ވެރިކަމަށް އައުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެހީތެރިކަން ހޯއްދެވި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިގޮތަށް ވިދާޅުވެފައި މިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި ބައްދަލު ކުރައްވަން ރައީސް ސޯލިހް މާމިގިއްޔަށް ވަޑައިގަތުމުން އެކަމާއި ގުޅިގެން، ރައީސް ނަޝީދު ނުރުހުން ފާޅު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރައީސް ސޯލިހް ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާނު ކުރެއްވީ ކޯލިޝަންގެ ބައިވެރިން ތިބޭނެ ކަމަށް ބަލައިގެން ކަމަށާއި އެކަމަކު މިހާތަނަށް ޖުމްހޫރީ ޕާޓީން އެކަމުގައި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

ރައީސް ސޯލިހް ދެވަނަ ދައުރަކަށް ނުކުންނަވާނެކަން އިއުލާނު ކުރެއްވުމާއިއެކު ބައެއް ނޫސްތަކާއި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް ވިދާޅުވީ އެޕާޓީން ވެސް ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށެވެ. ނަމަވެސް ކޯލިޝަނާ މެދުގައި އެއްޗެއް ދަންނަވަން އަދި މާ އަވަސް ކަމަށް ވިދާޅުވިއެވެ. އޭގެ އެއް ދުވަސް ފަހުން ރައީސް ވަނީ ގާސިމާ ބައްދަލުކުރައްވާފައެވެ.

މިކަމާ ގުޅިގެން އެމްޑީޕީ އުފެއްދުމުގައިވެސަ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ރީކޯ މޫސާ މަނިކު ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ގާސިމްގެ އަރިހަށް ރައީސް ނަޝީދު ވަޑައިގެންނެވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކާލި

    މިދިިޔަ 50 އަހަރު ތެރޭގައި ސަރުކާރު ހިންގި މީހުން ވަނީ ބޮޑެތި ރިބާލޯނު ނަގާ އެމީހުނަށް ފައިދާ ލިބޭ ގޮތަށް އެލޯން ރައްޔިތުންނަށް ވެސް ދޫކޮށްފައި، ލޯން ނުނެގި މީހުނަށް ފުލެޓް އަޅާދީ ފުލަޓެއް އެއްޗެއް ދީގެން ވެސް ރިބާލޯން ދަރަނި އެންމެންގެ ބޮލުގައި އަޅުވާފައި މިވަނީ ! ރިބާ ކެއުން ހުއްޓާލާނެ ސަރުކާރެއް ހޯދަން އެބަޖެހޭ !

    4
    1
  2. ޒަރީރު

    އެއީއޭރު މިހާރު ގާސިމު މައުމޫން މިމީހުންބުނެގެންވޯޓެއްނުދޭނެ ނިމިދިއަ މަޖިލީސްއިން ތިހާބުގަ ތަމްސީލުކުރާދާއިރާއިންލިބުނު ވޯޓްބެލީމަފެނޭ ތާއިދުއޮއްވަރު އިބޫކޯލިޝަނައްލިބޭނީ 10 ޔާމީން ނަޝީދު އަދިވެސް ވޯޓްހޯދާނީ އިބޫއައްވާނީ ރ ވަހީދައްވީވަރު އޭރުވެސް ތިއިއްތިހާދު ތަފާތީ އަހަރުތަކެއް ކޮންމެ އިންތިހާބަކައްފަހު ސިޔާސީމައިދާނުންފެއިލްވާބަޔަކުތިބޭނެ ދެންއެމީހުން ގެދޮޝުޓީމެއްހަދާ ތިބޭނީ މޫސަވެސްމިހާރުއެލިސްޓްމީހެއް

  3. ހަސީން

    ރީކޯ މޫސަ މީރާއަށް ނުދައްކާ އޮތް ރިސޯޓު ކުލި ދައްކާލަބަލަ. އަދި ބުނަން. ބަރާބަރަށް ޓެކްސްވެސް ދައްކައްޗޭ. އަހަރުމެން މެދު ފަންތި މިތިބީ ފުނޑިފައި ލެއްވިއްޔާ ލެއްވިހާ އެއްޗެއް މީރާއެވެ ކިޔުނު ފައިސާކާ މެޝިނަށް ލާރި ދައްކާ ދައްކާ. ކަލޭވެސް ތިހެން ސިޔާސީ ގޮތުން ޕޮއިންޓު ހޯދާން މޮޅު ވާހަކަ ދައްކައިގެން ތިހުންނަނީ ރައްޔިތުންނަށް ހަރާންކޯރުވެގެން އަމިއްލަ މީހާގެ މުޅި އާއިލާ ދުބާއީގައި ބައިތިއްބައިގެން ރިސޯޓު ހިންގައިގެން މިލިއަނުން ބިލިއަނުން ފައިދާ ނަގައިގެން އަޗާ ތަޅަނީ. މި ރީކޯ މެންގެ މައްޗަކަށް ގާނޫނެއް ގަވައިދެއް ނުހިނގާ އެއީ ސޯލިހަށް ސަޕޯޓުކުރާތީ. އަދި އެގްރޫޕްގައި އުޅޭނެ ސޯލިހުގެ ޅިއަނު ސިއްކަގޭ މީހެއްގެ ފިރިމީހާއެވެ ކިޔުނު ސިޔާމެއް. އޭނަ ހުންނާނީ ރައީސް އޮފީހުގެ ސްޓޭޓްމިނިސްޓަރަކަށް. އޭނަވެސް އެބޮތް ބިލިއަނުން މީރާއަށް ފައިސާ ނުދައްކާ. އެކަމަކު ހަމަ އޯކޭ. އާއިލީވެރިކަން ސިއްކަގޭ ތެރެއިން ހިނގާ ބަރާބަރަށް. ނަންވާނީ މައުމޫނު.

  4. ާައަހުމަދު

    މިނޫނިއްޔާ ނޫޅޭނެ މަތިންބައިން ޖެހިގެން އުޅޭމީހެއް،

    5
    1
  5. ތިއްތި

    އަދިކިރިޔާ ރީކޯއަށް ތިކަން އެނގުނީ މިސަރުކާރުއައިއޮތީ އީސީޝަރީފުމެން ކަހަލަ އެތައް ދަހިވެތި ވަގުން ބައިވެރިވެގެން މިއަދު ރައްޔިތުން ހަނާވަނީ ތަކެތިއެހާއަގުބޮޑުކޮށްފި

    3
    1
  6. Anonymous

    ރީކޯއެވެ. ކަލޭމެން ލާދީނީ މީހަކަށް މިރާއްޖޭގެ ވެރިކަން ދިނީ ހަމަހޭގައި ތިބެގެން ހެއްޔެވެ؟ ނޫނިއްޔާ އޭރު ކަލޭމެންނަށް ތިބެވުނީ އެއްޗެއް ބޮވިގެން އަމަލުވެފައި ހެއްޔެވެ؟

    4
    1
  7. ބޮކުރީ

    ރީކޯ އަށް އެހީދިނީ މަރިޔަމްނިޝާތަ؟ނޫނީރީކޯތަ؟
    މިލިއަނުންހޯދިއެއްޗެތީގަ ވާހަކަ ދައްކާނެކަމެއްނެތް.

  8. Anonymous

    ރީކޯއަކީމެން ދަންނަ ބަޔެއް މިގައުމުގަ ނޫޅޭ ޕާޓީ ގަޑުން ބޭރުކުރީމަވެސް އަދިވެސް ދެބޯގެރި އެަބަދުއްވާ