މާފަންނު ގެއެއްގެ ތެރެއިން ނިޔާވެ އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މާފަންނު ގެއަކުން ނިޔާވެފައި އޮތް މީހަކު ފެނިފައިވާ ކަމުގެ މައުލޫމާތު މިއަދު 11:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ ބިދޭސީ ފިރިހެނެއް ކަަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.