮންނާނެއެވެ.

އީދު ދުވަހުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން އޮންނާނެ ކަމަށާއި ނަމާދު ކޮށް ނިމިގެން އެ ސަރަހައްދުގައި ހެނދުނުގެ ނާސްތާ އޮންނާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އަދި އެއަށް ފަހު އުލްހިޔާ ކަތިލުން އޮންނާނެ ކަމަށާއި އުލްހިޔާ އަށް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

އީދު ފޯރި: ބާރަށު ޖޯށާއި އެކު ހިނިތުންވުން: އިމޭޖެސް-ނަޒީހު/ނިއުރާޖް

" އެހެން އީދުތަކެކޭ އެއްގޮތަށް ފެން ކުޅި ކުޅުން މި އަހަރު ވެސް ބީޗު ސަރަހައްދުގައި އޮންނާނެ. ހެނދުނު 9:00 އިން އިރު އޮއްސި 6:00 އަށް ހުޅުމާކެ ފޭސް އެކެއްގެ ރުއްގަނޑު ދޭއް ގައި ފައިގަތަޅާ ކުޅުން ކުރިއަށްދާނެ. ސެންޓްރަލް ޕާކް އޭރިއާގައި އީދުގެ ފުރަތަމަ ޝޯ އެރޭ 8:00 ގައި ފަށާނެ. ފުރަތަމަ ރޭގެ ޝޯ ހާއްސަކުރަނީ އަލަށް މިއުޒިކް އިންޑަސްޓްރީއާ ގުޅުން ފަންނާނުންނަށް." އެޗްޑީސީން ބުންޏެވެ.

ޖުލައި މަހުގެ 10 ވަނަ ދުވަހު ފަތިސް ނަމާދަށް ފަހު ފޭސް އެކެއްގެ ރުއްގަނޑު އެކެއްގައި ކޯޑި ހެދުމުގެ ހަރަކާތްތައް ފެށެ އިރު، އެ ހަރަކާތުގައި އާންމުނަށް ވެސް ބައިވެރިވެވޭނެއެވެ. ކޯޑި ނެގުން އޮންނާނީ ހަވީރު 4:00 ގައި ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

އެޗްޑީސީއިން ބުނީ ރޭގަނޑުގައި 8:00 އީދުގެ ދެވަނަ ޝޯ އޮންނާނެ ކަމަށާއި އެ ޝޯއަކީ ހުރިހާ ފަންނާނުންނަށް އޯޕަން މައިކްގެ ގޮތުގައި ހުޅުވާލައިގެން ބާއްވާ ޝޯއެއް ކަމަށެވެ.

11 ވަނަ ދުވަހު އޮންނާނެ ހަރަކާތްތައް:

އެޗްޑީސީގެ ގްރީނިން ނާސަގައި ބޮޑުމަސް ތައްޔާރުކުރުން

ހިޔާ ފްލެޓް ސަރަހައްދުން ފެށިގެން ސެންޓްރަލް ޕާކަށް ހަވީރު ބޮޑުމަސް ދުއްވުން

ރޭގަނޑު 8:00 ގައި ސެންޓްރަލް ޕާކްގައި ބޮޑުމަސް ބޭނުން

އީދު ފޯރި: ބާރަށު ޖޯށާއި އެކު ހިނިތުންވުން: އިމޭޖެސް-ނަޒީހު/ނިއުރާޖް

12 ވަނަ ދުވަހު އޮންނާނެ ހަރަކާތްތައް:

މެންދުރު ރުއްގަނޑު އެކެއް އަދި ތިނެއްގައި މާލި ހެދުން

މެންދުރު ފަހު 3:00 ގައި މާލި ނެރުން

ހަވީރު 4:00 ގައި ސެންޓްރަލް ޕާކްގައި ކުޑަކުދިންގެ ހަވީރެއް

ރޭނގަޑު 8:00 ގައި ސެންޓްރަލް ޕާކްގައި ޝޯ

އީދުގެ ހަރަކާތްތައް ނިންމާލާނީ ޖުމައި މަހުގެ 13 ވަނަ ދުވަހުގައި ކަމަށް އެޗްޑީސީއިން ބުނެއެވެ.

އެގޮތުން އެރޭ އީދުގެ ހަރަކާތްތައް ނިންމުމުގެ ގޮތުން ބޮޑު ޝޯ އެއް ބާއްވާނެ ކަމަށާއި ޝޯ ނިންމާލުމަށް ފަހު ހަވާ އެރުވުން އޮންނާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދައުލަތް ހުސްނުވެގެން އުޅެނީތަ...؟؟؟

  2. ހުވަދޫ އަލިބެއްޔާ

    އިންޑިއާގެ ހިންދޫ ދީނުގެ ހޯލީ ސަޤާފަތް ރާއްޖޭގައި އާލާކޮށް އަށަ ގަންނުވައިފި.. ޚާއްސަކޮށް އުރީދޫ އާއި ދިރާގު ގެ ވެރިންގެ ގޮތުގައި ތިބި އިންޑިއާ މީހުން ދުރާލައި ރާވައިގެން ކުރި ކަމެއް.. އީދުގެ އުފާތަކުގައި އެފަދަ މުންކަރާތްތަށް ފާހަގަކުރުމުގައި ކުރާ ކަންކަން ކުރުމެއް ނުވޭ..