ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން އެގޮތަށް ވިދާޅުވެފައި މިވަނީ މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑަށް މިދިޔަ އަހަރުވި ގެއްލުން 159 މިލިއަން ރުފިޔާއަށް އަރައިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދެއްކުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތް ކަމުގައިވާ ފަތުރުވެރި ކަމުގެ ފައިދާ މޯލްޑިވިއަނަށް ނުނެގެނީ ހިންގުމުގައި ބޮޑެތި ސީރިއަސް މައްސަލަ ތަކެއް ހުރީމަ ކަމަށެވެ. އަދި ގައުމީ އެއާލައިން މި ދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މޯލްޑިވިއަންއަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއްވީ ދެވަނަ ކުއާޓަރުގައެވެ. އެ ކުއާޓަރުގައި އެ ކުންފުންޏަށް 99 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު އެހާ ބޮޑު ގެއްލުމެއްވީ އެ ކުއާޓަރުގައި ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު މޯލްޑިވިއަންއަށް ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަޝީދު

    ބަގުރޫޓުވުމާ ދިމާއަށް ނުދަނީ ސރުކާރުގެ ކޮންފުންޏެއްތޯ؟ބަލަގަ މަރުކަޒީ ބެންކުވެސް ބަގުރޫޓުވެ މުޅިސަރުކާރު ބަގުރޫޓުވާކަށް މާގިނަ ދުވަހެއްނެތް!ރައްޔިތުން ހޭއަރާ! ޚަރަދު ކުޑަކޮށް ފަހައް ރައްކާކުރަން އިބޫ ގޮވާއިރު ސަރުކާރު މަތީފެންވަރުގެ ބޭފުޅުންގެ ދަތުރުފުޅުތަކަށް އެތަކެއް މިޔަން ރުފިޔާ ޚަރަދު ކުރައްވަމުން ގެންދަވީ! ބަލަންތިބޭތީ!މިގައުމު ބަނގުރޫޓުވެ ރައްޔިތުން ހާލުގައިޖައްސާނެ!އެހެނެއްނޫންތޯވާނީ ބަޑުހައިވެފައިވާ ސިންގާތަކެއް މަސްގަޑު ކާފަދައިން ރައްޔިތުންގެ ޓެކުހުން ލިބޭ ފައިސާ ވަގަށްނަގާ ކައި ހުސްކުރަނީ! އިބޫއަކަށް ނޭގޭ ވާނުވާއެއް!މާފޮނިވެލައިފައި އަތްހޫރުވައި ޓާޓާ ކިޔަމުން ދަތުރުތައްކުރަނީ!ބަލަގަ އިބޫ ކަލެޔަތްވާނުވާ ނޭގުނަސް ރައްޔިތުންނަށް ވާނުވާ އިގޭ!

  2. ރާއްޖެތެރެ

    އެމްޑީޕީގެ މަގުމަތީ މުޒާހަރާ ކުރާ މީހުންނަ އެތަކެއް ވަޒީފާތައްދީ. ތައުލީމީ ގާބިލްމީހުންނަ ވަޒީފާނުދޭ. އިޝީންނާނެ ގޮޑިއެއް ނެތަސް ބޮޑުމުސާރަ އެމީހުންނަ އެބަދޭ.

    10
  3. ޕޮގުބާ

    ލަދެއް ނުގަނޭތަ؟ ތިވާހަކަ ދައްކާކަށް ކޮބާ ސަރުކާރު ކޮބާ ކޯޅޭސަން

  4. ނަޒީ

    ރާއްޖެވެސް ބަގުރޫޓުވަނީ! ވެރިމީހާ މަށަށްވޯޓެއް މަށަށްވޯޓެއް ގޮވަމުން މަތިމައްޗަށް ވަޢުދުތައްވަމުން ދުވަނީ! މަސްފެކްޓަރީތަކާ ، ހޮސްޕިޓަލްތަކާ ، މަސްޕްލެޓްފޯމްތަކާ ، ސުކޫލުތަކާ ބްރިޖްތަކާ ، ކޯޒްވޭތަކާ ، އެޔަރޕޯޓްތަކާ އަޅަންބުނެ ވީ ވަޢުދުތައް އޮއްވާ އަލުން އާ ވަޢުދުތަކެވެ.

    10
  5. ހަވާސާ ހާދިސާ

    ބަންގުރޫޓު ކޮށްލީމާނޫންތޯ ޖީއެމް އާރުން މިއެއަރ ލައިން ހިންގަން ހަވާލުވާނީ ! މިކުންފުނީގެ އެމްޑީއަކަށް އެހެރި ޖެނީފާ ކޮވިޑު ވެކުސިންޖެހި އިރު ސޯސަލް ސެންޓަރ ތެރޭގައި ބޮލަށް ފިތާލާފައި ދޫކޮށްލާ ރެއްސެން އޮރިޔާމުން އުލެން ފެށީމާ އަހަރެންހީކުރީ މީނާއަކީ މިގައުމުގައި ކުންފުނި ހިންގަން އެންމެ ވަރުގަދަ ހިންގުންތެރިޔާ ކަމަށް !

  6. Anonymous

    ކީއްވެތޯ ބަނގުރޫޓް ވާންވީ
    އަހަރެމެން މިއުޅެނީ މިހާރު ވެސް އީދަށް ރަށަށް ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާދާން ޓިކެޓް ވެސް ނުލިބިގެން . ފްލްވެފައިއޭ ،ވަރަށް ބާރު ބޮޑޭ ބުނަނީ
    ގައިމު އެވަރަށް ދަތުރު ލިބޭއިރު ލާރިއަށް ވާނުވާ..

  7. ސަޒާ

    މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ